އިޒްރޭލާ ފަލަސްތީން ހަމަނުޖެހުން ހަމަޔަަކަށް އަޅުވަން ގަތަރުން މަސައްކަތްކުރަނީ

އިޒްރޭލާ ފަލަސްތީން ހަމަނުޖެހުން ހަމަޔަަކަށް އަޅުވަން ގަތަރުން މަސައްކަތްކުރަނީ
ލިޔުން:
އިޒްރޭލާ ފަލަސްތީނާ ދެމެދު ހިނގަމުންދާ ހަމަނުޖެހުން ހަމަޔަކަށް އަޅުވަން މަސައްކަތްކުރާ ކަމަށް ގަތަރުން ބުނެފިއެވެ.
ގަތަރުގެ މަންދޫބަކު ވިދާޅުވީ މެދުވެރިއެއްގެ ގޮތުގައި ހަރަކާތްތެރިވެ، އިސްރާއީލާއި ފަލަސްތީނާ ދެމެދު އުފެދިފައިވާ ހަމަނުޖެހުންތައް ހަމައަކަށް އެޅުވުމަށް އެ ގައުމުން މަސައްކަތް ކުރަމުންދާ ކަމަށެވެ.
ފާއިތުވި ދެ ރޭގެ ތެރޭގައި އިސްރާއީލު ސިފައިން ވަނީ ގުދުސްގެ އަލްއަގްސާ މިސްކިތަށް ވަދެ ނަމާދުކުރަން ތިބި ފަލަސްތީނު މީހުންނށް ހުރަސް އަޅާފައެވެ.
މިސްކިތް ބަލައި ފާސްކުރުމުގެ ތެރޭގައި ފުލުހުން ވަނީ ނަމާދުކުރަމުން ދިޔަ މީހުންގެ ގަޔަށް ބަޑިޖަހާ ކަރުނަ ގޭހާއި ރަބަރު ކޯޓެޑް ސްޓީލް ބުލެޓް ބޭނުންކޮށްފައެވެ. ގަތަރުގެ ހާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިޒްރޭލުން ހިންގާފައިވަނީ އަނިޔާވެރި، ޖިނާއީ އަމަލެއް ކަމަށެވެ.
ގަތަރުގެ އޮފިޝަލަކު ވިދާޅުވީ އެ ގައުމުން މަސައްކަތް ކުރަމުން ދަނީ ހަމަނުޖެހުންތަކުގައި ބައިވެރިވާ ހުރިހާ ފަރާތްތަކެއްގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަން ކުޑަކުރުމަށް ކަމަށެވެ.
ހުކުރު ދުވަހު ހާލަތު އިތުރަށް ނުތަނަވަސްވީ ލުބްނާނުގެ ދެކުނުގެ ސަރަހައްދުތަކާއި ގައްޒާގެ ތަންތަނަށް އިސްރާއީލުން ހަމަލާދީ ގެތަކަށާއި ކުޑަކުދިންގެ ހޮސްޕިޓަލަކަށް ބޮޑެތި ގެއްލުންތަކެއް ދިނުމުންނެވެ. ހުޅަނގު އައްސޭރީގައި ހަތިޔާރު އެޅި ބަޔަކު ވެހިކަލަކަށް ބަޑިޖަހައި ދެ މީހަކު ވަނީ މަރާލާފައެވެ.
ހުކުރު ދުވަހުގެ ރޭ ތެލްއަވީވްގައި ހިނގި ހަމަނުޖެހުންތަކުގައި އެކަކު މަރުވެ ހަތަރު މީހަކު ޒަހަމްވިއެވެ. ޕާކެއް ކައިރީގައި ތިބި ބަޔަކު ގައިގައި ކާރެއް ޖައްސައި އުމުރުން 30 އަހަރުގެ މީހަކު ވަނީ މަރުވެފައވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
