މާލެ: 31°C

އިޒްރޭލުގެ މިސައިލް ހަމަލާއާ ހެދި ސޫރިޔާގެ އެއާޕޯޓް ހުއްޓުމަށް

January 3, 2023
2 ފަހަރު ބަލާފައި
އިޒްރޭލުގެ މިސައިލް ހަމަލާއާ ހެދި ސޫރިޔާގެ އެއާޕޯޓް ހުއްޓުމަށް
އިޒްރޭލުގެ މިސައިލް ހަމަލާއާ ހެދި ސޫރިޔާގެ އެއާޕޯޓް ހުއްޓުމަށް
އިސްރާއީލުގެ މިސައިލްތަކުގެ ސަބަބުން ސޫރިޔާ ސިފައިންގެ ދެ މީހަކު މަރުވެ، އެގައުމުގެ ބައިނަލްއަގްވާމީ ވައިގެ ބަނދަރުގެ ހިދުމަތްތައް ވަގުތީ ގޮތުން ހުއްޓިއްޖެއެވެ. ސޫރިޔާ ސަރުކާރުގެ ސަނާ ނޫސް އެޖެންސީން ބުނީ އިޒްރޭލުން ވައިގެ މަގުން ފޮނުވާލި މިސައިލް އައިސްފައި ވަނީ އިޒްރޭލުގެ ޓިބީރިއާ ނަމަކަށް ކިޔާ ކުޅިއާ ދިމާލުން ހޯމަ ދުވަހުގެ ރޭ ދަންވަރު 2:00 ހާއިރު ކަމަށެވެ. މިސައިލް އަމާޒުވީ ދިމިޝްގު އިންޓަނޭޝަނަލް އެއާޕޯޓާއި އެއެއާޕޯޓުގެ ވަށައިގެންވާ ސަރަހައްދަށް ކަމަށް އެ އެޖެންސީން ބުންޏެވެ. އެ ހަމަލާތަކުގެ ސަބަބުން ދެ ސިފައިން މަރުވެ، އިތުރު ދެ މީހަކު ޒަހަމްވެ، ބައެއް ސާމާނުތަކަށް ގެއްލުން ލިބި، އެއާޕޯޓުގެ ހިދުމަތް މެދުކަނޑައިލި ކަމަށް ސަނާއިން ރިޕޯޓްކޮށްފައިވެެއެވެ. ސަނާއިން ފަހުން ރިޕޯޓްކުރި ގޮތުގައި ސީރިއާގެ ޓްރާންސްޕޯޓް މިނިސްޓްރީން އެއާޕޯޓް ހުޅުވާފައިވަނީ އެ ގައުމު ގަޑިން ނުވައެއް ޖެހިއިރުއެވެ. އިނގިރޭސިވިލާތުގެ މޮނިޓަރިންގްރޫޕެއް ކަމަށްވާ ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އިޒްރޭލުން ދިން ހަމަލާތައް ވައިގެ ބަނދަރާއި ދިމިޝްގުގެ ދެކުނުގައި ހުންނަ ފެސިލިޓީ ކައިރީގައި ހުރި ހަތިޔާރު ޑިޕޯއަކަށް ވެސް ވަނީ އަމާޒެވެފައެވެ. އަދި އެ ހަމަލާގައި ހަތަރު މީހަކު މަރުވެފައިވާ ކަމަށް އެ ޖަމާއަތުން ބުނެއެވެ. މިކަމާ ގުޅިގެން އިޒްރޭލުން އެއްވެސް އެއްޗެކޭ ބުނެފައެއް ނުވެއެވެ. މި ހާދިސާއަކީ ދިމިޝްގު އިންޓަނޭޝަނަލް އެއާޕޯޓުގެ ހިދުމަތް އެއް އަހަރު ދުވަހުގެ ތެރޭގައި ހުއްޓާލި ދެވަނަ ފަހަރެވެ. ޖޫން މަހުގެ 10 ވަނަ ދުވަހު އިސްޒޭލުން، އެއާޕޯޓަށް ދިން ވައިގެ ހަމަލާތަކުގައި އުމްރާނީ ތަރައްގީއަށާއި ރަންވޭތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. ފާއިތުވި އަހަރުތަކުގައި އިސްރާއީލުން ސޫރިޔާގެ ސަރުކާރުގެ ބާރުގެ ދަށުގައިވާ ސަރަހައްދުތަކުގެ އެތެރޭގެ އަމާޒުތަކަށް އެތައް ސަތޭކަ ހަމަލާތަކެއް ދީފައިވެއެވެ. ނަމަވެސް އެފަދަ އޮޕަރޭޝަންތަކުގެ ވާހަކަތައް މާ ބޮޑަކަށް ނުދައްކައެވެ. ނަމަވެސް އިޒްރޭލުން ބުނެފައި ވަނީ ހަމަލާތައް އަމާޒުކުރަނީ ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ ސިފައިންނަށް ތާއީދުކުރް ލުބުނާނުގެ ހިޒްބުﷲ ފަދަ އީރާނާ ގުޅިފައިވާ ހަތިޔާރު އެޅި ޖަމާއަތްތަކުގެ މަރުކަޒުތަކަށް ކަމަށެވެ. ހާވަޑް ކެނެޑީ ސްކޫލްގެ މިޑްލް އީސްޓް އިނިޝިއޭޓިވްގެ ސީނިއާ ފެލޯ ރާމީ ހުރީ ވިދާޅުވީ އިޒްރޭލުގެ އެންމެ ފަހުގެ ހަމަލާއަކީ ބެންޖަމިން ނަތަންޔާހޫ އިސްވެ ހުންނަވާ އާ ސަރުކާރުން އީރާނާއި ސީރިއާ އަދި ރަޝިއާގެ ރައްޔިތުންނަށް އިޝާރާތް ކުރުމަށް ކުރާ މަސައްކަތަކަށް ވެދާނެ ކަމަށެވެ. އެއީ އިޒްރޭލުން އަމިއްލަ ސަލާމަތަށް ނުރައްކަލެއް ކަމަށް ދެކޭ ކޮންމެ އަމާޒަކަށް ހަމަލާ ދިނުމުގެ މި ސިޔާސަތު ދަމަހައްޓާނެ ކަމުގެ އިޝާރާތެއް ކަމަށް އޭނާ ބުންޏެވެ. ނޮވެމްބަރު މަހު ބޭއްވި އިންތިހާބު ކާމިޔާބު ކުރެއްވި ނަތަންޔާހޫ އިޒްރޭލުގެ ހަ ވަނަ ދައުރަކަށް ބޮޑުވަޒީރުކަމުގެ ހުވާ ކުރެއްވީ މިދިޔަ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހު އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ