މާލެ: 31°C

އިޒްރޭލުން ފަލަސްތީނުގެ ދެ މީހަކު މަރާލައިފި

January 3, 2023
2 ފަހަރު ބަލާފައި
އިޒްރޭލުން ފަލަސްތީނުގެ ދެ މީހަކު މަރާލައިފި
އިޒްރޭލުން ފަލަސްތީނުގެ ދެ މީހަކު މަރާލައިފި
އިޒްރޭލުގެ އަސްކަރިއްޔާއިން ހިފާފައިވާ ހުޅަނގު އައްސޭރީގެ އުތުރުގެ ޖެނިން ސިޓީ ކައިރީގައި އޮންނަ އަވަށަކަށް ދިން ހަމަލާއެއްގައި ފަލަސްތީނުގެ ދެ މީހަކު މަރުވެއްޖެއެވެ. ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ ޖެނިންގެ ހުޅަނގު އުތުރުގައި އޮންނަ ކުފްރް ދާނުގައި މިދިޔަ ހޯމަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި މަރާލާފައިވަނީ އުމުރުން 22 އަހަރުގެ މުހައްމަދު ސަމީރު ހޯޝިއްޔާ އާއި 25 އަހަރުގެ ފައުއާދު މުހައްމަދު އަބޭދު ކަމަށެވެ. އެ އޮޕަރޭޝަނުގައި އިތުރު ތިން މީހަކަށް އަނިޔާވެފައިވާ އިރު އޭގެ ތެރެއިން އެކަކުގެ ހާލު ސީރިއަސް ކަމަށް މިނިސްޓްރީން ބުންޏެވެ. އިޒްރޭލު ސިފައިންނާ ދެމެދު ކުރިމަތިލުންތަކާއި ހަތިޔާރުއެޅި ހަމަނުޖެހުންތައް ހިނގަން ފެށީ މީގެ އެތައް މަހެއް ކުރިން ޖެނިންގައި ހުންނަ އިޒްރޭލުގެ އަސްކަރީ ޗެކްޕޮއިންޓެއްގައި ހިނގި މާރާމާރީއެއްގައި މަރުވި ފަލަސްތީނުގެ ދެ މީހެއްގެ ގެތައް ތަޅާލުމަށް ކުފްރް ޑާން ބަލައި ފާސްކުރުމާ ގުޅިގެންނެވެ. ހުޅަނގު އައްސޭރި އާއި އިސްރާއީލްއާ ދެމެދު ވަންނަ މައި ސަރަހައްދު ކަމަށްވާ ޖަލަމެހް ޗެކްޕޮއިންޓުގައި މިދިޔަ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހު އަހްމަދު އައިމަން އަބޭދާއި އަބްދުއްރަހްމާން ހާނީ އަބޭދު މަރާލާފައި ވެއެވެ. އިޒްރޭލު ސިފައިން ނެރުނު ބަޔާނެއްގައި ބުނީ އެ ދެ މީހުން ދިރިއުޅޭ ގެތައް ތަޅާލުމަށް ކުފްރް ޑާންގައި އޮޕަރޭޝަންތައް ހިންގަމުން އަންނަ ކަމަށެވެ. ސިފައިން ބުނީ އެ މީހުންނަށް ހަމަލާދީފައިވަނީ ބަޑީއާ ހިލަތަކާއި ބޮމުން ކަމަށެވެ. ގައްޒާގައި ވެރިކަން ކުރާ ފަލަސްތީނުގެ ޖަމާއަތެއް ކަމަށްވާ ހަމާސް ޖަމާއަތުން ބުނީ  ފައުއާދު މުހައްމަދު އަކީ އެ ޖަމާއަތުގެ މެމްބަރަކެއް ކަމަށް ބުނެފައެވެ. މިދިޔަ ހޯމަ ދުވަހު ބަޑިޖަހައި މަރާލި ދެ މީހުންނަކީ ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ވަންދެން އިޒްރޭލުގެ އަސްކަރިއްޔާއިން ހިންގަމުންދާ ވަރުގަދަ އޮޕަރޭޝަންތަކުގެ ތެރެއިން މަރާލަފައިވާ ބައެކެވެ. 2022 ވަނަ އަހަރަކީ ހުޅަނގު އައްސޭރީގައި ފާއިތުވި 16 އަހަރުގެ ތެރޭގައި ފަލަސްތީނަށް ކުރިމަތިވި އެންމެ ނުރައްކާތެރި އަހަރެވެ. ހުޅަނގު އައްސޭރީގައި އިޒްރޭލު ސިފައިން ފަލަސްތީނުގެ 171 މީހުން މަރާލިއެވެ. އޭގެ ތެރޭގައި 30 އަށް ވުރެ ގިނަ ކުޑަކުދިން ވެސް ހިމެނެއެވެ. އަދި 9،000 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފަ އެވެ. މިދިޔަ މާޗް މަހު އިޒްރޭލުން ފަލަސްތީނުން ދިން ވަކިވަކި ހަމަލާތަކާ ގުޅިގެން އެގައުމުގެ އަސްކަރިއްޔާއިން ވަނީ "ބްރޭކް ދަ ވޭވް" ގެ ނަމުގައި ކެމްޕޭނެއް ފަށައި، ހުޅަނގު އައްސޭރީގައި ރެއިޑްކުރުމާއި، މީހުން ހައްޔަރުކުރުމާއި، މީހުން މެރުމުގެ ހަރަކާތްތައް ވެސް ކުރިއަށް ގެންގޮސްފައެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ