އިޒްރޭލުން ފަލަސްތީނުގެ ދެ މީހަކު މަރާލައިފި، ހަމަނުޖެހުންތައް އިތުރުވަނީ

އިޒްރޭލުން ފަލަސްތީނުގެ ދެ މީހަކު މަރާލައިފި، ހަމަނުޖެހުންތައް އިތުރުވަނީ
ލިޔުން:
އިސްރާއީލުން، ހިފާފައިވާ ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ މީހަކު ގަޔަށް ބަޑިޖަހައި މަރާލައިފިއެވެ.
އެ މީހާ މަރާލަފައި ވަނީ ގުދުސްގެ އަލްއަގްސާ ތެރޭގައި އިޒްރޭލު ސިފައިން މެޑިކަލް ދަރިވަރަކު، މަރާލިތާ އިރުކޮޅެއް ފަހުންނެވެ.
ފަލަސްތީނު އޮތޯރިޓީން ބުނީ ހޮނިހިރު ދުވަހު ހުޅަނގު އައްސޭރީގައި މަރާލި މީހާ އަކީ އުމުރުން 24 އަހަރުގެ މުހައްމަދު ރާއިދު ބަރަދިޔާ ކަމަށެވެ.
މަންޒަރު ދުށް މީހުންނާ ހަވާލާދީ އަލްޖަޒީރާ އިން ރިޕޯޓްކޮށްފައިވާ ގޮތުން ރާއިދު ގަޔަށް ބަޑިޖަހާފައި ވަނީ ބެއިތު އުއްމާރު އަވަށާ ކައިރީގައި ހުންނަ އޭނާގެ އޮޓޯ މޯބައިލް ތެރޭގައި ކަމަށެވެ.
އިޒްރޭލުގެ އަސްކަރިއްޔާއިން ބުނީ އޭނާ ގަޔަށް ބަޑި ޖެހީ ސިފައިންގެ އޮފިސަރުންގެ ގައިގައި ކާރު ޖައްސަން މަސައްކަތް ކުރުމުން ކަމަށެވެ. އެ ހާދިސާގައި ތިން މީހަކަށް އަނިޔާވެފައިވާ އިރު އޭގެ ތެރެއިން ދެ މީހެއްގެ ހާލު ސީރިއަސް ކަމަށް އިޒްރޭލުގެ މެޑިކަލް އޮފިޝަލުން ބުނެއެވެ.
އިޒްރޭލު ފުލުހުން ވަނީ އަގްސާ މިސްކިތަށް ވަންނަ ދޮރު ކައިރީގައި ފަލަސްތީނުގެ އިތުރު މީހަކުވެސް މަރާލާފައެވެ. މަންޒަރު ދުށް މީހުން ބުނީ މިސްކިތުގެ ތެރެއަށް ވަންނަ އުޅުނު އަންހެނަކަށް އުމުރުން 26 އަހަރުގެ މުހައްމަދު ހާލިދު އަލް އުސައިބީ ހުރަސް އެޅުމުން މަދުވެގެން ދިހަ ފަހަރެއްގެ މަތިން އިޒްރޭލު ސިފައިން އޭނާގެ ގަޔަށް ބަޑިޖަހާފައިވާ ކަމަށެވެ.
ނަމަވެސް ފުލުހުން ބުނީ އޭނާ ގަޔަށް ބަޑިޖެހީ އޮފިސަރެއްގެ އަތުން ފިސްތޯލަ ނަގަން އުޅުމުން ކަމަށެވެ. އެކަމަކު އޭނާގެ އާއިލާއިން ވަނީ އެ ވާހަކަތައް ގަބޫލުކުރަން ދެކޮޅު ހަދާފައެވެ. އަދި ކެމެރާ ފުޓޭޖް ބަލަން ބޭނުންވާ ކަމަށް އެ މީހުން ވަނީ ބުނެފައެވެ.
އިޒްރޭލުގެ ފަލަސްތީނު މައިނޯރިޓީ ތަމްސީލުކުރާ ސިޔާސީ ޕާޓީއެއް ކަމަށްވާ ރަމް އިން ވެސް ވަނީ ފުލުހުންގެ ވާހަކަތައް ދޮގުކޮށްފައެވެ. އަދި ތަހުގީގެއް ހިންގުމަށް ގޮވާލައިފަ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
