އީރާނަށް ދިން ޑްރޯން ހަމަލާގެ ޒިންމާ އިޒްރޭލު ބޮލުގައި އަޅުވައިފި

އީރާނަށް ދިން ޑްރޯން ހަމަލާގެ ޒިންމާ އިޒްރޭލު ބޮލުގައި އަޅުވައިފި
ލިޔުން:
މިދިޔަ ހޮނިހިރު ދުވަހު އީރާނުގެ މެދުތެރޭގެ ސިޓީއެއް ކަމަށްވާ އިސްފަހާންގެ އަސްކަރީ ސައިޓަކަށް ދިން ޑްރޯން ހަމަލާގެ ޒިންމާ އިސްރާއީލުގެ ބޮލުގައި އީރާނުން އަޅުވައިފިއެވެ.
އީރާނުން އދ.އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވިދާޅުވީ ހޯދުންތަކުން އެނގުނު ގޮތުގައި ހަމާލާގެ ޒިންމާ ނަގަން ޖެހޭނީ އިޒްރޭލުން ކަމަށެވެ.
އަދި އިޒްރޭލުން ދޭ އިންޒާރަކަށް ނުވަތަ ހިންގާ ނުބައި އަމަލަކަށް ސާބިތުކަމާއެކު ރައްދު ދިނުމުގެ ހައްގު އީރާނަށް ލިބިގެންވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް ހަމަލާ ދިންކަން އިޒްރޭލުން ކަށަވަރު ކޮށްދީފައެއް ނުވެއެވެ. އެ ހަމަލާގެ ސަބަބުން ކުދި ކުދި ގެއްލުންތަކެއް ލިބުނު ކަމަށް އީރާނުން ބުންޏެވެ. އެ ވާހަކަވެސް އަދި މިހާތަނަށް ކަށަވަރުކުރެވިފައިނުވާ ކަމަށް ނޫސްތަކުން ރިޕޯޓްކުރެއެވެ.
އީރާނުން ލުބްނާނުގެ ހަނގުރާމަވެރިންނަށް ހަތިޔާރު ފޯރުކޮށްދީފައިވާ ކަމަށް ތުހުމަތުކޮށް އިޒްރޭލުން ވަނީ އީރާނަށް ހަމަލާތަކެއް ދީފައެވެ.
އދގެ ސެކްރެޓަރީ ޖެނެރަލަށް އީރާނުގެ ސަފީރު ފޮނުއްވި ސިޓީގައި ވަނީ އިޒްރޭލުން އީރާނުގެ ދިފާއީ ވުޒާރާއަށް ނިސްބަތްވާ ވޯކްޝޮޕް ކޮމްޕްލެކްސްއަކަށް އަމާޒުކޮށް އިޒްރޭލުން ޓެރަރިސްޓް ހަމަލާއެއް ދިންކަމުގެ ތުހުމަތު ކޮށްފައެވެ. ނަމަވެސް އެއީ އިޒްރޭލުން ދިން ހަމަލާއެއް ކަމެއް ސާބިތުވާވަރަށް އޮތީ ކޮން ކަހަލަ ހެއްކެއް ކަމެއް އީރާނުން ފޮނުވި ސިޓީގައެއް ބުނެފައެއް ނުވެއެވެ.
އޭނާ ވިދާޅުވި ގޮތުގައި އީރާނަށް "ކޮންމެހެން ބޭނުން ވެއްޖެ ކަމަށް ބެލެވޭ ކޮންމެ ތަނެއްގައި އަދި ކޮންމެ ފަހަރަކު" ރައްދު ދިނުމުގެ ހައްގު ހިމާޔަތްކޮށްފައިވެ އެވެ..
އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ އެމެރިކާގެ މީޑިއާތަކުން ބުނެފައި ވަނީ އިޒްރޭލުން ހަމަލާ ދީފައި ވަނީ ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އަދި ހަމަލާދިނީ ތިން ޑްރޯން އެއް ބޭނުންކޮށްގެން ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
އަންގާރަ ދުވަހު ސީއެންއެން އަށް ދެއްވި އިންޓަވިއުއެއްގައި ނަތަންޔާހޫ ވިދާޅުވީ އިޒްރޭލުން އީރާނުގައި ހަތިޔާރު އުފެއްދުމާ ދެކޮޅަށް ފިޔަވަޅު އަޅަމުން އަންނަ ކަމަށާއި ނަމަވެސް އިސްފަހާންގައި ހުރި ސަރަހައްދަށް ހަމަލާ ދިންކަން ކަށަވަރުކޮށެއް ނުދެއެވެ. އަދި އެ ވާހަކަ ދޮގެއްވެސް ނުކުރައްވައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
