މާލެ: 31°C

އިޒްރޭލުން ހައްޔަރުކުރި އުރުދުންގެ މެމްބަރު ދޫކޮށްލައިފި

May 8, 2023
2 ފަހަރު ބަލާފައި
އިޒްރޭލުން ހައްޔަރުކުރި އުރުދުންގެ މެމްބަރު ދޫކޮށްލައިފި
އިޒްރޭލުން ހައްޔަރުކުރި އުރުދުންގެ މެމްބަރު ދޫކޮށްލައިފި
އިޒްރޭލުން ހައްޔަރުކުރި އުރުދުންގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ދޫކޮށްލައިފިއެވެ. އުރުދުންގެ ހާރިޖީ ވުޒާރާއިން ވަނީ މެމްބަރު އިމާދު އަލް އަދްވާން މިނިވަންކޮށްފައިވާކަން ކަށްވަރު ކޮށްދީފައެވެ. އިމާދު ހައްޔަރު ކުރީ، ހުޅަނގު އައްސޭރިއަށް ހަތިޔާރާއި ރަން އެތެރެ ކުރި ކަމުގެ ތުހުމަތުގައެވެ. އޭނާ، އުރުދުންގެ ސެކިއުރިޓީއާ ހަވާލުކުރީ ފަލަސްތީނު ސަރަހައްދާއި އުރުދުންއާ ދެމެދު އޮންނަ މައި ބޯޑަރު ހުރަސްކުރާ ކިންގް ހުސައިން ބްރިޖުގައެވެ. އިޒްރޭލުގެ ޝިން ބެޓް އިންޓެލިޖެންސް އެޖެންސީން ބުނީ އޭނާ ހައްޔަރުކުރީ މިދިޔަ އޭޕްރީލް މަހުގެ 22 ވަނަ ދުވަހު ބޯޑަރު ހުރަސްކުރާ ސަރަހައްދުގައި އޭނާގެ ކާރުގައި ގިނަ ހަތިޔާރުތަކެއް ގެންގުޅުނު ކަމުގެ ތުހުމަތުގައި ކަމަށެވެ. މިދިޔަ އަހަރުގެ ކުރީކޮޅުން ފެށިގެން އޭނާގެ ޑިޕްލޮމެޓިކް ޕާސްޕޯޓް ބޭނުންކޮށްގެން އީ-ސިނގިރޭޓާއި ރަނާއި ދޫނި ފަދަ ތަކެތި އެތެރެކޮށްފައިވާކަން އެ އެޖެންސީއާ ހަވާލާދީ ނޫސްތަކުން ރިޕޯޓްކުރެއެވެ. އުރުދުންގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ވިދާޅުވީ އަލް އަދްވާންގެ އިމިއުނިޓީ އުވާލާފައިވާ ކަމަށާއި އޭގެ މާނައަކީ އޭނާގެ މައްޗަށް ދައުވާ ކުރެވިދާނެ ކަމަށެވެ. ސެކިއުރިޓީ އޮފިޝަލަކު ވިދާޅުވީ އެ މައްސަލަ ޝަރީއަތަށް ދާނެ ކަމަށެވެ. ގާތްގަނޑަކަށް 30 އަހަރުވީ ސުލްހައިގެ މުއާހަދާއެއް ހެދި ނަމަވެސް މިހާރުވެސް ގުޅުން ހީނަރުވެފައިވާ އިސްރާއީލާއި އުރުދުންއާ ދެމެދު، އަލްއަދުވާން ހައްޔަރުކުރުމުން ނުތަނަވަސްކަން އިތުރުވެގެން ދިޔައެވެ. ނަމަވެސް އިޒްރޭލުން ގަވައިދާ ހިލާފަށް އާބާދީތައް ހެދުމާއި ފަލަސްތީނަށް ހަމަލާ ދިނުމާއި ގުދުސްގެ މާތް ތަންތަނުގައި ތަފާތުކުރުން ފަދަ އަމަލުތަކުގެ ސަބަބުން ގުޅުން ވަނީ ގޯސްވެފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ