މާލެ: 31°C

އިސްރާއީލަށް ޙަތިޔާރު ވިއްކުމާ ދެކޮޅުހެދުމުގެ ގޮތުން އިނގިރޭސި ހާރިޖީއާގެ އިސް އޮފިޝަލަކު އިސްތިއުފާ ދީފި

August 18, 2024
2 ފަހަރު ބަލާފައި
އިސްރާއީލަށް ޙަތިޔާރު ވިއްކުމާ ދެކޮޅުހެދުމުގެ ގޮތުން އިނގިރޭސި ހާރިޖީއާގެ އިސް އޮފިޝަލަކު އިސްތިއުފާ ދީފި
އިސްރާއީލަށް ޙަތިޔާރު ވިއްކުމާ ދެކޮޅުހެދުމުގެ ގޮތުން އިނގިރޭސި ހާރިޖީއާގެ އިސް އޮފިޝަލަކު އިސްތިއުފާ ދީފި
އިސްރާއީލަށް ހަތިޔާރު ވިއްކުމާ ދެކޮޅުހެއްދެވުމުގެ ގޮތުން އިނގިރޭސި ޚާރިޖީއަގެ ކައުންޓަރ ޓެރަރިޒަމްގެ މަސައްކަތް ކުރެއްވާ އިސް އޮފިޝަލަކު އިސްތިއުފާ ދެއްވައިފިއެވެ. ޔަހޫދީންނަށް ހަތިޔާރު ވިއްކުމާ ދެކޮޅުހެއދެވުމުގެ ގޮތުން އިސްތިއުފާދެއްވި މާކް ސްމިތު ހުކުރު ދުވަހު އޭނާ އާއެކު މަސައްކަތްކުރާ ފަރާތްތަކަށް ފޮނުވި މެސެޖުގައި ބުނެފައިވަނީ، ހުރިހާ ލެވެލެއްގައި އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައިވާ ކަމަށާއި، އަދި ރަސްމީ ވިސްލް ބްލޯއިން މެކޭނިޒަމް މެދުވެރިކޮށް ވެސް އެކަން ސަމާލުކަމަށް ގެންނަން މަސައްކަތްކޮށްފައިވާނެކަމަށެވެ. ޑަބްލިންގައި ހުންނަ އިނގިރޭސި އެމްބަސީގައި މަސައްކަތްކުރެއްވި ސްމިތު ވިދާޅުވީ މައްސަލަ ބަލައިގަތުން ފިޔަވައި އިތުރު ކުރިއެރުމެއް ލިބިފައި ނުވާކަމަށެވެ. ސްމިތުގެ ކަންބޮދުވުމާ ގުޅިގެން މީޑިއާތަކަށް ކޮމަންވެލްތް އެންޑް ޑިވެލޮޕްމަންޓް އޮފީހުން ބުނެފައިވަނީ ވަކި ވަކި މައްސަލައަކާ ގުޅޭ ގޮތުން މައުލޫމާތު ހާމަނުކުރެވޭނެ ކަމަށާއި ނަމަވެސް ބައިނަލްއަގުވާމީ ގާނޫނުތައް ދަމަހައްޓަން ސަރުކާރުން މަސައްކަތް ކުރާނެ ކަމަށެވެ. ސްމިތު ބުނެފައިވަނީ އޭނާ އަކީ މީގެ ކުރިން ވެސް މެދުއިރުމަތީގެ ހަތިޔާރު އެކްސްޕޯޓް ލައިސަންސް އެސެސްމަންޓާގުޅޭ ކަންކަމުގައި އިނގިރޭސި ސަރުކާރުގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެއް ކަމަށާއި އިޒްރޭލުން ޣައްޒާގައި ހިންގާ ހަނގުރާމައިގެ ޖަރީމާތަކަކީ، ބައިނަލްއަގްވާމީ އިންސާނީ ގާނޫނުތަކާ އިސްރާއީލުން ހިލާފުވެފައިވާ ކަމުގެ ސާފު އަދި ސުވާލު އުފެއްދޭނެ ޖާގަ ނެތް މިންވަރަށް ފެންނަ ހަގީގަތްކަމަށެވެ. ސްމިތު ގެ އިސްތިއުފާގެ އީމެއިލްއާ ހަވާލާދީ ބީބީސީން ބުނެފައިވަނީ އޭނާގެ އިސްތިއުފާގެ މެއިލްގައި ވަރަށް ގިނަ ކަންކަން ފާހަގަކޮސްފައިވާކަމަށާއި އެގޮތުން އިސްރާއީލު ސަރުކާރާއި އަސްކަރިއްޔާގެ އިސް ބޭފުޅުން ފާޅުގައި ޖަރީމާހިންގުމުގެ ވިސްނުން ފާޅުކުރައްވާފައިވާކަމަށާއި، އާއްމުންގެ މުދާ އަންދައި ލޫޓުވާތަން އެމީހުން އަމިއްލަައަށް ވީޑިއޯ ކުރަމުންދާކަމަށެވެ. އަދި ފަލަސްތީނުގެ މަގުތަކާއި ޔުނިވާސިޓީތައް ސުންނާފަތިކޮށް އިންސާނީ އެހީތައް ފޯރޮކޮށް ދިނުމަށް ހުރަސްއަޅައި، ރެޑް ކްރެސެންޓްގެ އެމްބިއުލާންސްތަކަށްވެސް ހަމަލާދީ، ސްކޫލްތަކާއި ހޮސްޕިޓަލްތަކަށްވެސް ދަނީ ހަމަލާދެމުންކަމަށެވެ. އެކަންކަމަކީ ހަނގުރާމައިގެ ޖަރީމާކަމަށެވެ. އެހެންކަމުން އިނގިރޭސިވިލާތުން އިސްރާއީލަށް ހަތިޔާރު ވިއްކުން ރަނގަޅުކަމަށް ދެއްކޭނެ އެއްވެސް ހަމައެއް ނެތްކަމަށެވެ. އިނގިރޭސިވިލާތާއި ޔޫރަޕާއި އެމެރިކާގެ އެތައް ސަތޭކަ އޮފިޝަލުން ޣައްޒާގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން އިސްރާއީލާ މެދު އެގައުމުތަކުގެ ސަރުކާރުތަކުން ގެންގުޅޭ ސިޔާސަތުތަކާ މެދު ހީވެސް ނުކުރާ މިންވަރަށް ޚިޔާލު ތަފާތުވުންތައް ހުރިކަމަށް ބުނެފައިވާއިރު، ސްމިތު ފަދައިން އިސްތިއުފާ ދޭނެ ފަރާތްތައް މަދުނަމަވެސް އެ ކަމުގެ ކަންބޮޑުވުން ހުރި މިންވަރު އެކަމުން ހާމާވާކަމަށް ބަޔާންކޮސްފއިވެއެވެ. ކެމްޕޭން އެގެއިންސްޓް އާމްސް ޓްރޭޑް (ސީއޭއޭޓީ) އިން ބުނެފައިވާ ގޮތުގައި 2008 ވަނަ އަހަރުން ފެށިގެން އިނގިރޭސިވިލާތުން ވަނީ އިޒްރޭލަށް ޖުމްލަ 727 މިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކާފައިވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ