އިޒްރޭލުގެ ޖަރީމާތަކަކީ ޓެރަރިޒަމެވެ. ހަމަނުޖެހުމޭ ކިޔަން ހެޔޮނުވާނެ އެވެ!

އިޒްރޭލުގެ ޖަރީމާތަކަކީ ޓެރަރިޒަމެވެ. ހަމަނުޖެހުމޭ ކިޔަން ހެޔޮނުވާނެ އެވެ!
ލިޔުން:
ނޯޓް: މިއީ އަލްޖަޒީރާގެ ކޮލަމްނިސްޓް ބެލެން ފެރްނާންޑޭޒް މިދިޔަ ބުރާސްފަތި ދުވަހު ލިއުއްވާފައިވާ ކޮލަމް "އިޒްރޭލްސް ވަޔަލެންސް އިޒް އޯޕަން ޓެރަރިޒަމް، ސްޓޮޕް ކޯލިން އިޓް ކްލޭޝަސް" މި ސުރުޚީގެ ދަށުން ލިއުއްވާފައިވާ ކޮލަމެއްގެ ޚުލާސާ ތަރުޖަމާ އެކެވެ. ބެލެން ފެރްނާންޑޭޒް އަކީ ގިނަ އަދަދެއްގެ ފޮތްތައް ޝާއިއުކުރައްވާފައިވާ އަދި ނަން މަޝްހޫރު އެތައް ނޫހަކަށް ލިއުއްވާފައިވާ ކުޅަދާނަ ލިއުންތެރި އެކެވެ.
އަޤުސާ މިސްކިތުގައި އަޅުކަން ކުރަން ތިބި މީހުންނަށް ހަމަލާ ދީފި އެވެ. އެކަމަކު ހުޅަނގުގެ މީޑިއާއިން ކުރާ ކަމަކީ ދަން ޖައްސާ ވާގަނޑާއި ދަންޖެއްސޭ ކަރު( ދަންޖެެއްސޭމީހާ) އެއް ވަރުކުރުމެވެ. އިޒްރޭލުގެ ދައުލަތުން އަނެއްކާ ވެސް މިވަނީ ފަލަސްތީނު މީހުންނާ ދެކޮޅަށް އަނިޔާވެރި އަމަލުތައް ހިންގަން ފަށައިފަ އެވެ. އެ އަމަލުތައް ބަލާނެ މީހަކު ވެސް ނެތެވެ. ހުޅަނގުގެ ކޯޕަރޭޓް މީޑިއާއިން ނިންމީ އެއީ "ހަމަނުޖެހުންތަކެއް"ގެ ގޮތުގައި ސިފަކުރާށެވެ.
"އެކިޔާ ހަމަނުޖެހުންތަކެއް" މިފަހަރު ފެށުނީ ޤުދުސްގައިވާ އަލް މަސްޖިދުލް އަޤުޞާގައި އަޅުކަން ކުރަން ތިބޭ މީހުންނަށް ތަކުރާރުކޮށް ދޭ ހަމަލާ ތަކަކުން މުސްލިމުންގެ މާތް މައްސަރު "ރަމަޟާން" ފާހަގަ ކުރަން އިޒްރޭލު ފުލުހުން ނިންމުމުންނެވެ. އެ ހަމަލާތަކުގެ ސަބަބުން ގިނައިން ޒަމަހްވީ ފަލަސްތީނު މީހުންނެވެ.
ފަލަސްތީނުގެ އެތައް ސަތޭކަ ބަޔަކު ހައްޔަރުކޮށް، އެތައް ބަޔަކު ޒަހަމްކޮށްލި އެހަމަލާތަކުގައި ބޭނުންކުރީ ރަބަރު ވަޒަނާއި މުގުރާއި ސްޓަން ގްރެނޭޑާއި ކަރުނަގޭހެވެ. އެކަމުން ދިފާއުވާން ފަލަސްތީނު މީހުން ކުރި މަސައްކަތުގައި އިޒްރޭލު ފުލުހުންނަށް ލިބުނީ ވަރަށް ކުދިކުދި ޒަހަމްތަކެކެވެ. އެއާ އެކު ފަލަސްތީނު މީހުންގެ ބިންތަކުގައި ދުނިޔޭގެ ހުރިހާ ގާނޫނަކާ ހިލާފަށް ވަޒަންވެރިވެގެން ތިބި ޔަހޫދީން އަގުސާ މިސްކިތަށް ވެއްދި އެވެ.
ހަމަ އެކަނި ގުދުސްގައި އަނިޔާވެރިކަން ހިންގައިގެން އިޒްރޭލަކަށް ނުފުދުނެެވެ. ޣައްޒާއަށާއި ލުބުނާނުގެ ދެކުނުގެ ސަރަހައްދަށް ވައިގެ ހަމަލާތައް ވެސް ދޭން ފެށީ އެވެ. ރޮކެޓް ހަމަލާތަކެއް ދިންކަމަށް ބުނަމުންނެވެ.
އިޒްރޭލުން މީގެ ކުރިން މިފަދަ ޖަރީމާތައް ހިންގި އިރެކޭ އެއްފަދައިން، "ހަމަނުޖެހުން" މި ޓާމިނޮލޮޖީ ހުޅަނގުގެ މީޑިއާއިން ބޭނުންކުރަނީ އަނިޔާކުރުމުގައި އިޒްރޭލު އޮތީ ހުރިހާ ބާރެއް ލިބިގެން ކަމާއި އެމީހުން މީހުން މަރަމުން ދަނީ އެބުނާ "ހަމަނުޖެހުމެއް"ގެ އަނެއް ފަރާތުގައިވާ ފަލަސްތީނު މީހުންނަށް އެފަދަ ކަމެއް ކުރެވޭ ވަރާ އަޅައި ބަލާއިރު އުޑާ މިބާހާ ބޮޑު ތަފާތަކުން ގިނައިންކަން ފޮރުވުމެވެ. އޭގެ އަނެއް ބޭނުމަކީ ފަލަސްތީނު މީހުން ކުރާ ކަމެއް ކުރަނީ އެ މީހުންގެ އަމިއްލަ ވަޒަރުން އެމީހުންގެ ނަސްލު ސާފުކުރަނ އިޒްރޭލުން މިދިޔަ 75 އަހަރު ކުރަމުން ގެންދާ މަސައްކަތާ ދެކޮޅަށް ކަމަށް ވާއިރު އެ ހަގީގަތް ވެސް ފޮވުމެވެ.
އިޒްރޭލު ސިފައިން ހިންގާ ޖަރީމާތަކަށް ދީފައިވާ ނަންތަކަށް ބަލައިލިޔަސް ފެންނާނީ މި ދެންނެވި ގޮތަށް ހަގީގަތް އޮޅުވަައިލުމަށް ދީފައިވާ ނަންތަކެވެ. މިސާލަަކަށް 2014 ވަނަ އަހަރު ޣައްޒާއަށް މެދުނުކެނޑި ބޮން އަޅައި 551 ކުޑަކުދިން ހިމެނޭ ގޮތުން ޖުމްލަ 2،251 މީހުން މަރައިލި ހަރަކާތަށް ދީފައިވާ ނަމަކީ "އޮޕަރޭޝަން ޕްރޮޓެކްޓިވް އެޖް" އެެވެ. ޑިސެމްބަރު 2008 ގައި އެންމެ 22 ދުވަހުގެ ތެރޭގައި ޣައްޒާއަށް ބޮން އަޅައި ފަލަސްތީނުގެ 1،400 މީހުން ގަތުލުކޮށްލި ހަރަކާތަށް ދިން ނަމަކީ "އޮޕަރޭޝަން ކާސްޓް ލީޑް" އެވެ. އެކަމަކު އެ ފަހަރު އިޒްރޭލުން މަރުވީ އާއްމުންގެ އެންމެ ތިން މީހުންނެވެ.
ޣައްޒާގެ ބޯޑަރު ބަންދުކޮށްފައި އޮންނަ އޮތުމާ ދެކޮޅަށް ފަލަސްތީނު މީހުން 2018 ވަނަ އަހަރު ކުރި މުޒާހަރާތަކަށް ހަމަލާދީ އެތައް ސަތޭކަ ބަޔަކު މަރައިލި މަރައިލުން ވެސް ވީ "ހަމަނުޖެހުން" ކަމަށެވެ. "އޮޕަރޭޝަން ގާޑިއަން އޮފް ދަ ވޯލްސް" ގެ ނަމުގައި އިޒްރޭލުން 2021 ވަނަ އަހަރު ގުދުސްގައި ހިންގި ގަތުލުއާއްމު ވެސް ރިޕޯޓް ކުރީ "ހަމަނުޖެހުމެއް"ގެ ގޮތުގަ އެވެ. އެކަަމަކު އެ ގަތުލުއާެއްމުގައި މަރައިލި 260 މީހުންގެ ތެރެއިން ކޮންމެ ހަތަރު މީހަކުން އެކަކީ ކުޑަކުއްޖެއް ނުވަތަ އަންހެނެކެވެ.
އަގުސާ މިސްކިތުގައި މިފަހަރު ހިންގި ޖަރީމާތައް ވެސް ހަމަ އެ އުސޫލުން މިފަހަރު ވެފައި މިވަނި " ކްލޭޝަސް އެޓް އަލް އަގުސާ" [އަގުސާ މިސްކިތުގައި ހިނގި ހަމަނުޖެހުން] ކަމަށެވެ.
މިއީ އިޒްރޭލުން ހިންގާ ޖަރީމާތައް ހުޅަނގު މީޑިއާތަކުން "ވައިޓްވޮޝް ކުރާ" ގޮތެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
