މާލެ: 31°C

އިޒްރޭލަށް ޖާސޫސްކޮށްދިން އިންޑިއާގެ ބަޔަކު ގަތަރުގެ ޖަލަށްލައިފި

May 3, 2023
2 ފަހަރު ބަލާފައި
އިޒްރޭލަށް ޖާސޫސްކޮށްދިން އިންޑިއާގެ ބަޔަކު ގަތަރުގެ ޖަލަށްލައިފި
އިޒްރޭލަށް ޖާސޫސްކޮށްދިން އިންޑިއާގެ ބަޔަކު ގަތަރުގެ ޖަލަށްލައިފި
ސަބްމެރިން ޕްރޮގްރާމެއްގެ މައުލޫމާތު ހޯދަން އިޒްރޭލަށް ޖާސޫސް ކޮށްދިންކަމުގެ ތުހުމަތުގައި އިންޑިއާގެ ނޭވީގެ ކުރީގެ އަށް އޮފިސަރަކު ގަތަރުން ހައްޔަރުކޮށްފިއެވެ. ރިޕޯޓްތައް ބުނާ ގޮތުން އެ މީހުން ހައްޔަރުކޮށްފައި ވަނީ އޮގަސްޓު މަހުއެވެ. ޖަލު ބަންދުގައި ކޮށްފައި ތިބި އެއަށް މީހުންނަށް މަރުގެ އަދަބާ ކުރިމަތިލާން ޖެހިދާނެ ކަމަށް ބެލެވެއެވެ. ރިޕޯޓްތައް ބުނާ ގޮތުން އިންޑިއާއިން ދަނީ އެ މީހުން ދޫކޮށްލުމަށް އެދި ގަތަރުގައި އެދެމުންނެވެ. ނަމަވެސް އެ މީހުން އިޒްރޭލަށް އިންޓެލިޖެންސް ފޯރުކޮށްދިން ހެކިތައް ލިބިފައިވާ ކަމަށް ގަތަރުން ބުނެއެވެ. އިންޑިއާ މީހުންގެ ފުރަތަމަ ޝަރީއަތް މާޗް މަހު ކުރިއަށް ގެންދިޔައިރު، މި މަހު އިތުރު ސެޝަނެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ހައްޔަރުކުރި މީހުންނަނަކީ އިޓަލީގައި އުފައްދާފައިވާ ސަބްމެރިން ހޯދުމުގެ މަގްސަދުގައި ގަތަރުގެ ޕްރޮގްރާމަކަށް ލަފާދޭ ކުންފުންޏެއް ކަމަށްވާ ދަހްރާ ގްލޯބަލް ޓެކްނޮލޮޖީސް އެންޑް ކޮންސަލްޓިން ސާވިސަސްގެ އިސް މުވައްޒަފުންނެވެ. ގަތަރުން މިހާރު އެ ކުންފުނި ބަންދުކުރަމުން އަންނައިރު، އެ ކުންފުނީގައި މަސައްކަތްކުރާ 75 މުވައްޒަފުންނަކީ އިންޑިއާއަށް ނިސްބަތްވާ މީހުންނެވެ. ގަތަރުން ހޯދަން އުޅޭ ސަބްމެރިންތަކަކީ ޖަރުމަނުގެ ކުންފުންޏަކާ ގުޅިގެން އިޓަލީގައި އުފައްދާފައިވާ ސަބްމެރިން ޕްރޮޖެކްޓެއް ކަމަށްވާ ޔޫ212 ނިއާ ފިއުޗާ ސަބްމެރިން ތަކެއް ކަމަށް ރިޕޯޓްތައް ބުނެއެވެ. އިޒްރޭލުން މިކަމާ ބެހޭ ގޮތުން ރަސްމީކޮށް އެއްޗެއް ބުނެފައި ނުވި ނަމަވެސް މެދުއިރުމަތީގެ އެކި ކަންކޮޅުތަކުގައި އަސްކަރީ ޓެކްނޮލޮޖީތައް ތަރައްގީ ކުރުން ހުއްޓުވުމުގައި އިސްރާއީލުގެ ހިއްސާ އެބައޮތެވެ. ސަބްމެރިން ރޭހަށް އިންޑިއާ އާއި ޕާކިސްތާނުން ވެސް ޝައުގުވެރިވަނީ އެއް ގައުމު އަނެއް ގައުމަށް ބާރު ލިބުން ހުއްޓުވަން މަސައްކަތް ކުރާތީއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ