މާލެ: 31°C

އިޒްރޭލުން ފަލަސްތީނުގެ ދެ މީހަކު މަރާލައިފި

January 13, 2023
2 ފަހަރު ބަލާފައި
އިޒްރޭލުން ފަލަސްތީނުގެ ދެ މީހަކު މަރާލައިފި
އިޒްރޭލުން ފަލަސްތީނުގެ ދެ މީހަކު މަރާލައިފި
އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރިއަށް ދިން ހަމަލާގައި ފަލަސްތީނުގެ ދެ މީހަކު މަރާލފައިވާ ކަމަށް އިސްރާއީލުގެ ޕެރަމެޑިކްސް އާއި ފަލަސްތީނުގެ ކަމާބެހޭ ފަރާތްތަކުން ބުނެފިއެވެ. އިސްރާއީލު ސިފައިން ދިން ހަމަލާގައި އުމުރުން 21 އަހަރުގެ އަހުމަދު އަބޫ ޖުނައިދީ މަރުވި ހުޅަނގު އައްސޭރީގެ އުތުރުގައި އޮންނަ ނަބްލުސް ސިޓީގައި ހުންނަ ބަލަޓާ ރެފިއުޖީ ކޭމްޕަށް އިސްރާއީލުގެ އަސްކަރިއްޔާއިން ހިންގި އޮޕަރޭޝަނެއްގައި ބޮލަށް ލިބުނު ޒަހަމްތަކަކާ ގުޅިގެންނެވެ. އޭގެ ފަހުން އިއްޔެ ސަނާދު ސަމަމްރޭހް ނަމަކަށް ކިޔާ ފަލަސްތީނުގެ މީހަކު ވަނީ މަރާލާފައެވެ. އޭނާ މަރާލަފައިވަނީ އިސްރާއީލުގެ މީހެއްގެ ގަޔަށް ވަޅި ހެރި ކަމުގެ ތުހުމަތުގައެވެ. އިޒްރޭލުގެ ޕެރަމެޑިކްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހާދިސާ ހިނގާފައި ވަނީ ހެބްރޮން ކައިރީގައި އޮންނަ ހުޅަނގު އައްސޭރީގެ ދެކުނުގައި އޮންނަ ހަވަތު ޔެހުދާ ގަވައިދާ ހިލާފަށް ވަޒަންވެރިވެގެން އުޅޭ އާބާދީއެއްގައި ކަމަށެވެ. މި މަރުތަކާއެކު މި އަހަރުގެ މިހާތަނަށް އިސްރާއީލުން ދިން ބަޑީގެ ހަމަލާތަކުގައި މަރުވި ފަލަސްތީނުގެ މީހުންގެ އަދަދު ހަތަރަކަށް އަރާފައިވާއިރު، އޭގެ ތެރޭގައި ތިން ކުޑަކުދިން ވެސް ހިމެނެއެވެ. އިޒްރޭލުގެ އަސްކަރިއްޔާއިން ބުނީ ހުޅަނގު އައްސޭރީގެ އެކި ސަރަހައްދުތަކުގައި އިއްޔެ ދުވަހުގެ ފަތިހު ހައްޔަރުކުރުމުގެ އޮޕަރޭޝަންތައް ހިންގާފައިވާ ކަމަށެވެ. ބަލަޓާ ރެފިއުޖީ ކޭމްޕްގައި ފަލަސްތީނުގެ ހަނގުރާމަވެރިންނާއި އިސްރާއީލުގެ ސަލާމަތީ ބާރުތަކާ ދެމެދު ކުރިމަތިލުންތަކެއް ހިނގި ކަމަށް އަސްކަރިއްޔާއިން ބުނެފައިވާއިރު، ފަލަސްތީނުގެ މީހަކަށް ހަމަލާދީފައިވާ ކަމަށް އަސްކަރިއްޔާއިން ބުނެއެވެ. ފަލަސްތީނުގެ ސިއްހީ އޮފިޝަލުން ވިދާޅުވީ ތޮއްޖެހިފައިވާ ކޭމްޕުގެ ގެއެއް އިސްރާއީލުގެ ސްޕެޝަލް ފޯސްތަކުން ވަށާލައި، ޒުވާނުންގެ ގަޔަށް ބަޑިޖަހާފައިވާ ކަމަށެވެ. ކަރުނަ ގޭހާއި ސްޓަން ގްރެނޭޑް ބޭނުންކޮށްފައިވާ ކަމަށެވެ. ފަތަހު ޖަމާއަތާ ގުޅިފައިވާ ހަތިޔާރު އެޅި ކޯލިޝަނެއް ކަމަށްވާ އަލް އަގްސާ ޝަހީދުންގެ ބްރިގޭޑުން ބުނީ އަބޫ ޖުނައިދަކީ ހަނގުރާމަވެރިއެއް ކަމަށް ބުނެފައެވެ. 2022 ވަނަ އަހަރުގެ މާޗް މަހުން ފެށިގެން ހުޅަނގު އައްސޭރީގައި އިސްރާއީލުގެ އަސްކަރިއްޔާއިން ހަމަލާތައް ވަނީ އިތުރުވެފައެވެ. ހުޅަނގު އައްސޭރި އާއި އިރުމަތީ ގުދުސްގައި 2022 ވަނަ އަހަރު އިސްރާއީލުގެ ސަލާމަތީ ބާރުތަކުން ފަލަސްތީނުގެ 146 މީހުން ޝަހީދުކޮށްލާފައިވާ ކަމަށް އިސްރާއީލުގެ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތެއް ކަމަށްވާ ބީޓްސެލެމް އިން ބުނެއެވެ. ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި މަރުވި މީހުންގެ ތެރޭގައި ގިނައީ އާންމުން ކަމަށް ވާއިރު، އިސްރާއީލުގެ އަސްކަރިއްޔާއިން ދަނީ އުތުރުން ހިފާފައިވާ ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ ހަތިޔާރު އެޅި ހަނގުރާމަވެރިން ރޫޅާލުމުގެ ނަމުގައި ހަމަލާތައް ދެމުންނެވެ. ފަލަސްތީނުން ދެކޭ ގޮތުގައި އެއީ އިސްރާއީލުން ހުޅަނގު އައްސޭރީގައި 55 އަހަރު ވަންދެން ފާޅުކަން ބޮޑު ގޮތެއްގައި ހިފާފައިވާ ބާރުތައް އިތުރަށް ހިފުމެވެ. އިސްރާއީލުގެ އާ، ހަރުކަށި ފިކުރުގެ ސަރުކާރުން މިދިޔަ މަހު ހުވާކުރި އިރު، ފަލަސްތީނާ ދެކޮޅަށް އަދަބީ ފިޔަވަޅުތަކެއް އަޅާފައިވާއިރު، އާންމު ތަންތަނުގައި ފަލަސްތީނުގެ ދިދަ ގެންގުޅުންވެސް ވަނީ މަނާކޮށްފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ