އިޒްރޭލާ ފަލަސްތީނާ ދެމެދު ވަރުގަދަ ހަމަލާތަކެއް ބަދަލުކޮށްފި

އިޒްރޭލާ ފަލަސްތީނާ ދެމެދު ވަރުގަދަ ހަމަލާތަކެއް ބަދަލުކޮށްފި
ލިޔުން:
އިސްރާއީލުން ގައްޒާގެ އެޕާޓްމަންޓަކަށް ދިން ވައިގެ ހަމަލާއެއްގައި ފަލަސްތީނު އިސްލާމިކް ޖިހާދު (ޕީއައިޖޭ) ޖަމާއަތުގެ އިސް ކޮމާންޑަރަކާއި އިތުރު މީހަކު މަރުވެއްޖެ އެވެ.
އެ ހަމަލާ ދީފައިވަނީ ގައްޒާގެ ދެކުނުގައި އޮންނަ ހާން ޔޫނުސް ކައިރީގައި ހުރި މީހުން ދިރިއުޅޭ އިމާރާތަކަށެވެ.
އިއްޔެ، ގައްޒާގެ ހަނގުރާމަވެރިން ވަނީ އިޒްރޭލަށް 460 އަށް ވުރެ ގިނަ ރޮކެޓް ހަމަލާދީފައެވެ. އޭގެ ރައްދުގައި އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ ގައްޒާގެ 130 އަށްވުރެ ގިނަ އަމާޒުތަކަށް ހަމަލާދީފައެވެ. މިއީ ފާއިތުވި ނުވަ މަސް ދުވަހުގެ ތެރޭގައި ހިނގި އެންމެ ވަރުގަދަ ހަމަލާތައް ބަދަލުކުރެވުމެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި އަންގާރަ ދުވަހުން ފެށިގެން އިޒްރޭލުން، އެ ޖަމާއަތާ ދެކޮޅަށް ހިންގި އޮޕަރޭޝަންގައި އާއްމުން ހިމެނޭހެން 24 މީހަކު މަރުވެފައިވާ ކަމަށެވެ.
އިޒްރޭލަށް ދިން ރޮކެޓް ހަމަލާތައް ގެތަކަށާއި އިމާރާތްތަކަށް އަމާޒުވި ނަމަވެސް މިހާތަނަށް އެއްވެސް މީހަކު މަރުވެފައެއް ނުވެއެވެ.
މިއަދު ހެނދުުނު ދިން ހަމަލާގައި މަރުވެފައިވަނީ ޕީއައިޖޭ ޖަމާއަތުގެ މިސައިލް ޔުނިޓްގެ ވެރިޔާ އަލީ ހަސަން ގާލީ ކަން އެ ޖަމާއަތުން ވަނީ ކަށަވަރުކޮށްދީފައެވެ. ޕީއައިޖޭ އަކީ ހަމާސް އަށްފަހު ގައްޒާގެ ދެވަނައަށް އެންމެ ބޮޑު ހަނގުރާމަވެރި ޖަމާއަތެވެ.
އިޒްރޭލު އަސްކަރިއްޔާއިން ވަނީ ގާލީ އާއި ގައްޒާގައި ހަރަކާތްތެރިވާ އިސްލާމިކް ޖިހާދުގެ އިތުރު ދެ މީހަކަށް އަމާޒުކޮށް ހަމަލާތައް ދީފައިވާކަން ކަށަވަރުކޮށްދީފައެވެ. އަދި މަރާލި ކޮމާންޑަރަކީ ދާދި ފަހުން އިސްރާއީލާ ދެކޮޅަށް ފޮނުވާލި ރޮކެޓް ބެރޭޖްތަކުގެ ޒިންމާ ނަގަން ޖެހޭ މީހާ ކަމަށް އިޒްރޭލުން ތުހުމަތު ކުރެއެވެ.
އިއްޔެ ރޭ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އިސްރާއީލުގެ ކެމްޕޭން ނުވަތަ ގައްޒާއަށް ދޭ ހަމަލާތައް ނުނިމޭ ކަމުގެ އިންޒާރު ދެއްވާފައެވެ.
ރިޕޯޓްތައް ބުނާ ގޮތުން މިސްރުން މަސައްކަތް ކުރަނީ ދެ ފަރާތުގެ މެދުގައި ސުލްހައިގެ އެއްބަސްވުމެއް ގާއިމުކުރުމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
