އަގުސާ މިސްކިތުގައި ފަތިސްނަމާދަށް ތިބި ފަލަސްތީނު މީހުންނަށް އަނިޔާކޮށް، އެމީހުންގެ އަޅުކަމަށް ހުރަސް އެޅުމަށް ފަހު އިޒްރޭލު ސަރުކާރުން ދެއްކީ އާއްމުކޮށް ވެސް އެސަރުކާރުން ދައްކާ ކަހަލަ ބަހަނާ އެކެވެ. އިޒްރޭލުން ނެރުނު ބަޔާނެއްގައި ބުނީ އިޒްރޭލާ ދެކޮޅު ބަޔަކު، ގަލާުއި ބަޑިބޭސް ހިފައިން މިސްކިތުގައި ފިލާ ތިބީ ކަމަށެވެ.
ފަލަސްތީނުގެ ޣައްޒާގައި ވެރިކަން ކުރާ ހަމާސް ޖަމާއަތުން ސިފަކުރި ގޮތުގައި އިޒްރޭލުން ހިންގީ ހައްދެއް ނެތްވަރުގެ ޖަރީމާއެކެވެ. އެ ޖަރީމާއާ ދެކޮޅަށް ތެދުވެ، އަގުސާ މިސްކިތް ހިމާޔަތްކުރަން ފަލަސްތީނުގެ ގިނަ ބަޔަކު ދާން ހަމާސް އިން ގޮވައިލި އެވެ.އިޒްރޭލު ފުލުހުން އަގުސާ މިސްކިތަށް ވަދެ، ފަތިސްނަމާދަށް ތިބި އެތައް ބަޔަކަށް އަނިޔާކޮށްފި

އިޒްރޭލު ފުލުހުން އަގުސާ މިސްކިތަށް ވަދެ، ފަތިސްނަމާދަށް ތިބި އެތައް ބަޔަކަށް އަނިޔާކޮށްފި
ލިޔުން:
ހައްދުފަހަނައަޅާފައިވާ އިޒްރޭލު ފުލުހުން ރޭ ފަތިހު އަލް މަސްޖިދުލް އަޤުޞާއަށް ވަދެގަނެ، ފަތިސްނަމާދަށް ތިބި އެތައް ބަޔަކަށް ބޮޑެތި އަނިޔާތައް ދީ 400 މީހުން ހައްޔަރުކޮށްފި އެވެ.
އިޒްރޭލު ފުލުހުން އަޤުޞާ މިސްކިތަށް ވަދެ ހިންގި ޖަރީމާތައް ދުށް ފަލަސްތީނު މީހުންނާ ހަވާލާދީ އަލްޖަޒީރާ ބުނި ގޮތުގައި އިޒްރޭލުފުލުހުން އެ މިސްކިތަށް ވަދެ، ނަމާދަށް ތިބި މީހުންނަށް ހަމަލާދިނީ ސްޓަން ގްރެނޭޑާއި ކަރުނަގޭހާއި މުގުރު އަދި ރައިފަލްތަކުގެ މުއްގަނޑުންނެވެ. އެ ހަމަލާތަކުގައި ފަލަސްތީނުގެ 12 މީހަކު ވަރަށް ބޮޑަށް ޒަހަމްވި އެވެ.
ފަލަސްތީނުގެ ރެޑްކްރެސެންޓް ޖަމާއަތުން އަލްޖަޒީރާއަށް މައުލޫމާތު ދީފައިވާ ގޮތުގައި އަގުސާ މިސްކިތުގައި ނަމާދަށް ތިބި އެތައް ބަޔަކު ޒަހަމްކޮށްލުމުން، އެމީހުންނަށް ފަރުވާދޭން މަސައްކަތްކުރި އެ ޖަމާއަތުގެ ސިއްހީ ހިދުމަތްތެރިންނަށް ވެސް އިޒްރޭލުން ހުރަސް އެޅި އެވެ.
އަލްޖަޒީރާ ބުނި ގޮތުގައި އަޤުޞާ މިސްކިތުގައި ފަލަސްތީނު މީހުންނަށް އަނިޔާކުރުން، އިޒްރޭލު ފުުލުހުން، ފަތިހުން ފެށިގެން ހެނދުނު ވަންދެން ކުރިއަށް ގެންދިޔަ އެވެ. އެއަށް ފަހު އިޒްރޭލު ފުުލުހުންގެ ރައްކާތެެރިކަމުގައި ޔަހޫދީން އެ މިސްކިތަށް ވެއްދި އެވެ.
"އަހަރެން އިނީ މިސްކިތުގެ ބޭރުގައި ގޮނޑިއެއް ބަހައްޓަައިގެން ޤުރުއާން ކިޔަވަން، އެމީހުން [އިޒްރޭލު ފުުލުހުން] އެއްލި ސްޓަން ގްރެނޭޑަކުން ޖެހުނީ އަހަރެންގެ މޭގައި،" ރޮއިޓާސްއާ ވާހަކަ ދެއްކި އުމުރުން ދުވަސްވީ އަންހެނަކު ބުނި ކަމަށް އެ އެޖެންސީގެ ރިޕޯޓެއްގައި ވެ އެވެ.
އަގުސާ މިސްކިތުގައި ފަތިސްނަމާދަށް ތިބި ފަލަސްތީނު މީހުންނަށް އަނިޔާކޮށް، އެމީހުންގެ އަޅުކަމަށް ހުރަސް އެޅުމަށް ފަހު އިޒްރޭލު ސަރުކާރުން ދެއްކީ އާއްމުކޮށް ވެސް އެސަރުކާރުން ދައްކާ ކަހަލަ ބަހަނާ އެކެވެ. އިޒްރޭލުން ނެރުނު ބަޔާނެއްގައި ބުނީ އިޒްރޭލާ ދެކޮޅު ބަޔަކު، ގަލާުއި ބަޑިބޭސް ހިފައިން މިސްކިތުގައި ފިލާ ތިބީ ކަމަށެވެ.
ފަލަސްތީނުގެ ޣައްޒާގައި ވެރިކަން ކުރާ ހަމާސް ޖަމާއަތުން ސިފަކުރި ގޮތުގައި އިޒްރޭލުން ހިންގީ ހައްދެއް ނެތްވަރުގެ ޖަރީމާއެކެވެ. އެ ޖަރީމާއާ ދެކޮޅަށް ތެދުވެ، އަގުސާ މިސްކިތް ހިމާޔަތްކުރަން ފަލަސްތީނުގެ ގިނަ ބަޔަކު ދާން ހަމާސް އިން ގޮވައިލި އެވެ.
އަގުސާ މިސްކިތުގައި ފަތިސްނަމާދަށް ތިބި ފަލަސްތީނު މީހުންނަށް އަނިޔާކޮށް، އެމީހުންގެ އަޅުކަމަށް ހުރަސް އެޅުމަށް ފަހު އިޒްރޭލު ސަރުކާރުން ދެއްކީ އާއްމުކޮށް ވެސް އެސަރުކާރުން ދައްކާ ކަހަލަ ބަހަނާ އެކެވެ. އިޒްރޭލުން ނެރުނު ބަޔާނެއްގައި ބުނީ އިޒްރޭލާ ދެކޮޅު ބަޔަކު، ގަލާުއި ބަޑިބޭސް ހިފައިން މިސްކިތުގައި ފިލާ ތިބީ ކަމަށެވެ.
ފަލަސްތީނުގެ ޣައްޒާގައި ވެރިކަން ކުރާ ހަމާސް ޖަމާއަތުން ސިފަކުރި ގޮތުގައި އިޒްރޭލުން ހިންގީ ހައްދެއް ނެތްވަރުގެ ޖަރީމާއެކެވެ. އެ ޖަރީމާއާ ދެކޮޅަށް ތެދުވެ، އަގުސާ މިސްކިތް ހިމާޔަތްކުރަން ފަލަސްތީނުގެ ގިނަ ބަޔަކު ދާން ހަމާސް އިން ގޮވައިލި އެވެ.ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
