މާލެ: 31°C

ޖާސޫސީ ސިއްރުތަކުން ފުރިފައިވާ ނާޑުވާގެ ވާހަކަ

May 15, 2024
2 ފަހަރު ބަލާފައި
ޖާސޫސީ ސިއްރުތަކުން ފުރިފައިވާ ނާޑުވާގެ ވާހަކަ
ޖާސޫސީ ސިއްރުތަކުން ފުރިފައިވާ ނާޑުވާގެ ވާހަކަ
ނާޑުވާ ބެލެވިފައިވަނީ މީހާގެ ފަޔަށް ބޫޓު ހެޔޮވަރު ކޮށްލަދިނުމަށް ބޭނުންކުރާ، މާބޮޑު އަގެއް ނެތް އެއްޗެއްގެ ގޮތުގައެވެ. ނާޑުވާގެ ބޭނުން ގިނަ މީހުން ހިފަނީ ވެސް މިދެންނެވި މަގުސަދުގައި އެކަންޏެވެ. އެއީ އިޚްތިރާމެއް ނެތް، މާބޮޑު އަޅާލުމެއް، ކުލުނެއް ނުލިބޭ އެއްޗެކެވެ. އަގެއްވެސް ނުހުރެއެވެ. ދުނިޔޭގެ ޤައުމުތަކުގެ ސިއްރު ފުލުހުންނާއި ދުނިޔޭގެ ބޮޑެތި ކުށްކުރާ ނެޓްވޯކުތަކުންނާއި ޓެރަރިސްޓުންނަށް ނާޑުވާ އަކީ މިލިއަން ޑޮލަރުގެ އަގުހުރި އެއްޗެކެވެ. ދުނިޔޭގެ ލޯތަކަށް، ކަންފަތްތަކަށް، ޓެކްނޮލޮޖީގެ ކުރިއެރުންތަކަށް ސިއްރުން މުޢާމަލާތު ކުރުމުގައި ނާޑުވާގެ ބޭނުން ފުޅާދާއިރާއެއްގައި ބޭނުން ކުރަމުން ގެންގޮސްފައިވެއެވެ. އަދި މިހާރުވެސް ގެންދަނީ ކުރަމުންނެވެ. އެންމެ މަޝްހޫރު އަދި އެންމެން ދަންނާނެ ވާހަކައަކުން މިސާލު ނަގާނަމަ، އުތުރުކެއާގެ ޒައީމުގެ ބޭބެ މެލޭޝިޔާގެ އެއާޕޯޓެއްގައި މަރާލި ހާދިސާ ނެގިދާނެއެވެ. އެޚާދިސާގެ ހަޤީގަތް ހޯދުމަށް ދުނިޔޭގެ ޖާސޫސީ އިދާރާތަކުން ހިންގި ފުޅާ އޮޕަރޭޝަންތަކުން ހާމަވި އެއް ހަޤީޤަތަކީ އެޚާދިސާ ރާވާ ހިންގި އިސް މީހުން އެކަކު އަނެކަކާ މުޢާމަލާތު ކޮށްފައިވަނީ ނާޑުވާގެ އެހީގައި ކަމެވެ. ދުލުން އެއްވެސް ބަހެއް ނުބުނެ، އެއްވެސް ނޯޓެއް ނުލިޔެ، އެއްވެސް މުވާސަލާތީ ވަސީލަތެއް މެެދުވެރި ނުކޮށެވެ. އެމީހުންގެ މެސެންޖަރަކީވެސް، ތަޖުޖަމާނަކީވެސް، ހަމަ ނާޑުވާއެވެ. މިވާހަކައިން ހައިރާންކަން ލިބުނު ހެއްޔެވެ؟ ދުނިޔޭގެ ޖާސޫސީ އިދާރާތަކުން ސިއްރުން މުޢާމަލާތުކުރުމަށް ބޭނުންކުރާ ވަސީލަތްތަކާ ބެހޭ ގޮތުން ދިރާސާކޮށްލާއިރު ނާޑުވާއަކީ އެމީހުންގެ މުހިއްމު ވަސީލަތެކެވެ. އެކި މެސެޖްތައް، ކޯޑުތައް، އެކި ވާހަކަތައް، މާނަތައް ދޭހަވާ ގޮތަށް ނާޑުވާ ގޮށްޖަހައިގެން ވާހަކަ ދެއްކުމަކީ ސިއްރު މުޢާމަލާތުގެ ދުނިޔޭގައި ޚާއްސަ ހުނަރެކެވެ. އުކުޅެކެވެ. މިކަން އެމެރިކާއާއި ރަޝިޔާއާއި ޗައިނާ އާއި ނޯތު ކޮރެއާ އާއި އަރަބި ޤައުމުތަކާއި އެފްރިކާ ބައްރުގައިވެސް ބޭނުންކުރެއެވެ. ޓެރަރިޒަމާއި ކުށުގެ ޢަމަލު ހިންގާ ނެޓްވޯކުތަކުންވެސް މުޢާމަލާތު ކުށުމަށް ނާޑުވާ ބޭނުންކުރާކަން އެންމެ ބޮޑަށް ސާވިތުކޮށްދޭ އެއް ހާދިސާއަކީ، އެމެރިކާގެ ޓްވިން ޓަވަރަށް ދިން ހަމަލާއެވެ. އެހަމަލާ ރޭވުމުގައި "ނާޑުވާގެ ރޭވުން" އޮތް ކަމަށް އިޒްރޭލުގެ ޖާސީސީ އިދާރާގެ ހޯދުންތަކުން ތިލަކޮށްފައިވެއެވެ. އެ ހޯދުންތަކުގެ ގިނަ މަޢުލޫމާތު އަދިވެސް ހުރީ ދުނިޔެއަށް ސިއްރުކޮށްފައެވެ. ސަބަބު ހޯދޭނީ އެކަމުގެ ތެރެއަށް އިތުރަށް ފީނައިގެންނެވެ. ސިޔާސީ ނުފޫޒާއި އަމިއްލަ ޤައުމުގައި ދިރިއުޅުމަށް ނުރައްކާ އެބައޮތްކަމަށް ވިދާޅުވެ، އަމިއްލައަށް އެމެރިކާއަށް އަރުވާލެވިގެން އެޤައުމުން ހިމާޔަތް ހޯދައިގެން އުޅޭ ޗައިނާގެ ބިލިއަނަރަކު ހައްޔަރުކުރުމަށް އެމެރިކާގައި ހުންނަ ބޭންކް އޮފް ޗައިނާގެ އޮފިޝަލުންނަށް ވެގެން އުޅުނު ޗައިނާގެ ސިއްރު ފުލުހުންގެ ޓީމުން ނާޑުގެ މުއާމަލާތް ހިންގާފައިވާކަން ފަޅާއެރީ އޭގެ ތެރެއިން އެކަކު ބިލިއަނަރަށް ޖާސޫސީ މަޢުލޫމާތު ވިއްކިކަން ޗައިނާއަށް ފަޅާއެރި ހިސާބުންނެވެ. އޭގެ ކުރިން ބިލިއަނަރު ހުރީ އެމަޢުލޫމާތުތައް އެމެރިކާގެ ޖާސީސީ އިދާރާތަކާ ހިއްސާކޮށްފައެވެ. މިލިޔުނީ ޖޭމްސްބޮޑުންގެ ފިލްމެއްގެ ވާހަކައެއް ނޫނެވެ. ދުނިޔޭގެ ގިނަ ބަޔަކަށް އެކަމެއްގެ ހަޤީޤަތް އެނގިފައިނުވާ މުހިއްމު ވާހަކައެކެވެ. ނާޑުވާއަކީ އަގުރި އެއްޗެކެވެ. ވަރަށް މުހިއްމު ބޭނުންތައް ހިފާ އެއްޗެކެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ