އިޒްރޭލާ ދެކޮޅު ބޮއިކޮޓް ކުރުންތަކުގެ ސަބަބުން މެލޭޝިއާގައި 100 އަށްވުރެ ގިނަ ކޭއެފްސީ ބަންދުކޮށްފި

އިޒްރޭލާ ދެކޮޅު ބޮއިކޮޓް ކުރުންތަކުގެ ސަބަބުން މެލޭޝިއާގައި 100 އަށްވުރެ ގިނަ ކޭއެފްސީ ބަންދުކޮށްފި
ލިޔުން:
އިޒްރޭލާ ދެކޮޅު ބޮއިކޮޓްކުރުންތައް ފުޅާވެ ވިޔަފާރި އާދަޔާ ޚިލާފަށް ދަށްވުމުގެ ސަބަބުން މެލޭޝިއާގައި 100 އަށްވުރެ ގިނަ ކޭއެފްސީ ބަންދުކޮށްފިއެވެ.
ޕާކިސްތާން ރިޕަބްލިކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، 100 އަށް ވުރެ ގިނަ އައުޓްލެޓް ބަންދުކޮށްފައިވާ ސަބަބަކީ މާލީ މައްސަލަތަކާއި އިގްތިސާދީ ގޮތުން ގޮންޖެހުންތަކެއް ހުރި ހާލަތްތަކެއް ކަމަށް ބުނެ އެވެ.
މި ނިންމުން އެކުންފުނިން ނިސްބަތްކޮށްފައިވަނީ ގޮންޖެހުންތަކެއް ހުރި އިގްތިސާދީ ހާލަތަށް ކަމަށް ބުނާއިރު، ލޯކަލް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ކޭއެފްސީގެ ބަންދުކުރުމުގެ ސްޓްރެޓެޖީއަށް ނުފޫޒު ފޯރުވުމުގައި ކޮންސިއުމާ ބޮއިކޮޓްގެ ބޮޑު ދައުރެއް އޮވެދާނެ އެވެ. ކޮންސިއުމާ ބޮއިކޮޓް އުފެދިފައިވަނީ މިހާރު އިޒްރޭލުން ފަލަސްތީނުގެ މުސްލިމުންދާ ދެކޮޅަށް ހިންގަމުން ގެންދާ ހަމަނުޖެހުންތަކުގެ ތެރޭގައި ކޭއެފްސީއާ ގުޅުން ހުރި ކަމަށް ބުނާ ގުޅުންތަކާ ގުޅިގެން ބައެއް ފަރާތްތަކުން ފާޅުކުރި ކަންބޮޑުވުން ތަކުން ކަމަށް ބެލެވެ އެވެ.
މި ބޮއިކޮޓް ދިމާވަނީ މި ސަރަހައްދުގައި ފުޅާ ޓްރެންޑަކާ ކަމަށާއި، މުސްލިމް މުޖުތަމައުގެ ގިނަ ބަޔަކު ދަނީ މި ކޯޅުންތަކާ ގުޅުން ހުރި ކަމަށް ބެލެވޭ ހުޅަނގުގެ ބްރޭންޑްތަކުން ހީވާގިކަމާއެކު ދުރުހެލިވަމުން ކަމަށް ރިޕޯޓްތައް ބުނެއެވެ. މިކަމުގެ ނުރަނގަޅު އަސަރު މެކްޑޮނަލްޑަށާއި ވަކިވަކި ކޮންސިއުމާ ޕްރޮޑަކްޓްތަކަށް ވެސް ދަނީ ކުރަމުންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
