މާލެ: 31°C

އިރުގައި އުފެދިފައިވާ ބޮޑު 2 ކޮރޯނަލް ހޯލްގެ ސަބަބުން ފެބްރުއަރީ މަހު ވަރުގަދަ ސޯލާ ސްޓޯމް އެއް އުފެދިދާނެކަމަށް ސައިންސްވެރިން ލަފާކޮށްފި

January 30, 2025
930 ފަހަރު ބަލާފައި
އިރުގައި އުފެދިފައިވާ ބޮޑު 2 ކޮރޯނަލް ހޯލްގެ ސަބަބުން ފެބްރުއަރީ މަހު ވަރުގަދަ ސޯލާ ސްޓޯމް އެއް އުފެދިދާނެކަމަށް ސައިންސްވެރިން ލަފާކޮށްފި
އިރުގައި އުފެދިފައިވާ ބޮޑު 2 ކޮރޯނަލް ހޯލްގެ ސަބަބުން ފެބްރުއަރީ މަހު ވަރުގަދަ ސޯލާ ސްޓޯމް އެއް އުފެދިދާނެކަމަށް ސައިންސްވެރިން ލަފާކޮށްފިއެވެ.

އިރުގައި އުފެދިފައިވާ ބޮޑު 2 ކޮރޯނަލް ހޯލްގެ ސަބަބުން ފެބްރުއަރީ މަހު ވަރުގަދަ ސޯލާ ސްޓޯމް އެއް އުފެދިދާނެކަމަށް ސައިންސްވެރިން ލަފާކޮށްފިއެވެ.

އެންއޯއޭއޭގެ ސްޕޭސް ވެދާ ޕްރެޑިކްޝަން ސެންޓަރު (އެސްޑަބްލިއުޕީސީ) އިން ދާދި ފަހުން ނަގާފައިވާ ސެޓެލައިޓް ޑޭޓާތަކުން ދައްކާ ގޮތުގައި، އިރުގެ ސަރަޙައްދުގައި ވާ ބޮޑު ދެ ކޮރޯނަލް ހޯލް އެއްގެ ސަބަބުން ފެބްރުއަރީ މަހުގެ ކުރީކޮޅު ދުނިޔޭގެ  މޫސުމަށް އަސަރު ކޮށްފާނެ ކަމަށް ބުނެފައިވެއެވެ. އަދި ޕްލާޒްމާ ނެތް މި އަނދިރި ސަރަހައްދުތައް (ކޮރޯނަލް ހޯލް) މިހާރު ދަނީ ސޯލާ ޑިސްޓަރބެންސް ކުރިމަތިވެދާނެތީ މޮނިޓާ ކުރަމުންކަމަށްވެސް ބުނެފައިވެއެވެ.

ފޮކްސް ވެދަރ އިން ބުނި ގޮތުގައި އުތުރު ހެމިސްފިއާގައި އުފެދިފައިވާ ބޮޑު ކޮރޯނަލް ހޯލް އާއި ދެކުނު ހެމިސްފިއާގައި އުފެދިފައިވާ ކޮރޯނަލް ކުޑަ ހޯލް އާއި ގުޅޭގޮތުން އެންއޯއޭއޭގެ ޝޯން ދާލް ވިދާޅުވީ އުތުރު ހެމިސްފިއާ ގައި އުފެދިފައިވާ ބޮޑު ހޯލް ގެ ނުފޫޒު ވަރަށް ބޮޑުވާނެ ކަމަށް ބެލެވޭ ކަމަށާއި، ފެބްރުއަރީ މަސް ފެށެންވާއިރަށް އިރުގެ ވައިގެ މާހައުލަށް ބުރޫ އަރާފާނެ ކަމަށެވެ.

މި ދެ ކަމަކީ ވެސް ފެބްރުއަރީ މަހު ފެށުމަށް ސޯލާ ވިންޑް މާހައުލެއް އިތުރުކޮށްދޭނެ ކަމެއް ކަމަށް ބެލެވޭ، އެކަމަކު އަޅުގަނޑުމެންގެ މޮޑެލްތަކުން ދޭހަވަނީ ނޮދަން ސީއެޗް (ކޮރޯނަލް ހޯލް) ގެ ނުފޫޒުތައް މާ ބޮޑަށް ފޯރާނެ ކަން،" ޑާލް ވިދާޅުވި އެވެ.

ސެޓެލައިޓް ފޮޓޯތަކުގައި ކޮރޯނަލް ހޯލް އަނދިރި ސަރަޙައްދުތަކެއްގެ ގޮތުގައި ފެންނަނީ ޕްލާޒްމާ ނެތުމުން ކަމަށާއި، އިރުގެ މެގްނެޓިކް ފީލްޑް ލައިންތަކާއެކު ޖައްވަށް ހުސްވެގެން ދާތީކަމަށެވެ. ކޮރޯނަލް މާސް އިޖެކްޝަންތަކާ ހިލާފަށް، ދުނިޔެއާ ހަމައަށް ވާސިލުވުމަށް 1 ދުވަހާއި 3 ދުވަހާ ދެމެދުގެ މުއްދަތެއް ނަގާ ކޮރޯނަލް ހޯލް ތަކުގެ ސަބަބުން ޖައްވީ މޫސުމަށް ދާއިމީ އަސަރުތަކެއް ކޮށްފާނެ ކަމަށްވެސް ބުނެފައިވެއެވެ.

މި ކޮރޯނަލް ހޯލް ތަކުން އުފެދޭ ކޮރޯނަލް ހޯލް ހައި ސްޕީޑް ސްޓްރީމްސް (ސީއެޗް އެޗްއެސްއެސް) ގެ ސަބަބުން ޖިއޮމެގްނެޓިކް އެކްޓިވިޓީ އަށް މަގުފަހިވެ، ނޯދަން ލައިޓްސް އުފެދިދާނެ ކަމަށް ބެލެވޭ ކަމަށާއި، އެންއޯއޭއޭ އިން ލަފާކުރާ ގޮތުގައި ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން 3 ވަނަ ދުވަހުގެ ނިޔަލަށް ޖައްވީ މޫސުމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވާނެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ