މާލެ: 31°C

އައިއެސްގެ ލީޑަރުން އަފްގާނިސްތާނަށް ފޮނުވި ވާހަކަ ތާލިބާނުން ދޮގުކޮށްފި

July 24, 2023
2 ފަހަރު ބަލާފައި
އައިއެސްގެ ލީޑަރުން އަފްގާނިސްތާނަށް ފޮނުވި ވާހަކަ ތާލިބާނުން ދޮގުކޮށްފި
އައިއެސްގެ ލީޑަރުން އަފްގާނިސްތާނަށް ފޮނުވި ވާހަކަ ތާލިބާނުން ދޮގުކޮށްފި
އައިއެސްގެ ހަތިޔާރު އެޅި ޖަމާއަތުގެ ލީޑަރުން އަފްގާނިސްތާނަށް ފޮނުވި ކަމަށް އީރާނުގެ ހާރިޖީ ވަޒީރު ވިދާޅުވުމުން ތާލިބާނުން އެކަން ދޮގުކޮށްފިއެވެ. "ދާއިޝްގެ މެމްބަރުން އަފްގާނިސްތާނަށް ބަދަލުކޮށްފައިވާ ކަމުގެ އެއްވެސް އިންޓެލިޖެންސެއް އީރާނަށް ލިބިފައިވާ ނަމަ، އަފްގާނިސްތާނުގެ ސަލާމަތީ ބާރުތަކަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި [އެ މީހުން] އެކަން ހިއްސާ ކުރާނެ ކަމަށް އުއްމީދު ކުރަން،" ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އަބްދުލް ކަހަރު ބަލްކީ ހޮނިހިރު ދުވަހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވިއެވެ. "އިސްލާމިކް އެމިރޭޓްސް އޮފް އަފްގާނިސްތާނުން ވާނީ ދާއިޝްއާ ދެކޮޅަށް ވަނީ ގައުމު ހިފުމުގެ ތެރޭގައި ވެސް އަދި އިސްތިއުމާރު  ނިމުނު ފަހުން ވެސް ހަނގުރާމަ ކޮށްފައި" އޭނާ ވިދާޅުވިއެވެ. އަދި އިގްތިސާދީ، ސިޔާސީ އަދި އިޖްތިމާއީ ކަންކަމުގައި ބިނާކުރަނިވި ސްޓޭންޑެއް ގެންގުޅުމަށް އީރާނުގެ ކަމާބެހޭ ފަރާތްތަކުގެ ކިބައިން ބަލްކީ ވަނީ އެދިވަޑައިގެންފައެވެ. ބަލްކީ ވިދާޅުވީ ތާލިބާނުންގެ ސަރުކާރުން ގައުމުގެ ސަލާމަތަށް ނުރައްކާވާ ގޮތަށް ސަރަހައްދު ބޭނުންކުރުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނުދޭނެ ކަމަށެވެ. އީރާނުގެ ހާރިޖީ ވަޒީރު ހުސައިން އަމީރަބްޑޮލަހިއަން މިދިޔަ ހަފުތާގައި ދައުލަތުގެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އައިއެސްގެ ލީޑަރުން އިރާގާއި ސީރިއާ އަދި ލީބިޔާއިން އަފްގާނިސްތާނަށް ފޮނުވާފައިވަނީ ފާއިތުވި މަސްތަކުގައި ކަމަށެވެ. އަދި މިއީ ތާލިބާނުންނަށް ކުރިމަތިވެފައިވާ އެއް ގޮންޖެހުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އައިއެސްއާ ގުޅިފައިވާ ޖަމާއަތެއް ކަމަށްވާ ހުރާސާން ޕްރޮވިންސްގެ އިސްލާމިކް ސްޓޭޓް އައިއެސް (އައިއެސްއައިއެސް-ކޭ) އަކީ ތާލިބާނުންގެ ބާރުތަކަށް އޮތް އެންމެ ބޮޑު ނުރައްކަލެވެ. ތާލިބާނުންގެ ސަރުކާރު ނިކަމެތިކުރުމުގެ ގޮތުން އައިއެސްކޭޕީން ދިން ހަމަލާތަކުގައި ބިދޭސީންނާއި މައިނޯރިޓީ ހަޒާރާ ކޮމިއުނިޓީގެ މީހުން ހިމެނޭ ގޮތަށް އެތައް ސަތޭކަ ބަޔަކު މަރުވެ ޒަހަމްވިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ