އިޒްރޭލުން އެންމެ ފަހުން އަގުސާ އަށް ޔަހޫދީން ވެއްދުން މެދުކަނޑާލައިފި

އިޒްރޭލުން އެންމެ ފަހުން އަގުސާ އަށް ޔަހޫދީން ވެއްދުން މެދުކަނޑާލައިފި
ލިޔުން:
ދާދި ފަހުން ހިނގި ހަމަނުޖެހުންތަކާ ގުޅިގެން މުސްލިމުން ފިޔަވާ އެހެން މީހުން ގުދުސްގެ އަލް އަގްސާއަށް ޒިޔާރަތްކުރުން ވަގުތީ ގޮތުން އިޒްރޭލުން ހުއްޓުވައިފިއެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވީ މުސްލިމުން "ހަރަމުއް ޝަރީފު" ގެ ގޮތުގައި ބަލައިިގަންނަ އަދި ޔަހޫދީން " ޓެމްޕަލް މައުންޓް" ގެ ގޮތުގައި ބަަލައިގަންނަ ސަރަހައްދަށް މުސްލިމުން ފިޔަވާ އެހެން މީހުން ވަނުން މަނާވާނެ ކަމަށެވެ. އަގްސާ އަކީ މުސްލިމުންގެ ތިން ވަނަ އެންމެ މުގައްދަސް ހަރަމްފުޅެވެ.
މިދިޔަ ހަފުތާގައި އިސްރާއީލުގެ ފުލުހުން ވަނީ އަގްސާ މިސްކިތް ބަލައި ފާސްކޮށް ފަލަސްތީނު މީހުން ހައްޔަރުކޮށްފައެވެ. އޭގެ ސަބަބުން ގައްޒާ، ލުބްނާން އަދި ސީރިއާއިން ވަނީ އިޒްރޭލަށް ރޮކެޓް ހަމަލާތަކެއް ދީފައެވެ. އިޒްރޭލުންވެސް ވަނީ އޭގެ ބަދަލުގައި ވައިގެ ހަމަލާތަކެއް ދީފައެވެ.
އިޒްރޭލުން ބުނީ އެތަނަށް މުސްލިމުން ނޫން އެހެން މީހުން ޒިޔާރަތް ކުރުން މަނާކުރުމުގެ މަގުސަދަކީ ޔަހޫދީންގެ ވެސްޓަން ވޯލް ނުވަތަ ހުޅަނގު ފާރު ރައްކާތެރިކުރުން ކަމަށެވެ. ޔަހޫދީން ދައުވާކުރާ ގޮތުގައި އަގްސާ ބިނާކޮށްފައިވަނީ ޔަހޫދީންގެ ފައްޅިއެއްކަމަށްވާ ޓެމްޕަލް މައުންޓް ހުރި ތަނުގައެވެ. އެކަމަކު އޭގެ އެއްވެސް ހެއްކެއް އެ މީހުންނަށް ދެއްކިފައެއް ނުވެއެވެ.
އިޒްރޭލުގެ ކަމާބެހޭ ފަރާތްތަކުން މީގެ ކުރިންވެސް ވަނީ ނުތަނަވަސްކަން ކުޑަކުރުމުގެ ގޮތުން ރޯދަ މަހުގެ ފަހު ދިހައެއްގައި މިފަދަ ފިޔަވަޅުތައް އަޅާފައެވެ. އެ ނިންމުމާއި ގުޅޭ ގޮތުން ފަލަސްތީނުގެ އޮފިޝަލުންގެ ބަހެއް އަދި ނުލިބެއެވެ.
އިސްރާއީލުގެ ހަރުކަށި ފިކުރުގެ ފުލުހުންގެ ވަޒީރު އިޓަމާރު ބެން-ގްވީރު ވަނީ އަގްސާ މިސްކިތުގެ ގޯތި ތެރެއަށް މުސްލިމުން ނޫން މީހުން ޒިޔާރަތްކުރުން މަނާކުރުމަކީ ސަލާމަތީ ކަންކަން އިތުރަށް ގޯސްވެދާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެއީ ބޮޑު ގޯހެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ.
ބެން-ގްވީރް ވިދާޅުވީ، މި މަނާކުރުމުގެ ސަބަބުން އެތަނުގައި އިޒްރޭލުގެ ފުލުހުން މަދުވާނެ ކަމަށާއި، އެކަމުގެ ސަބަބުން ހުޅަނގު ފާރުގައި ޔަހޫދީން އަޅުކަންކުރާ މީހުންނާ ދެކޮޅަށް މުޒާހަރާކުރުމާއި ހަމަނުޖެހުންތައް ހިންގަން ޖެހިދާނެ ކަމަށެވެ. ބެން-ގްވީރަކީ އަގްސާ މިސްކިތުގެ ތެރެއަށް ވަދެ ހަރުކަށި އަމަލުތައް ހިންގަވާ ބޭފުޅެކެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
