މާލެ: 31°C

އިޒްރޭލުން ކޮވިޑްގެ އާ ވޭރިއަންޓެއް ފެނިއްޖެ

March 17, 2023
2 ފަހަރު ބަލާފައި
އިޒްރޭލުން ކޮވިޑްގެ އާ ވޭރިއަންޓެއް ފެނިއްޖެ
އިޒްރޭލުން ކޮވިޑްގެ އާ ވޭރިއަންޓެއް ފެނިއްޖެ
ކޮރޯނާވައިރަހުގެ އާ ވޭރިއަންޓެއް އިޒްރޭލުން ފެނިފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. ކޮވިޑް-19 ގެ ބަލިމަޑުކަމަށް ތިން އަހަރު ވެފައިވާއިރު، މި އާ ވޭރިއަންޓްގެ ސަބަބުން ދުނިޔޭގެ މުޖުތަމައު ވަނީ ނުތަނަވަސްކަން އިތުރުވެފައެވެ. އިޒްރޭލުގެ މީޑިއާތަކުން ބުނީ އާ ވޭރިއެންޓު ފެނިފައިވަނީ އެ ގައުމަށް އެނބުރި ދިޔަ ދެ މީހެއްގެ ފަރާތުން ކަމަށެވެ. އެ ވޭރިއެންޓު ދެނެގަތީ ދެ މީހުންގެ ޕީސީއާރް ޓެސްޓު ހެދުމުންނެވެ. އިޒްރޭލުގެ ނޫހެއް ކަމަށްވާ ހާރެޓްޒް އިން ބުނި ގޮތުގައި އާ ވޭރިއަންޓަކީ "ބީއޭ.1" ނުވަތަ އޮމިކްރޯން އާއި "ބީއޭ.2" ގެ އޮމިކްރޯންގެ ސަބް ވޭރިއަންޓެެއް ކަމަށެވެ. އިޒްރޭލުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ އެ މީހުންގެ ކިބައިން ހުން އައުމާއި ބޮލުގައި ރިއްސުން ފަދަ އަލާމާތްތައް ފެނިފައިވާ ކަމަށެވެ. ނަމަވެސް އެމީހުންނަށް ހާއްސަ ފަރުވާއެއް ދޭން ނުޖެހުނު ކަމަށް އެ ވުޒާރާއިން ބުންޏެވެ. އުމުރުން 30 އަހަރުގެ އެ ދެމަފިރިންނަށް ބަލި ޖެހުނީ ތުއްތު ދަރިފުޅުގެ ފަރާތުން ކަމަށް ރިޕޯޓްތައް ބުނެއެވެ. މިދިޔަ މަހު އިޒްރޭލުގެ ސިއްހަތާ ބެހޭ ވުޒާރާއިން ވަނީ މެޑިކަލް ފެސިލިޓީތަކާއި ނާސިން ހޯމްތަކުގައި މާސްކު އެޅުން މަޖުބޫރުކުރުން އުވާލާފާއެވެ. ނަމަވެސް އަދިވެސް އައިސޮލޭޝަން އެކޮމޮޑޭޝަނަކަށް ދަތުރުކުރާއިރު މާސްކު އަޅަން ޖެހެއެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ