އިޒްރޭލުން ހަމާސްއަށް ރައްދު ދީފި!

އިޒްރޭލުން ހަމާސްއަށް ރައްދު ދީފި!
ލިޔުން:
އިސްރާއީލުގެ އަސްކަރިއްޔާއިން ދެކުނު ލުބްނާން ގައި ހަރަކާތްތެރިވާ ހަމާސް ޖަމާއަތަށާއި ގާޒާ ސްޓްރިޕްއަށް އަމާޒުކޮށް ވައިގެ ހަމަލާތަކެއް ދީފިއެވެ.
އަސްކަރިއްޔާއިން ބުނީ އެ ހަމަލާތަކަކީ ލުބުނާނުން އިޒްރޭލުގެ އުތުރުގެ ސަރަހައްދަށް ފޮނުވާލި 34 ރޮކެޓްގެ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާއެއް ކަމަށެވެ. އެ ހަމަލާގެ ޒިންމާ އިޒްރޭލުން އެޅުވީ ހަމާސްގެ ބޮލުގައެވެ.
އިޒްރޭލުން ހަމަލާތައް ދޭން ފެށުމާއެކު ގައްޒާގެ ހަނގުރާމަވެރިންވެސް ވަނީ އިތުރު ރޮކެޓް ހަމަލާތަކެއް ދީފައެވެ.
ގުދުސްގައި ހުންނަ އަލް އަގްސާ މިސްކިތަށް އިޒްރޭލު ފުލުހުން ވަދެ ބަލައި ފާސްކުރުމާ ގުޅިގެން ނުތަނަވަސްކަން ވަނީ އިތުރުވެފައެވެ.
އެ މައްސަލައާއި ގުޅިގެން މުސްލިމުންގެ މެދުގައި ވަނީ އިޒްރޭލަށް މެދު ނުުރުހުން އިތުރުވެފައެވެ.
ރޮކެޓްތައް ފޮނުވާލިއިރު، ލުބްނާނުގައި ހުންނެވި ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާ ވިދާޅުވީ އިސްރާއީލުން ދެމުންދާ ހަމަލާތައް ބަލަން "ދެއަތް ތިރިކޮށްލައިގެން" ފަލަސްތީނު ރައްޔިތުން ނުތިބޭނެ ކަމަށެވެ.
އެ ހަމަލާއަކީ ފާއިތުވި 17 އަހަރުގެ ތެރޭގައި ލުބްނާނުން ދިން އެންމެ ބޮޑު ހަމަލާއެވެ.
އިސްރާއީލުގެ ދިފާއީ ބާރު (އައިޑީއެފް) އިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ އެ ގައުމުގެ ހަނގުރާމަ މަތީ މަތިންދާ ބޯޓުތަކުން ހަމާސްގެ "ޓެރަރިސްޓް އިންފްރާސްޓްރަކްޗާތަކަށް" ހަމަލާދީފައިވާ ކަމަށެވެ.
"ހަމާސްގެ ޓެރަރިސްޓް ޖަމާއަތަށް ލުބުނާނުގެ އެތެރޭން ހަރަކާތްތެރިވުމުގެ ފުރުސަތު އައިޑީއެފް އިން ނުދޭނެ، އެ ޖަމާއަތުގެ ސަރަހައްދުން ދޭ ކޮންމެ ހަމަލާއެއްގެ ޒިންމާ ލުބްނާން ދައުލަތް އުފުލަން ޖެހޭނެ،" އެ ބަޔާނުގައި ބުނެފައިވެ އެވެ.
ހަމާސް އިން ބުނީ ލުބްނާނާ ދެކޮޅަށް ހަރުކަށި ޒަޔަނިސްޓުން ދިން ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
ގައްޒާގައި ހަމާސްގެ 10 އަށް ވުރެ ގިނަ އަމާޒުތަކަށް ހަމަލާ ދީފައިވާއިރު އޭގެ ތެރޭގައި ހަތިޔާރު އެޅުމަށް ބިމުގެ އަޑީގައި ހުރި ސައިޓެއްގެ ޝާފްޓާއި އިތުރު ތިން ހަތިޔާރު ވޯކްޝޮޕާއި ބިމުގެ އަޑީގައި އޮތް "ޓެރަރިސްޓް ޓަނަލް" އެއް ހިމެނޭ ކަމަށް އައިޑީއެފް އިން ބުންޏެވެ.
އިޒްރޭލުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ ހަމަލާތަކުގައި ގައްޒާއިން އިސްރާއީލުގެ ދެކުނުގެ ސަރަހައްދާ ދިމާލަށް 44 ރޮކެޓް ފޮނުވާލާފައިވާ ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
