އިޒްރޭލުން އީރާނަށް ހަމަލާދިނުމަށް އެއްވެސް ގައުމަކުން ވައިގެ ސަރަހައްދު ހުޅުވާލަދީފިނަމަ އީރާނުން ބަދަލު ހިފާނެ

އިޒްރޭލުން އީރާނަށް ހަމަލާދިނުމަށް އެއްވެސް ގައުމަކުން ވައިގެ ސަރަހައްދު ހުޅުވާލަދީފިނަމަ އީރާނުން ބަދަލު ހިފާނެ
ލިޔުން:
ޔަހޫދީ އިސްރާއީލުން އީރާނަށް ހަމަލާދޭން ވައިގެ ސަރަހައްދު ހުޅުވާލާ ކޮންމެ ޤައުމަކަށް ބަދަލު ހިފުމުގެ ގޮތުން ވަރުގަދައަށް ރައްދު ދޭނެ ކަމަށް އީރާނުގެ ދިފާއީ ވަޒީރު މުހައްމަދު ރިޒާ އަޝްތިޔާނީ ވިދާޅުވެއްޖެއެވެ. އޭނާ މިހެން އިންޒާރުދެއްވާފައި މިވަނީ އީރާނުން ޔަހޫދީންނަށް އަމާޒުކޮށް ޑްރޯން އާ މިސައިލް ހަމަލާތަކެއް ފޮނުވާލައިވާ ދަނޑިވަޅެއްގައެވެ.
އީރާނުގެ މަސްދަރުތަކާ ހަވާލާދީ އީރާނުގެ ޕްރެސް ޓީވީން ރިޕޯޓްކޮށްފައިވާ ގޮތުގައި އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯސް (އައިއާރުޖީސީ)ން ވަނީ އިސްރާއީލަށް އަމާޒުކޮށް ޑްރޯން ހަމަލާތަކެއް ވަނީ ފޮނުވާލާފައެވެ. މި ހަމަލާތައް އިރާނުން އިސްރާއީލަށް އަމާޒުކޮށްފައި މިވަނީ ސޫރިޔާގައި ހުންނަ އީރާނުގެ ކޮންސިއުލޭޓަށް އިސްރާއީލުން ދިން ހަމަލާއެއްގައި އައިއާރުޖީސީގެ ހަތް މެމްބަރަކު މަރުވިތާ ގާތްގަނޑަކަށް ދެ ހަފްތާ ފަހުންނެވެ.
މިހާތަނަށް އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ އީރާނުން އިސްރާއީލަށް ފޮނުވާލި 100 އަށް ވުރެ ގިނަ ޑްރޯން ދެނެގަނެފައެވެ. އަދި އިސްރާއީލުގެ ވައިގެ ސިފައިން ދަނީ ޑްރޯންތައް ޓްރެކްކޮށް، ހަމަލާގެ ރާޅުތަކަށް ތައްޔާރުވަމުން ކަމަށާއި އޭގެ ތެރޭގައި މިސައިލް ވެސް ހިމެނިދާނެ ކަމަށްވެސް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެއެވެ،
މި ޑްރޯންތައް ފޮނުވާލުމާ ގުޅިގެން އިސްރާއީލުގެ އިތުރުން އީރާޤާއި އުރުދުނުން ވަނީ އެ ޤައުމުތަކުގެ ވައިގެ ސަރަޙައްދުތައް ބަންދުކޮށްފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
