އިޒްރޭލުން ދިން ހަމަލާއެއްގައި ފަލަސްތީނުގެ 9 މީހަކު މަރުވެއްޖެ

އިޒްރޭލުން ދިން ހަމަލާއެއްގައި ފަލަސްތީނުގެ 9 މީހަކު މަރުވެއްޖެ
ލިޔުން:
ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ނަބްލޫސް ސިޓީގައި އިސްރާއީލުގެ އަސްކަރިއްޔާއިން ދިން ހަމަލާއެއްގައި ފަލަސްތީނުގެ ނުވަ މީހަކު މަރުވެ އެތައް ބަޔަކު ޒަޚަމްވެފައިވާ ކަމަށް ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
އެ މިނިސްޓްރީން ބުދަ ބުނީ 102 މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށާއި އޭގެ ތެރެއިން ހަ މީހެއްގެ ހާލު ސީރިއަސް ކަމަށެވެ.
ގިނަ އަދަދެއްގެ ހަތިޔާރު އެޅި އިޒްރޭލުގެ އަސްކަރިއްޔާއިން ނަބްލޫސް ބަލައި ފާސްކުރިތާ މާ ގިނަ އިރުތަކެއް ނުވަނީސް ބޮޑެތި ކުރިމަތިލުންތަކެއް ހިނގިއެވެ.
ލަޔަންސް ޑެން ނަމަކަށް ކިޔާ ހަތިޔާރު އެޅި ޖަމާއަތުން ނެރުނު ބަޔާނެއްގައި ބުނީ އިޒްރޭލު ސިފައިންނާ ކުރިމަތިލުންތަކެއް ހިންގާފައިވާ ކަމަށެވެ.
އިޒްރޭލުގެ އަސްކަރިއްޔާއިން ބުނީ ސަލާމަތީ ބާރުތަކުން މިހާރު ނަބްލުސް ސިޓީގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ދީފައެއް ނުވެއެވެ.
އިޒްރޭލުގެ އަސްކަރިއްޔާގެ ޗެކްޕޮއިންޓްތައް ކައިރީގައި އިހުތިޖާޖުކުރުމަށް ފަލަސްތީނުން ނުކުތުމަށްވެސް ވަނީ ގޮވާލާފައެވެ.
މި އަހަރުގެ މިހާތަނަށް އިޒްރޭލުން ވަނީ ފަލަސްތީނުގެ 13 ކުޑަކުދިންނާއެކު 60 މީހަކު މަރާލާފައެވެ.
ހުޅަނގު އައްސޭރީގައި މިދިޔަ އަހަރު އިސްރާއީލުގެ އަސްކަރިއްޔާއިން ފަލަސްތީނުގެ 171 މީހުން މަރާލާފައިވާއިރު އޭގެ ތެރޭގައި 30 އަށް ވުރެ ގިނަ ކުޑަކުދިން ވެސް ހިމެނެ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
