މާލެ: 31°C

އިޒްރޭލުގެ މިސައިލް ހަމަލާތަކެއް ސީރިޔާއަށް

June 14, 2023
2 ފަހަރު ބަލާފައި
އިޒްރޭލުގެ މިސައިލް ހަމަލާތަކެއް ސީރިޔާއަށް
އިޒްރޭލުގެ މިސައިލް ހަމަލާތަކެއް ސީރިޔާއަށް
އިސްރާއީލުގެ ވައިގެ ހަމަލާއެއް ސީރިއާގެ ވެރިރަށް ދިމިޝްގަށް އަމާޒުވެފައިވާ ކަމަށް ދައުލަތުގެ ނޫސް އެޖެންސީ ސަނާއިން ބުނެއެވެ. އެ ހަމަލާގެ ސަބަބުން ސީރިއާ ސިފައިންގެ އެކަކަށް ސީރިއަސް ޒަހަމްތަކެއް ލިބި ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. އިޒްރޭލުން ފޮނުވާލި ބައެއް މިސައިލްތައް ސީރިޔާގެ ސިފައިން ވަނީ ކާމިޔާބުކަމާއެކު ވައްޓާލާފައެވެ. "އިސްރާއީލުގެ ދުޝްމަނުން ވަނީ ދިމިޝްގުގެ ހުޅަނގު ދެކުނުގެ ބައެއް ތަންތަނަށް އަމާޒުކޮށް ހިފާފައިވާ ގޯލާން ހައިޓްސްގެ ދިމާލުން ވައިގެ ހަމަލާތަކެއް ދީފައި،" ސަނާ އިން ރިޕޯޓްކޮށްފައިވެއެވެ. ހަމަލާ ދިން ތަންތަނުގެ ތަފްސީލެއް އަސްކަރިއްޔާގެ މަސްދަރަކުން ހާމަކޮށްފައި ނުވާއިރު، ހަމައެކަނި ބުނެފައި ވަނީ އެ ހަމަލާގެ ސަބަބުން ސިފައިންގެ މީހަކަށް "ވަރަށް ބޮޑަށް ޒަހަމްވެފައިވާ" ކަމަށާއި، އޭގެ ސަބަބުން ތަކެތީގެ ގެއްލުން ލިބިފައިވާ ކަމަށެވެ. ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނީ އިސްރާއީލުގެ މިސައިލް ހަމަލާ އަމާޒުކޮށްފައި ވަނީ އީރާނަށް ތާއީދުކުރާ ހަނގުރާމަވެރިންގެ ހަތިޔާރު ޑިޕޯތަކަށް ކަމަށާއި އެތަނުގައި އަލިފާން ރޯވެފައިވާ ކަމަށެވެ. އޭޕްރީލް މަހާ ހަމައަށް ބާރަ މަސް ދުވަހުގެ ތެރޭގައި އިސްރާއީލުން ސީރިއާއަށް ދިން ހަމަލާތަކުގައި 44 މީހުން މަރުވެ 50 އަށް ވުރެ ގިނަ މީހުން ޒަހަމްވިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ