މާލެ: 31°C

އިޒްރޭލުން ގައްޒާ އަށް ދިން ހަމަލާއެއްގައި 10 މަރު

May 9, 2023
2 ފަހަރު ބަލާފައި
އިޒްރޭލުން ގައްޒާ އަށް ދިން ހަމަލާއެއްގައި 10 މަރު
އިޒްރޭލުން ގައްޒާ އަށް ދިން ހަމަލާއެއްގައި 10 މަރު
ފަލަސްތީނުގެ އިސްލާމިކް ޖިހާދު ހަރަކާތުގެ މެމްބަރުންނަށް އަމާޒުކޮށް އިސްރާއީލުން ގައްޒާއަށް ދިން ވައިގެ ހަމަލާތަކުގައި 10 މީހަކު މަރުވެއްޖެއެވެ. ފަލަސްތީނުގެ ހެލްތް މިނިސްޓްރީން ބުނީ އެ ހަމަލާގައި އިތުރު ބަޔަކު ޒަހަމްވެފައިވާ ކަމަށެވެ. ފަލަސްތީނު އިސްލާމިކް ޖިހާދު މޫވްމަންޓުން ބުނީ ވައިގެ ހަމަލާތަކުގައި އެ ޖަމާއަތުގެ ތިން ލީޑަރުން މަރުވެފައިވާ ކަމަށެވެ. އެއީ ޖިހާދު އަލްގަންނަމް އާއި ހަލީލް އަލް ބަހްތީނީ އަދި ތާރިގު އިއްޒު އަލްދީން ކަމަށް އެ ޖަމާއަތުން ބުންޏެވެ. އެ ތިން މީހުން މަރުވެފައިވަނީ އެ މީހުންގެ އަނބިންނާއި ބައެއް ދަރިންނާ އެކު ކަމަށް އެ ޖަމާއަތުން ނެރުނު ބަޔާނެއްގައި ބުނެފައިވީ ނަމަވެސް އަނބިންނާ ބެހޭ އެއްވެސް ތަފްސީލެއް އަދި މަރުވެފައި ވަނީ ކިތައް ކުދިން ކަމެއް ނުވަތަ އެ ކުދިންގެ އުމުރާ ބެހޭ ތަފްސީލެއް ދީފައެއް ނުވެއެވެ. އިޒްރޭލުގެ އަސްކަރިއްޔާއިން ބުނީ "އޮޕަރޭޝަން ޝީލްޑް އެންޑް އެރޯ" ގެ ނަމުން ނަންދީފައިވާ ވައިގެ ހަމަލާތައް އަމާޒުކޮށްފައިވަނީ އިސްލާމިކް ޖިހާދުގެ ތިން މެމްބަރަކަށް ކަމަށެވެ. އެ މީހުންނަކީ ދާދި ފަހުން އިސްރާއީލާ ދިމާލަށް ފޮނުވާލި ރޮކެޓް ހަމަލާތަކުގެ ޒިންމާ އުފުލަން ޖެހޭ މީހުން ކަމަށް އަސްކަރިއްޔާއިން ބުނެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ