މާލެ: 31°C

އިޒްރޭލުން ފަލަސްތީނުގެ ޖެނިންއަށް ދިން ހަމަލާ އަރަބި ލީގުން ކުށްވެރިކޮށްފި

March 10, 2023
2 ފަހަރު ބަލާފައި
އިޒްރޭލުން ފަލަސްތީނުގެ ޖެނިންއަށް ދިން ހަމަލާ އަރަބި ލީގުން ކުށްވެރިކޮށްފި
އިޒްރޭލުން ފަލަސްތީނުގެ ޖެނިންއަށް ދިން ހަމަލާ އަރަބި ލީގުން ކުށްވެރިކޮށްފި
އިޒްރޭލުން ދިން ޖެނިން ކޭމްޕަށް ދިން ހަމަލާ އަރަބި ލީގުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. އިޒްރޭލުން އަންގާރަ ޖެނިން ދިން ހަމަލާގައި ހަ މީހަކު މަރުވެ އެތައް ބަޔަކު ވަނީ ޒަހަމްވެފައެވެ. ޒަހަމްވި މީހުންގެ ތެރެއިން ދެ މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް ފަލަސްތީނުގެ ހެލްތް މިނިސްޓްރީން ބުންޏެވެ. އަރަބި ލީގުގެ ޖެނެރަލް ސެކްރެޓޭރިއޭޓް އަހުމަދު އަބޫލް އައިތު ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ ޖެނިންގައި މީހުން މެރުމަކީ އިޒްރޭލުގެ ހަރުކަށި ފިކުރުގެ ސަރުކާރުން ކުރިއަށް ގެންދާ ފާޅުކަން ބޮޑު ހަނގުރާމައެއް ކަމަށެވެ. އަދި މިއީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ ސިލްސިލާ ޖަރީމާތަކުގެ ތެރެއިން ޖަރީމާއެއް ކަމަށްވެސް އަރަބި ލީގުން ބުންޏެވެ. އަރަބި ލީގުން ވަނީ ބައިނަލްއަގްވާމީ މުޖުތަމައު، ހާއްސަކޮށް އދ.ގެ ސަލާމަތީ މަޖިލީހުން މި މީހުން މެރުން ހުއްޓުވައި، އެ ހަމަލާތަކުން ފަލަސްތީނުގެ ރައްޔިތުންނަށް ބައިނަލްއަގުވާމީ ހިމާޔަތް ހޯދައިދިނުމަށް ގޮވާލާފައެވެ. އަރަބި ޕާލަމެންޓުން ނެރުނު ބަޔާނެއްގައި ވަނީ މި ހަމަލާ ކުށްވެރިކޮށް، އިސްރާއީލުގެ ހަރުކަށި ކަނާތު ފިޔައިގެ ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުން އެ ހަމަލާގެ ޒިންމާ ނަގަން ޖެހޭ ކަމަށް ބުނެފައެވެ. އެކަމުގެ ސަބަބުން ސުލްހަ ގާއިމުކުރުމަށް ކުރާ ހުރިހާ މަސައްކަތެއް ހަލާކުކޮށްލާނެ ކަމަށްވެސް ބުންޏެވެ. އަރަބި ޕާލަމެންޓުން ވަނީ އިސްރާއީލުގެ ހަމަލާތައް ހުއްޓުވުމަށް ބައިނަލްއަގްވާމީ މުޖުތަމައަށާއި ސަލާމަތީ މަޖިލީހާއި އެމެރިކާގެ ސަރުކާރުން ވަގުތުން ވަގުތަށް ނުފޫޒު ފޯރުވުމަށް ގޮވާލާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ