އިރާނުގެ ރައީސްގެ ކުއްލި އަވަހާރަވުން: މުޅި އިސްލާމީ އުންމަތް ރޮއްވާލައިފި

އިރާނުގެ ރައީސްގެ ކުއްލި އަވަހާރަވުން: މުޅި އިސްލާމީ އުންމަތް ރޮއްވާލައިފި
ލިޔުން:
އާޒަރުބައިޖާނުގެ ބޯޑަރުކައިރިން ރިޔާސީ ޚާއްސަ ހެލިކޮޕްޓަރެއްގައި ދަތުރަށް ފެއްޓެވިތާ މާގިނައިރެއް ނުވެއެވެ. ކުއްލިއަކަށް ހެލިކޮޕްޓަރުން މުވާސަލާތީ ޚިދުމަތް މެދުކެނޑުނެވެ. އޭގެ ކުރިން އެ ހެލިކޮޕްޓަރު ދުއްވަން އިން އިސްޕައިލެޓް ބުނެފައިވަނީ މޫސުމް ގޯސްވުމުގެ ސަބަބުން ހެލިކޮޕްޓަރުގެ ކޮންޓްރޯލް ގެއްްލިއްޖެ ކަމަށާއި ހެލިކޮޕްޓަރު ވެއްޓެން ދަނީ މާބާރުމިނެއްގައި ކަމަށެވެ. އެވާހަކަތައް އިރާނުގެ ރަސްމީ އިދާރާތަކުން އެންމެ ފަހު ވަގުތާ ހަމައަށް ވެސް ސިއްރުކޮށްގެން ތިބީ އިރާނާއި މުޅި އިސްލާމީ އުންމަތަށް ލިބޭނެ ހިތާމައާއި މާޔޫސްކަމަށް ބަލާފައެވެ.
ރައިސީއާއެކު ދަތުރުކުރެއްވި އެޤައުމުގެ ޚާރިޖީ ވަޒީރު ހުސައިން އަމީރު އަބްދުﷲ ހިޔާންއާ، އިރުމަތީ އަޒަރުބައިޖާން ޕްރޮވިންސްގެ ގަވަރުނަރު މަލިކް ރަހުމަތީ އަދި ތަބްރީޒް މިސްކިތުގެ އިމާމް އާޔަތުالله އަލްހާޝިމީވެސް އަވަހާރަވެފައިވާކަމަށް އިރްނާއިން ވަނީ ރިޕޯޓުކޮށްފައެވެ. އީރާނުގެ ކަމާބެހޭ ފަރާތްތަކުން ބުނެފައިވަނީ ހެލިކޮޕްޓަރުގައި ދަތުރުކުރި މީހުންގެ ހަށިގަނޑުތައް ދެނެނުގަނެވޭ ވަރަށް އަނދާފައިވާކަމަށެވެ.
ހިތާމައިގެ އިންތިހާއެވެ. ބޮޑު ސުވާލަކީ މިބޭފުޅުންގެ ކުއްލި އަވަހާރަވުމުގެ ފަހަތުގައި އެމެރިކާ އާއި ޔަހޫދީންގެ ނުލަފާ ރޭވުމެއް ނެތް ބާވައެވެ؟ އީރާނުން މިސުވާލުގެ ޖަވާނު ލަސްތަކެއް ނުވެ ހޯދާނެއެވެ. މިއީ ސަހްޔޫނީ ޔަހޫދީންގެ ނުލަފާ ރޭވުމެއް ކަމުގައި ސާބިތުވެއްޖެ ނަމަ، ބޮޑު މާސިންގާ ނުރައްކަލެއް ކުރިމަތިވީއެވެ.
އިބްރާހީމް ރައީސީ އަކީ މިހާރު ހުންނެވި ރޫހާނީ ލީޑަރަށް ފަހު، ރޫހާނީ ލީޑަރަށް ހެދުމަށް ތައްޔާރު ކުރަމުން ގެންދިޔަ ޝަޚްސިއްޔަތެވެ. އަދި ޚާރިޖީވަޒީފު ހުސައިން އަމީރު އަކީ މިވަގުތު ދުނިޔޭގައި ތިއްބެވި، ޗައިނާ، އެމެރިކާ، އަދި އިންޑިއާގެ ޚާރިޖީ ވަޒީރުން ފަދައިން އަރާ ހުންނެވި ހިލްމާއި އިލްމުވެރި ކުޅަދާނަ ބޭފުޅެކެވެ. އިސްލާމީ އުންމަތަށް ގެއްލިގެން މިދިޔައީ ފާހަގަކޮށްލެވޭ ވަރުގަދަ ދެޝަޚްސިއްޔަތެވެ. މިޝަހީދުންގެ ފުރާނަފުޅުތައް ތާއަބަދު ދިރިތިބީންގެ ގޮތުގައި ލައްވާށިއެވެ. އަދި އިސްލާމީ އީރާނަށް އިތުރު ހިތްވަރު ދެއްވާށިއެވެ. އާމީން!
އީރާނުގެ ރައީސްގެ ކުއްލި ވަކިވުމަކީ މުޅި އިސްލާމީ އުންމަތަށް ލިބިގެންދިޔަ ބޮޑު ހިތާމައެކެވެ. މުޅި ދުނިޔޭގެ ސޯޝަލް މީޑިއާގައި އޮތީ އެމަނިކުފާނަށް ހެޔޮދުއާކުރުމުގެ މެސެޖްތަކެވެ. ދުނިޔޭގެ ގައުމުތަކުގެ ވެރިންގެ ތައުޒިޔާގެ އަޑު ވަނީ ގުގުމާފައެވެ.
ރައީސާއި ފޮރިން މިނިސްޓަރު އަވަހާރަވުމާ ގުޅިގެން ކެބިނެޓުންވަނީ ކުއްލި ބައްދަލުވުމެއް ބާއްވާފައެވެ. ދެން އެޤައުމުގައި އަމަލު ކުރާނެ ގޮތް އެ ޤައުމުގެ ޤާނޫނު އަސާސީގެ 131ވަނަ މާއްދާގައި ބަޔާން ކޮށްފައިވެއެވެ. އެ މާއްދާގައި ބުނެފައި ވަނީ, ރައީސްކަމުގެ މަޤާމު ފުރުއްވަމުން ގެންދަވާ ބޭފުޅަކު އަވަހާރަވެއްޖެ ނަމަ, ނުވަތަ މަޤާމުގެ މަސްއޫލިއްޔަތުތައް ފުރިހަމަ ކުރައްވަން އުޒުރުވެރިވާ ހާލަތެއް މެދުވެރިވެއްޖެ ނަމަ, ފުރަތަމަ ނައިބު ރައީސްގެ މަޤާމު ފުރުއްވަމުން ގެންދަވާ ބޭފުޅަކު ރައީސް ކަމުގެ މަސްއޫލިއްޔަތުތަކާ ހަވާލުވެ ވަޑައިގަންނަވަން ޖެހޭނެ ކަމުގައެވެ. އެ ކަން ކުރެވޭނީ އީރާނުގެ ޒައީމް އަދި ރޫހާނީ ލީޑަރުގެ ރުހުމާ އެކުގައި ކަމަށް ވެސް އެ މާއްދާގައި ބަޔާން ކޮށްފައިވެއެވެ. އެއަށްފަހު, ފުރަތަމަ ނައިބު ރައީސްގެ މަޤާމު ފުރުއްވަމުން ގެންދަވާ ބޭފުޅާއާއި, ޤާނޫނު ހަދާ މަޖިލީހުގެ ރައީސާއި, ޝަރުޢީ ދާއިރާގެ އިސްވެރިޔާގެ މައްޗަށް އެކުލެވިގެންވާ ކައުންސިލެއް އެކުލަވައިލަން ޖެހޭނެއެވެ. އައު އިންތިޚާބެއް ބާއްވައި, އައު ރައީސަކު އިންތިޚާބު ކުރުމުގެ ކަންކަން ވިލަރެސް ކުރަން ޖެހޭނީ އެ ކައުންސިލުންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މޭޔަރުގެ މަގާމު ނުލިބުނުނަމަ ވިވަގުތު އާދަމް އާޒިމް ހުންނާނެ ކަމަށް ގަބޫލުކުރެވެނީ ސަރުކާރު ކުންފުންޏެއް ހިންގަން

އިންތިހާބު ގިނަވި ވަރަކަށް ރައްޔިތުންނަށްވާ ފައިދާ ބޮޑުވެ، ތަރައްގީ އަވަސްވޭ

ޕީއެންސީގެ މޭޔަރެއް މާލެސިޓީއަށް ގެންނައުމަށްވުރެ، އެޕާޓީން އާޒިމަށް މޭޔަރުކަން ހޯދައިދިނުން ގާތްކަމަށް ގިނަ ބަޔަކު ދެކެނީ ކީއްވެ!

އިންތިހާބުކުރާ މަގާމުތައް މަދުކޮށް އައްޔަނުކުރާ މަގާމުތައް އިތުރުކުރާނަމަ ވެރިއަކަށް އެހުރީ ޑިކްޓޭޓަރެކެވެ!

މީޑިއާއި މެދު ނަތަންޔާހޫ އާއި މުއިއްޒުގެ ވިސްނުން ދާދި އެއްގޮތް

ބީއެމްއެލް އާއި އެމްއޭސީއެލްގައި ހުރި ފައިސާއިން މުއިއްޒުގެ ހުރިހާ ވައުދެއް ފުއްދިދާނެތަ؟
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
