މާލެ: 31°C

އިޒްރޭލުގެ ޖަލުގައި ދެވަނަ އަށް އެންމެ ގިނަ ދުވަސްވި ފަލަސްތީނުމީހާ ދޫކޮށްލައިފި

January 20, 2023
2 ފަހަރު ބަލާފައި
އިޒްރޭލުގެ ޖަލުގައި ދެވަނަ އަށް އެންމެ ގިނަ ދުވަސްވި ފަލަސްތީނުމީހާ ދޫކޮށްލައިފި
އިޒްރޭލުގެ ޖަލުގައި ދެވަނަ އަށް އެންމެ ގިނަ ދުވަސްވި ފަލަސްތީނުމީހާ ދޫކޮށްލައިފި
އިސްރާއީލުގެ ޖަލުގައި ހުރި، ފަލަސްތީނުގެ ދެވަނަ އަށް އެންމެ ގިނަ ދުވަސްވި ގައިދީ ދޫކޮށްލައިފިއެވެ. އުމުރުން 65 އަހަރުގެ މަހެރް ދޫކޮށްލީ ބުރާސްފަތި ދުވަހު ހެނދުނު އިޒްރޭލުގެ ދެކުނުގައި އޮންނަ ބިޔަރު ސަބޭ (ބިޔަރު ޝެވާ) ކައިރީގައި ހުންނަ އެޝެލް ޖަލުންނެވެ. ކަރީމްއާ އޭނާގެ ކޮއްކޮ ޔުނިސްއާ ހައްްޔަރުކޮށް ޖަލަށްލީ 1983 ވަނަ އަހަރު، ގޯލާން ހައިޓްސްގައި އިސްރާއީލު ސިފައިންގެ މީހަކު މަރާލި ކަމުގެ ކުށް ސާބިތުވުމުންނެވެ. އެ ދެމީހުންނަކީ އިޒްރޭލުގެ އާރާ އަވަށަށް ނިސްބަތްވާ ފަލަސްތީނު މީހުންނެވެ. ދޫކޮށްލުމާއެކު މަހެރް ވަނީ 2008 ވަނަ އަހަރު މަރުވި އޭނާގެ ބައްޕަގެ މަހާނައަށް ޒިޔާރަތްކޮށްފައެވެ. މަހެރާއި ކަރީމްގެ މައްޗަށް އެންމެ ފުރަތަމަ އިއްވީ މަރުގެ ހުކުމެވެ. އެ މީހުންގެ އަދަބު އުމުރު ދުވަހުގެ ޖަލު ހުކުމަކަށް ބަދަލުކޮށް، 2011 ވަނަ އަހަރު އެ ހުކުމް ވަނީ 40 އަހަރަށް ބަދަލުކޮށްފައެވެ. އެ ދެމީހުން ދޫކޮށްލުމުން އުފާ ފާޅުނުކުރަން އިސްރާއީލުގެ ސިފައިން އޮތީ އެ އަވަށުގެ ރައްޔިތުންނަށް އިންޒާރުދީފައެވެ. އަދި ފަލަސްތީނުގެ ދިދަ ގެންގުޅުންވެސް ވަނީ މަނާކޮށްފައެވެ. ފަލަސްތީނުގެ ދިދަ އުފުލުމުގެ ހުއްދަ ދީފައި ނުވަނީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އިސްވެ ހުންނަވާ ކަނާތު ފިޔައިގެ އާ ސަރުކާރެއްގެ ދަށުން ދާދި ފަހުން ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރުކަމަށް އައްޔަން ކުރެއްވި އިޓަމާރު ބެން-ގްވީރު އާންމުކޮށް ދިދަ ނެގުން މަނާކުރި އާ އަމުރުތަކާ ގުޅިގެންނެވެ. އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ ގިނަ ގައިދީންނަކީ ހިފާފައިވާ ހުޅަނގު އައްސޭރިއަށް ނިސްބަތްވާ މީހުންނެވެ. އިސްރާއީލުގެ އާ ސަރުކާރުގެ ވަޒީރުން ގެންދަވަނީ އިސްރާއީލާއި ހިފާފައިވާ އިރުމަތީ ގުދުސްގައި ދިރިއުޅޭ ފަލަަސްތީނު މީހުންނާ މެދު ހަރުކަށި ފިޔަވަޅުތައް އެޅުމަށް ގޮވާލަމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ