މާލެ: 31°C

އީރާނުން ބެލިސްޓިކް މިސައިލެއް ޓެސްޓުކޮށްފި

May 25, 2023
2 ފަހަރު ބަލާފައި
އީރާނުން ބެލިސްޓިކް މިސައިލެއް ޓެސްޓުކޮށްފި
އީރާނުން ބެލިސްޓިކް މިސައިލެއް ޓެސްޓުކޮށްފި
އީރާނުން 2،000 ކިލޯމީޓަރުގެ ރާސްތާއެއްގެ ބެލިސްޓިކް މިސައިލެއް ކާމިޔާބު ކަމާއެކު ޓެސްޓްކޮށްފިއެވެ. އީރާނުން މިސައިލް ޓެސްޓުކޮށްފައި މިވަނީ ނިއުކްލިއާ ޕްރޮގްރާމާ ގުޅިގެން އީރާނާ ދެކޮޅަށް "ފިޔަވަޅު އެޅޭނެ" ކަމުގެ އިޝާރާތެއް އިސްރާއީލުގެ އަސްކަރިއްޔާގެ ވެރިޔާ ދެއްވިތާ ދެ ދުވަސް ފަހުންނެވެ. މެދުއިރުމަތީގެ އެންމެ ބޮޑު އެއް މިސައިލް ޕްރޮގްރާމް ހިންގާ އީރާނުން ބުނީ، އެ ގައުމުގެ ހަތިޔާރަކީ އެ ސަރަހައްދުގައި ހުރި އިޒްރޭލާއި އެމެރިކާގެ މަރުކަޒުތަކަށް ވާސިލްވުމުގެ ގާބިލުކަން ލިބިފައިވާ ހަތިޔާރުތަކެއް ކަމަށެވެ. އެމެރިކާ އާއި ޔޫރަޕްގެ ގައުމުތަކުން ދެކޮޅު ހެދި ނަމަވެސް އީރާނުން ވަނީ އެ ގައުމުގެ "ޑިފެންސިވް" މިސައިލް ޕްރޮގްރާމް އިތުރަށް ތަރައްގީ ކުރާނެ ކަމަށް ބުނެފައެވެ. އީރާނުގެ ޑިފެންސް މިނިސްޓަރު މުހައްމަދުރެޒާ އަޝްޓިއާނީ ވިދާޅުވީ އީރާނުގެ ވާދަވެރިންނަށް ދޭން ބޭނުންވާ މެސެޖަކީ އެ ގައުމުން ހޯދާފައިވާ ކާމިޔާބީތައް ހިމާޔަތް ކުރާނެ ކަމަށެވެ. އަދި ހަމައެހެންމެ، ސަރަޙައްދުގެ ހަމަޖެހުން ގާއިމުކުރުމަށް  މަސައްކަތް ކުރާނެކަމުގެ ޔަގީންކަން، އީރާނުން ވަނީ އެ ގައުމުގެ އެކުވެރިންނަށް ދީފައެވެ. އީރާނުގެ ހުރަމްޝަހަރު 4 ބެލިސްޓިކް މިސައިލްގެ އަޕްގްރޭޑް ވާޝަން ލޯންޗްކުރި ކަމަށް ބުނާ މަންޒަރު ދައްކުވައިދޭ ކުރު ވީޑިއޯއެއް ދައުލަތުގެ ޓީވީން ވަނީ ގެނެސްދީފަ އެވެ. މި އާ ވާޝަންގައި 2،000 ކިލޯމީޓަރުގެ ރޭންޖެއް ހުންނައިރު، 1،500 ކިލޯގްރާމްގެ ވޯހެޑެއް އުފުލޭނެ ކަމަށް ބުނެފައިވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ