އިޒްރޭލު ސަފީރު ވަކިކުރަން އުރުދުންގެ ޕާލިމެންޓުން ފާސްކޮށްފި

އިޒްރޭލު ސަފީރު ވަކިކުރަން އުރުދުންގެ ޕާލިމެންޓުން ފާސްކޮށްފި
ލިޔުން:
އިޒްރޭލުން އުރުދުން އަށް ކަނޑައަޅާފައި ހުންނަ ސަފީރު ބޭރުކުރަން އުރުުދުންގެ ޕާލެމެންޓުން ފާސްކޮށްފިއެވެ.
އުރުދުން އިން އެ ނިންމުން ނިންމާފައިމިވަނީ ފަލަސްތިނާ ގުޅޭ ގޮތުން އިޒްްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ހަރުކަށި ފިކުރުގެ އިއްތިހާދުގައި ހިމެނޭ ދީނީ-ނޭޝަނަލިސްޓް ޕާޓީއެއްގެ އިސްވެރިޔާ ސްމޮޓްރިޗް އާދީއްތަ ދުވަހު ދެއްކެވި ވާހަކަތަކާއި ގުޅިގެންނެވެ.
އޭނާ ވިދާޅުވި "ފަލަސްތީނޭ ކިޔާ ބަޔަކު ނުތިބޭނެ" ކަމަށެވެ. ޕޯޑިއަމެއްގައި ވާހަކަ ދައްކަވަމުން ސްމޮޓްރިޗް ދެއްކެވި "ހިޔާލީ" މެޕެއްގައިވާ ގޮތުން ފަލަސްތީނު އަދި އުރުދުން އަކީ އިޒްރޭލުގެ ބަޔެކެވެ.
އެކަމާއި ނުރުހުން ފާޅުކޮށް އުރުދުންގެ ވެރިރަށް އައްމާނުގައި ހުންނަ އިޒްރޭލުގެ ސަފީރު އުރުދުންގެ ހާރިޖީ ވުޒާރާއިން ހާޒިރުކުރިއެވެ. މިސްރާއި ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ސަރުކާރުން ވެސް ވަނީ ސްމޮޓްރިޗްގެ ދެއްކެވި ވާހަކަތައް ކުށްވެރިކޮށް ބަޔާނެއް ނެރެފަ އެވެ.
ހޯމަ ދުވަހު އުރުދުންގެ އޮފިޝަލުން ވިދާޅުވީ، އިޒްރޭލުން އަވަށްޓެރި ގައުމުގެ އިސްތިގުލާލާއި ސަރަހައްދީ އެއްބައިވަންތަކަމަށް އިހުތިރާމް ކުރާ ކަމަށް އިޒްރޭލުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އެ ބޭފުޅުންނަށް ވިދާޅުވި ކަމަށެވެ.
އެ މައްސަލާގައި ގާނޫނު ހަދާ ގޭގައި ބޭއްވި ސެޝަންގެ ރިޔާސަތު ބެލެހެއްޓެވި ތިރިގޭގެ ރައީސް އަހްމަދު ސަފާދީ ވަނީ އެ އަމަލާ ދެކޮޅަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ގޮވާލައްވާފައެވެ.
ސްމޮޓްރިޗްގެ ވާހަކަތަކުން ދޭހަކޮށްދެނީ އިޒްރޭލުގެ ބޮޑާކަމާއި ބައިނަލްއަގްވާމީ މުއާހަދާތަކާއި ޗާޓަރުތަކަށް އިހުތިރާމް ނުކުރުން ކަމަށް މެމްބަރުން ވަނީ ވިދާޅުވެފައެވެ.
އިޒްރޭލާއި އުރުދުން ސުލްހައިގެ މުއާހަދާއެއްގައި ސޮއިކުރީ 1994 ވަނަ އަހަރުއެވެ. އެއީ 1948 އިން 1967 އާ ހަމަޔަށް ދެ ގައުމު ދެމެދުގައި ކުރި ހަނގުރާމައަށް ފަހުއެވެ.
އުރުދުންގެ ގިނަ މީހުންނަކީ ފަލަސްތީނުގެ މީހުންނެވެ. އެއީ އިޒްރޭލުން މަޖުބޫރުކޮށްގެން ފަލަސްތީނު ދޫކޮށް ދިޔަ މީހުންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
