އިޒްރޭލާ ފަލަސްތީނު ސުލްހަ ކުރަން ޗައިނާއިން އިސް ނަގައިފި

އިޒްރޭލާ ފަލަސްތީނު ސުލްހަ ކުރަން ޗައިނާއިން އިސް ނަގައިފި
ލިޔުން:
އިޒްރޭލާ ފަލަސްތީނާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކަށް ހައްލެއް ހޯދުމަށް މެދުވެރިއެއްގެ ރޯލު އަދާކުރަން ބޭނުންވާ ކަމަށް ޗައިނާއިން ބުނެފިއެވެ.
ޗައިނާގެ ހާރިޖީ ވަޒީރު ކިން ގޭންގް، އިސްރާއީލާއި ފަލަސްތީނުގެ ހާރިޖީ ވަޒީރުންނާ ވަކިވަކިން ފޯނުން ގުޅުއްވައި، ސުލްހައިގެ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ޗައިނާއިން އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާކަން ހާމަކުރެއްވިކަމަށް ޗައިނާގެ ދައުލަތުގެ މީޑިއާއިން ރިޕޯޓް ކޮށްފައިވެއެވެ.
ސުލްހައިގެ މަޝްވަރާތައް އަލުން ފެށުމަށް ހިތްވަރު ދެއްވާ، އިޒްރޭލުގެ ހާރިޖީ ވަޒީރު އެލީ ކޯހެންއާ ހޯމަ ދުވަހު ފޯނުން ގުޅުއްވައި އެކަމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޗައިނާ އޮތީ ތައްޔާރަށް ކަމަށްވެސް ރިޕޯޓްތައް ބުނެފައެވެ.
ފަލަސްތީނުގެ ހާރިޖީ ވަޒީރު ރިޔާދު އަލް މާލިކީއާ ވާހަކަ ދައްކަވަމުން ކިން ވިދާޅުވެފައިވަނީ މަޝްވަރާތައް ވީހާވެސް އަވަހަކަށް ފެށުމަށް ތާއީދުކުރައްވާ ކަމަށެވެ.
އިޒްރޭލާއި ފަލަސްތީނާ ދެމެދު މިހާރު އުފެދިފައިވާ ނުތަނަވަސްކަމާ މެދު ޗައިނާ އިން ކަންބޮޑުވާ ކަމަށާއި، ކިން ވަނީ ހާލަތު ކޮންޓްރޯލްކޮށް އިތުރު ހަމަނުޖެހުންތައް ހުއްޓުވަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.
އީރާނާއި ސައުދީ އަރަބިއްޔާއާ ދެމެދު އޮތް ގުޅުން އަލުން ގާއިމުކުރުމަށް މަގުފަހިކުރުމާއި، ޔޫކްރެއިންގެ ސުލްހައިގެ ޕްލޭނެއް ހުށަހެޅުން ފަދަ ޑިޕްލޮމެޓިކް މަސައްކަތްތަކުގައި ޗައިނާއިން އަންނަނީ ހަރަކާތްތެރިވަމުންނެވެ. ޗައިނާގެ ހުށަހެޅުންތައް ބައެއް ލީޑަރުން ބޭރުކޮށްލި ނަމަވެސް އަނެއް ބަޔަކު ވަނީ އެކަމަށް މަރުހަބާ ކިޔާފަ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
