މާލެ: 31°C

އިޒްރޭލުގެ ދެ ބޯޓަކަށް ރާއްޖެ ކައިރިން ޑްރޯން ލަމަލާދީފައިވާކަމަށް ރިޕޯޓްކޮށްފި

January 6, 2024
3 ފަހަރު ބަލާފައި
އިޒްރޭލުގެ ދެ ބޯޓަކަށް ރާއްޖެ ކައިރިން ޑްރޯން ލަމަލާދީފައިވާކަމަށް ރިޕޯޓްކޮށްފި
އިޒްރޭލުގެ ދެ ބޯޓަކަށް ރާއްޖެ ކައިރިން ޑްރޯން ލަމަލާދީފައިވާކަމަށް ރިޕޯޓްކޮށްފި
ރާއްޖެ ކައިރިން އިޒްރޭލުގެ ދެ ތެޔޮ ބޯޓަކަށް ހަމަލާދީފައިވާ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ. ޖޯޑަން ނިއުސް އިން ބުނި ގޮތުގައި ޑްރޯން ބޭނުންކޮށްގެން ދިން ހަމަލާގައި ދެ ތެޔޮ ޓޭންކަރަށް ވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެެވެ. އެ ރިޕޯޓުތައް ބުނާ ގޮތުން އެ ދެ ތެޔޮ ޓޭންކަރު ދަތުރުކުމުގެ ޕްލޢން އޮތީ ބާބު އަލްމަންދަބް ސްޓްރެއިޓް އާއި ރަތް ކަނޑުގެ ތެރެއިންނެވެ. ޔަމަނުގެ ސިފައިން ވަނީ ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ނިމެންދެން ރަތް ކަނޑުގައި ދަތުރުކުރާ އިޒްރޭލު ބޯޓުތަކާއި ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށް ހަމަލާ ދޭނެ ކަމުގެ އިންޒާރު ދީފައެވެ. ނަމަވެސް މި ދެ ބޯޓަށް ހަމަލާ ދިނީ ކޮންބައެއްކަމެއް ނޭނގެއެވެ. މި ހަމަލާގެ ތަފްސީލް އިސްރާއީލުގެ އޮފިޝަލުން ނުދޭ ކަމަށް ބޭރުގެ ނޫސްތަކުން ބުނެއެވެ.  ރާއްޖޭ ސަރަހައްދުން މިފަދަ ކަމެއް ހިނގާފައިވޭތޯ، ނޫސްވެރިން ދިވެހި ފުލުހުންނާއި ސުވާލު ކުރުމުން އަދި ވަކި ޖަވާބެއް ނުލިބެއެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ