އީރާނުގެ ސްކޫލުތަކުން ގިނަ އަދަދެއްގެ ކުދިންތަކެއް އަނެއްކާވެސް ވިހަވެއްޖެ

އީރާނުގެ ސްކޫލުތަކުން ގިނަ އަދަދެއްގެ ކުދިންތަކެއް އަނެއްކާވެސް ވިހަވެއްޖެ
ލިޔުން:
އިރާނުގެ 26 ސްކޫލެއްގެ އަންހެން ކުދިންތަކެއް ވިހަވެގެން ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
މިދިޔަ ނޮވެމްބަރު މަހުން ފެށިގެން މިހާތަނަށް 1،000 އަށް ވުރެ ގިނަ ދަރިވަރުންނަށް ވަނީ އޭގެ އަސަރުކޮށްފައެވެ. އަދި ނޭވާލާ ނިޒާމުގެ މައްސަލަތަކާއި، ބޮލުގައި ރިއްސުމާއި، ވަރުބަލިވުން ފަދަ މައްސަލަތައް ވަނީ ކުރިމަތިވެފައެވެ.
އީރާނުގެ ގިނަ ބަޔަކު ޝައްކު ކުރާ ގޮތުގައި ވިހަދިނުމަކީ އަންހެން ކުދިންގެ ސްކޫލްތައް ބަންދުކުރަން މަޖުބޫރު ކުރުވުމަށް ރޭވިގެން ކުރި ކަމެއް ކަމަށެވެ.
ނަމަވެސް އެއީ ރޭވިގެން ކުރާ ކަމެއް ކަމަށް ސަރުކާރުން ގަބޫލުކުރާ ކަމެއް އަދި ބުނެފައެއް ނުވެއެވެ.
މި ވިހަތަކުގެ "އަސްލު" ހޯދުމުގެ މަސައްކަތް ރައީސް ހަވާލުކުރައްވާފައިވާ ދާހިލީ ވަޒީރު އަހްމަދު ވާހިދީ ވަނީ ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ބުނާ ވާހަކަތަކަށް ދޮގުކުރައްވާފައެވެ.
އަދި ބޭރުގެ މީޑިއާތަކާއި "ކުލީ ސިފައިންގެ ޖަމާއަތްތަކުން" މި ހާލަތުގެ ނާޖާއިޒު ފައިދާ ނަގައި ނަފްސާނީ ހަނގުރާމައެއް ހިންގައި މީހުން ކަންބޮޑުވާ ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.
އީރާނުގެ ފަސް ސިޓީއެއްގެ 26 ސްކޫލަކަށް އެންމެ ފަހުން ގޭސް ވިހަވުމުގެ އަސަރު ކޮށްފައިވާ ކަމަށް އެ ގައުމުގެ މީޑިއާތަކާއި އެކްޓިވިސްޓުން ވަނީ ބުނެފައެވެ.
ވިހަވާ ކުދިންގެ ފަރާތުން ފެންނަ އަލާމާތްތަކުގެ ތެރޭގައި ބޮލުގައި ރިއްސުމާއި ހޮޑުލަވާގޮތް ވުން ހިމެނެއެވެ. ވިހަވި ބައެއް ކުދިންގެ އިނގިލިތަކުގެ ވާގިނެތޭ ކަމަށް އީރާނުގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. މިދިޔަ ހަފުތާގައި ކޫމްގެ ސްކޫލް އަންހެން ދަރިވަރަކު ވިހަވެގެން މަރުވެފައިވާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ. ނަމަވެސް ދައުލަތުގެ ޓީވީން އެ އަންހެން ކުއްޖާގެ ބައްޕަ އާއި ޑޮކްޓަރާ ވާހަކަ ދައްކަމުން ބުނީ އެ އަންހެން ކުއްޖާ މަރުވެފައިވަނީ އިންފެކްޝަނެއްގެ ސަބަބުން ކަމަށެވެ. އަދި ވިހަވެގެން ނޫން ކަމަށެވެ. ބައެއް ޓީޗަރުންނަށް ވެސް އަސަރުކޮށްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
މި ހާދިސާތައް ހިނގަން ފެށީ ބައެއް ޔުނިވާސިޓީތަކުގެ ކާނާ ވިހާވެފައިވާ ކަމުގެ ރިޕޯޓްތަކެއް ފެންމަތި ވެފައިވަނިކޮށެވެ. އެކަމަކު، އެ ކަންތަކާއި ދަރިވަރުން ވިހަވުމާއި ގުޅިފައެއް ނުވެއެވެ. އެއީ އެ ދަރިވަރުންނެއް ކާނާ ވިހެވަފައި ނުވާތީއެވެ. ސްކޫލްތަކާއި ގަވަރުނަރުންގެ އޮފީސްތަކާއި ހެލްތް މިނިސްޓްރީގެ ކަމާބެހޭ ފަރާތްތަކުން އެތައް މަހެއްވަންދެން ގެންދިޔައީ އެ ވާހަކަ ދޮގުކުރަމުންނެވެ. ދަރިވަރުން "ޕެނިކް" ވެފައިވާ ކަމަށް ނުވަތަ "ކުދި ކުދި" އަލާމާތްތައް ފެނިފައިވާ ކަމަށް އެ އިދާރާތަކުން ބުނެއެވެ. އެކަމަކު ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޔޫނެސް ޕަނާހީ ވަނީ މި ހަފުތާގެ ކުރީކޮޅު ވަނީ ވިހަވި ކަން ކަށަވަރު ކޮށްދިން ފުރަތަމަ އޮފިޝަލަކަށް ވެފައެވެ. ދައުލަތުގެ މީޑިއާތަކާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ އަންހެން ކުދިން ސްކޫލަށް ދިއުން ހުއްޓުވަން "ބައެއް މީހުން" ބޭނުންވާ ކަމަށެވެ. ނަމަވެސް ތަފްސީލެއް ނުދެއްވައެވެ.
ޕަނާހީ ވިދާޅުވީ ކުދިން ވިހަވެފައިވަނީ ފިހާރަތަކުން ލިބެން ހުންނަ ކެމިކަލްތަކުގެ ސަބަބުން ކަމަށެވެ. އެއްވެސް ވައިރަހެއް ނުވަތަ ބެކްޓީރިއާއެއް ނުހިމެނޭތީ އެ ވައިރަސް ނުފެތުރޭ ކަމަށް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
