އިސްލާމްދީނަށް ފުރައްސާރަކުރި މީހަކަށް މަރުގެ އަދަބުދޭން ޕާކިސްތާނު ކޯޓަކުން ހުކުމްކޮށްފި

އިސްލާމްދީނަށް ފުރައްސާރަކުރި މީހަކަށް މަރުގެ އަދަބުދޭން ޕާކިސްތާނު ކޯޓަކުން ހުކުމްކޮށްފި
ލިޔުން:
ވަޓްސްއެޕް ގްރޫޕެއްގައި އިސްލާމްދީނަށް ފުރައްސާރަކޮށް މެސެޖެއް ހިއްސާކުރިކަމުގެ ކުށް މުސްލިމް ފިރިހެނެއްގެ މައްޗަށް ސާބިތުވެ، މަރުގެ އަދަބު ދޭން ޕާކިސްތާނުގެ ހުޅަނގު އުތުރުގެ އެންޓި ޓެރަރިޒަމް ކޯޓުން ހުކުމް ކޮށްފިއެވެ.
އިލެކްޓްރޯނިކް ކުށްތައް ހުއްޓުވުމުގެ ގާނޫނާއި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ސައީދު މުހައްމަދު ޒީޝާންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ޕެޝާވަރުގައި ހުންނަ ކޯޓުން ހުކުމް ކުރީ ހުކުރު ދުވަހުއެވެ.
އޭނާގެ މައްޗަށް ކޮށްފައިވާ ހުކުމުގެ ކޮޕީއެއް އޭއެފްޕީ ނޫހަށް ވަނީ ލިބިފައެވެ.
ޕާކިސްތާނުގެ ހުޅަނގު އުތުރުގައި އޮންނަ މަރްދާން ސިޓީއަށް ނިސްބަތްވާ ޒީޝާން، 1.2 މިލިއަން ރުޕީސް (4،300 ޑޮލަރު) އިން ޖޫރިމަނާކޮށް ޖުމްލަ 23 އަހަރަށް ޖަލަށް ލާން ހުކުމް ވަނީ އިއްވާފައެވެ.
ޒީޝާންއަށް މައްސަލަ އިސްތިއުނާފަށް ހުށަހެޅޭނެއެވެ.
ޒީޝާންގެ ވަކީލް އިބްރާރު ހުސައިން ވިދާޅުވި ގޮތުގައި އެ މައްސަލަ ފެށުނީ ޕަންޖާބު ޕްރޮވިންސްގެ ތަލަގަންގްއަށް ނިސްބަތްވާ މުހައްމަދު ސައީދު މީގެ ދެ އަހަރު ކުރިން ފެޑެރަލް އިންވެސްޓިގޭޝަން އެޖެންސީއަށް ހުށަހެޅި މައްސަލައަކާއި ގުޅިގެން ކަމަށެވެ.
އޭނާ ހުށަހެޅި މައްސަލާގައި ބުނީ ޒީޝާން، ވަޓްސްއެޕް ގްރޫޕެއްގައި ދީނަށް ފުރުއްސާރަކޮށް މެސެޖްތަކެއް ހިއްސާކޮށްފައިވާ ކަމަށެވެ.
އެފްއައިއޭ އިން ޒީޝާންގެ ފޯނު ނެގި ކަމަށާއި އޭގެ ފޮރެންސިކް ތަހުލީލުތަކުން އޭނާގެ ކުށް ސާބިތުވެފައިވާ ކަމަށް ވަކީލު ވިދާޅުވިއެވެ.
ޕާކިސްތާނުގެ ގާނޫނުގައި ދީނަށް ފުރައްސާރަކުރުމަކީ މަނާ ކަމެކެވެ. ނަމަވެސް އެ ކުށަށް މަރުގެ އަދަބު އަދި މިހާތަނަށް ދީފައެއް ނުވެއެވެ.
ފާއިތުވި 20 އަހަރުގެ ތެރޭގައި ޕާކިސްތާނުގެ 774 މުސްލިމުންނާއި އެކި މައިނޯރިޓީ ދީނީ ޖަމާއަތްތަކުގެ 760 މީހެއްގެ މައްޗަށް އިސްލާމްދީނަށް ފުރައްސާރަކުރުމުގެ ދައުވާ އުފުލާފައިވާ ކަމަށް އިންސާނީ ހައްގުތަކާއި ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭ ޖަމިއްޔާއެއް ކަމަށްވާ ނޭޝަނަލް ކޮމިޝަން އޮފް ޖަސްޓިސް އެންޑް ޕީސް އިން ބުނެއެވެ،
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
