މާލެ: 31°C

އިޒްރާއީލުގެ ބައެއް ސަރަހައްދުތަކަށް އީރާނުން ޑްރޯން ހަމަލާތަކެއް ދީފި

April 14, 2024
2 ފަހަރު ބަލާފައި
އިޒްރާއީލުގެ ބައެއް ސަރަހައްދުތަކަށް އީރާނުން ޑްރޯން ހަމަލާތަކެއް ދީފި
އިޒްރާއީލުގެ ބައެއް ސަރަހައްދުތަކަށް އީރާނުން ޑްރޯން ހަމަލާތަކެއް ދީފި
އިޒްރާއީލުގެ ބާރުދަށުގައިވާ ބައެއް ސަރަހައްދުތަކަށް އީރާނުން ޑްރޯން މެދުވެރިކޮށް ހަމަލާތަކެއް ދީފިއެވެ. އިޒްރާއީލްގެ އަސްކަރިއްޔާއިންވެސް ވަނީ މިކަން ޔަގީންކޮށްދީފައެވެ. އިޒްރައީލްގެ ޑިފެންސް ފޯސްއިން ދާދި ދެންމެއަކު ބުނެފައިވަނީ އީރާނުން ޑްރޯން ހަމަލާތައް އަމާޒުކޮށްފައިވާކަމަށާއި، އިޒްރާއީލްގެ އަސްކަރިއްޔާއިން އެކަމަށް ފުރިހަމަޔަށް ތައްޔާރުވެފައި އޮތްކަމަށެވެ. ނަމަވެސް މި ހަމަލާތައް އަމާޒުވީ ކޮން ތަނަކަށްކަމެއް އިޒްރާއީލުގެ އަސްކަރިއްޔާއިން ބުނެފައެއް ނުވެއެވެ. މިގޮތުން ކަނޑުގެ މަގުންނާއި، ވައިގެ މަގުން ހަމަލާދޭން ޖެހުނަސް އެކަމަށް ތައްޔާރުވެފައި އޮތްކަމަށް އިޒްރާއީލްގެ އަސްކަރިއްޔާއިްނ ވަނީ ބުނެފައެވެ. އީރާންގެ ބައެއް ނޫސްތަކުން ބުނާގޮތުގައި އެގައުމުގެ ސްޕްރީމް ލީޑަރު ހާމަނާއީ ވަނީ އިޒްރާއީލަށް ހަމަލާދިނުމުގެ ހުއްދަ، އަސްކަރިއްޔާއަށް ދެއްވާފައެވެ. އީރާނުން އިޒްރާއީލަށް ހަމަލާތައް އަމާޡުކުރުމުގެ މައިގަނޑު ސަބަބަކީ ސޫރިއާގައި ހުންނަ އީރާނުގެ ކޮންސިއުލޭޓަށް އަމާޒުކޮށް ދިން ހަމަލާއެވެ. [caption id="attachment_100478" align="alignnone" width="800"] އީރާނުގެ ސްްރީމް ލީޑަރު އަލީ ހާމަނާއީ[/caption] އީރާނުން އިޒްރާއީލަށް ޑްރޯންތައް ފޮނުވަން ފެށުމާއެކު އިރާގާއި ޖޯޑަންއިން ވަނީ އެޤައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކޮށްފައެވެ. އަދި ބައެއް އެއާލައިންތަކުން ވަނީ އިޒްރާއީލްގެ މަތިން އުދުހުން ހުއްޓާލުމަށް ނިންމާފައިކަމަށް އަލްޖަޒީރާއިން ވަނީ ރިޕޯޓްކޮށްފައެވެ. އިތުރު ތަފްސީލް އަންނަނީ..

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ