އިޒްރޭލުގައި މަސައްކަތް ކުރި ޕާކިސްތާނު ފަސް މީހަކު ހައްޔަރުކޮށްފި

އިޒްރޭލުގައި މަސައްކަތް ކުރި ޕާކިސްތާނު ފަސް މީހަކު ހައްޔަރުކޮށްފި
ލިޔުން:
ފަލަސްތީނުގެ މުސްލިމުންގެ ބިންތައް ފޭރިގަނެގެން އުޅޭ އިޒްރޭލުގައި މަސައްކަތްކުރި ޕާކިސްތާނުގެ ފަސް މީހަކު ހައްޔަރުކޮށްފިއެވެ.
އިޒްރޭލުގައި މަސައްކަތްކުރުމަކީ ޕާކިސްތާނުގެ ގާނޫނުތަކާ ހިލާފު ކަމެކެވެ. ޕާކިސްތާނުން އިސްރާއީލަކީ ދައުލަތެއްގެ ގޮތުގައި ބަލައިނުގަންނައިރު އެ ގައުމުން ގެންދަނީ ފަލަސްތީނުގައި މިނިވަން ދައުލަތެއް ގާއިމްކުރުމަށް ވަކާލާތު ކުރަމުންނެވެ.
އެ މީހުން ހައްޔަރު ކުރުމުގެ އޮޕަރޭޝަން ފެށީ އިޒްރޭލުގައި މަސައްކަތް ކުރާތާ އެތައް އަހަރެއް ވެފައިވާ ކަމުގެ ހެކިތައް ކަމާއި ބެހޭ ފަރާތްތަކަށް ފެނުމާއި ގުޅިގެންނެވެ. އެމީހުން ޕާކިސްތާނަށް ފައިސާ ފޮނުވަމުން ދިޔައީ ވެސްޓަން ޔޫނިއަން މެދުވެރިކޮށެވެ.
ތުހުމަތު ކުރެވޭ ފަސް މީހުންނަކީ ތެލްއަވީވްގައި ހެލްޕަރުންނާއި ކާރު ދޮންނަ މީހުންގެ ގޮތުގައި މަސައްކަތްކުރަމުން ދިޔަ މީހުންނެވެ. ސިންދް ޕްރޮވިންސްގެ މީރުޕޫރު ހާސް ޑިސްޓްރިކްޓަށް ނިސްބަތްވާ އެ މީހުން އިޒްރޭލުގައި މަސައްކަތްކުރާތާ ހަތް އަހަރު ވެއްޖެއެވެ. އެ މީހުންގެ މައްޗަށް ދައުވާ ކޮށްފައިވަނީ ޕާކިސްތާނުގެ ޕާސްޕޯޓް ގާނޫނު 1974 އާއި އިމިގްރޭޝަން އޯޑިނަންސް 1979 އާ ހިލާފުވެގެންނެވެ.
ޕާކިސްތާނުގެ ޕާސްޕޯޓަކީ އިޒްރޭލުގައި ބަލައިގަނެވޭ ޕާސްޕޯޓެއް ނޫން ކަމަށްވާއިރު އެ މީހުން އެގައުމަށް އެތެރެވީ އިސްރާއީލުގެ އެޖެންޓެއްގެ އެހީގައެވެ. ކޮންމެ މީހަކުވެސް އެޖެންޓަށް ތިން ލައްކަ އާއި ހަތަރު ލައްކަ ރުޕީސް އާ ދެމެދުގެ އަދަދަކަށް ފައިސާ ދީން ކަމަށްވެއެވެ. އިޒްރޭލަށް އެތެރެވީ އުރުދުން މަގުންނެވެ. އަދި އެނބުރި ޕާކިސްތާނަށް ގޮސްފައިވަނީ ދުބާއީގައި ޓްރާންސިޓް ކުރުމަށް ފަހު ސްރީލަންކާ މަގުންނެވެ.
މި ކަމެއް ހިނގާފައިވަނީ އިސްރާއީލުގެ ބާޒާރުތަކުގައި ޕާކިސްތާނުގެ މުދާ ވިއްކާކަމުގެ ޚަބަރުތަކެއް ފެތުރިފައި ވަނިކޮށެވެ. ނަމަވެސް ޕާކިސްތާނު ސަރުކާރުން އިޒްރޭލަށް އެއްވެސް މުދަލެއް އެކްސްޕޯޓް ނުކުރާ ކަމަށާއި އިޒްރޭލާ ގުޅޭ ގޮތުން ގެންގުޅޭ ސިޔާސަތަށް އެއްވެސް ބަދަލެއް އައިސްފައި ނުވާ ކަމަށް ތަކުރާރުކޮށް ބުނެފައިވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
