މާލެ: 31°C

އިސްރާއީލުން ފަލަސްތީނާ ދެކޮޅަށް ކުރާ ހަނގުރާމައިގަ މަރާލިމީހުންގެ އަދަދު 25 ހާހުން މައްޗަށް

January 25, 2024
3 ފަހަރު ބަލާފައި
އިސްރާއީލުން ފަލަސްތީނާ ދެކޮޅަށް ކުރާ ހަނގުރާމައިގަ މަރާލިމީހުންގެ އަދަދު 25 ހާހުން މައްޗަށް
އިސްރާއީލުން ފަލަސްތީނާ ދެކޮޅަށް ކުރާ ހަނގުރާމައިގަ މަރާލިމީހުންގެ އަދަދު 25 ހާހުން މައްޗަށް
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުން ފަލަސްތީނާ ދެކޮޅަށް ކުރަމުންގެނަދާ  ހަނގުރާމައިގައި، 25 ހާހަށްވުރެ ގިނަ މީހުން މާރާލާ 65 ހާހަށްވުރެ ގިނަ މީހުނަށް އެކިވަރުގެ ޒަހަމްތައް ލިބިފައި ވާކަމަށް ރިޕޯޓް ތަށް ބުނެފިއެވެ. އޭގެ ތެރޭގައި ކުދި ޒަހަމްތަކާއި އުމުރު ދުވަހު މީހާ ނުކުޅެދޭ ހާލަތަށް ގެނެސްފައިވާ ވަރުގެ ޒަހަމްތައް ހިމެނެއެވެ. ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ފަލަސްތީނުގައި މަރާލާފައިވާ މީހުންގެ ތެރޭގައި 8 ހާހަށްވުރެ ގިނަ ތުއްތު ކުދިނާއި 6 ހާހަށްވުރެ ގިނަ އަދަދަކަށް އަންހެނުން ހިމެނެއެވެ. މިހާ ގިނަ އަދަދަކަށް ކުޑަކުދިންނާއި އަންހެނުން މި ހަނގުރާމައިގެ ތެރޭގައި މަރާލާފައިވާއިރު، އިސްރާއީލުން ބުނަމުން އަންނަނީ އެމީހުންގެ ހަމަލާތަކަކީ ފަލަސްތީނުގެ ގާޒާގައި ހަރަކާތެތެރިވަމުންދާ ޖަމާއަތެއް ކަމުގައިވާ ހަމާސް ޖަމާއަތުގެ ހަނގުރާމަވެރިން ނެތިކޮށްލުމަށް ދެމުން އަންނަ ހަމަލާތަކެއް ކަމަށެވެ. އަދި ހަމަލާތައް ދެމުން އަންނަނީ މުޖާހިދުން ތިބޭ ތަންތަނަށް ކަމަށް ވެސް ވަނީ ބުނެފައެވެ. އެހެން ނަމަވެސް އިސްރާއީލުގެ ހަމަލާތަށް ހޮސްޕިޓަލް ތަކަށާ ސްކޫލް ތަކަށާ ވަގުތީ ހިޔާތަކަށް އަމާޒުކޮށް އެތައްހާސް ބަޔަކު މަރާލާފައި ވުމުގެ ނަތީޖާއެއްގެ ގޮތުން ޔޫރަޕްގެ ގިނަގައުމުތަކުގެ އާންމުންގެ ނުރުހުން އިސްރާއީލަށް މިހާރު ވަނީ ލިބެންފަށާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ