އިޒްރޭލު ސިފައިން ފަލަސްތީނުގެ ކުޑަކުއްޖަކު މަރާލައިފި

އިޒްރޭލު ސިފައިން ފަލަސްތީނުގެ ކުޑަކުއްޖަކު މަރާލައިފި
ލިޔުން:
އިސްރާއީލުގެ އަސްކަރިއްޔާއިން، ހިފާފައިވާ ހުޅަނގު އައްސޭރީގެ ދެކުނުގައި ހިންގި އޮޕަރޭޝަނެއްގައި ފަލަސްތީނުގެ ކުޑަ ކުއްޖެއްގެ ގަޔަށް ބަޑިޖަހައި މަރާލައިފިއެވެ.
އުމުރުން 14 އަހަރުގެ އުމަރު ހާލިދު ލުތުފީ ހަމޫރު ނަމަކަށް ކިޔާ އެ ކުއްޖާ މަރުވިކަން ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ހާމަކުރީ ހޯމަ ދުވަހުގެ މެންދުރުގެ ވަގުތެއްގައެވެ.
ބެތުލެހެމް ސިޓީގައި ހުންނަ ދީޝޭހް ރެފިއުޖީ ކޭމްޕަށް އިޒްރޭލު ސިފައިން ދިން ހަމަލާއެއްގައި އޭނާގެ ބޮލަށް ބަޑިޖެހުމުގެ ސަބަބުން ހަމޫރަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް އެ މިނިސްޓްރީން ވަނީ ރިޕޯޓުކޮށްފައެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ ބަޑި ޖެހީ، ހިލައާއި ގޮވާ ޒާތުގެ ތަކެތިން ހަމަލާދިނުމުން ކަމަށެވެ. ފަލަސްތީނުގެ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ހަމޫރަކީ އދ.ގެ ރެފިއުޖީ އެޖެންސީ ސްކޫލެއްގެ ގްރޭޑް ނުވައެއްގައި ކިޔަވަމުން އަންނަ ދަރިވަރެއް ކަމަށެވެ.
އޭނާއަކީ މި އަހަރުގެ ފުރަތަމަ 16 ދުވަހުގެ ތެރޭގައި އިސްރާއީލުގެ އަސްކަރިއްޔާއިން ހުޅަނގު އައްސޭރީގައި މަރާލި ފަލަސްތީނުގެ ހަތަރުވަނަ ކުޑަކުއްޖާއެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން ހުޅަނގު އައްސޭރީގައި 1967 ވަނަ އަހަރުން ފެށިގެން އަސްކަރީ ބާރުގެ ދަށުގައި ދިރިއުޅެމުންދާ ފަލަސްތީނު މީހުން ބަލައި ފާސްކޮށް، ހައްޔަރުކޮށް، މީހުން މެރުމުގެ އަމަލުތައް ދަނީ ހިންގަމުންނެވެ.
ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި އިސްރާއީލުން ވަނީ ފަލަސްތީނުގެ އަވަށްތަކާއި ސިޓީތަކާއި ރެފިއުޖީ ކޭމްޕްތަކުގައި ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ އުތުރުގައި ހަތިޔާރުއެޅި ހަރުކަށި ފިކުރުތައް ރޫޅާލުމުގެ ނަމުގައި ކޮންމެ ދުވަހަކު ވެސް ހަމަލާދީ މީހުން މެރުމުގެ ހަރަކާތްތައް ވަރުގަދަކޮށްފައެވެ.
އދ އިން ބުނީ 2022 ވަނަ އަހަރަކީ 2006 ވަނަ އަހަރަށް ފަހު ހުޅަނގު އައްސޭރީގައި، ފަލަސްތީނަށް ކުރިމަތިވި އެންމެ ނުރައްކާތެރި އަހަރު ކަމަށެވެ. އިސްރާއީލު ސިފައިން ފަލަސްތީނުގެ 171 މީހުން މަރާލާފައިވާ ކަމަށާއި އޭގެ ތެރޭގައި 30 އަށް ވުރެ ގިނަ ކުޑަކުދިން ވެސް ހިމެނޭ ކަމަށްވެސް އދ. އިން ބުންޏެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
