އީރާން އަންހެން ދަރިވަރުން ވިހަވާ މައްސަލަ: 100 މީހަކު ހައްޔަރުކޮށްފި

އީރާން އަންހެން ދަރިވަރުން ވިހަވާ މައްސަލަ: 100 މީހަކު ހައްޔަރުކޮށްފި
ލިޔުން:
އީރާނުގެ ސްކޫލް އަންހެން ކުދިންނަށް ވިހަދިން މައްސަލައިގައި މިހާތަނަށް 100 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
އީރާނުގެ ދާހިލީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ ތެހެރާން، ކޫމް، ޒަންޖަން، ހުޒެސްތާން، ހަމީދާން، ފާސް އަދި ގިލާން ސިޓީން 100 އަށް ވުރެ ގިނަ މީހުން ދެނެގަނެ ތަހުގީގަށް ހައްޔަރު ކޮށްފައިވާ ކަމަށެވެ.
ފާއިތުވި މަސްތަކުގައި އީރާނުގެ ބައެއް ސިޓީތަކުގެ ހޮސްޕިޓަލްތަކުގައި 1،200 ސްކޫލް އަންހެން ކުދިން އެޑްމިޓްކޮށްފައި ވަނީ ވިހަވުމުގެ ސަބަބުން ސީރިއަސް އަލާމާތްތަކެއް ފެނުމުންނެވެ. ބައެއް ރިޕޯޓްތަކުގައި ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހޭ ދަރިވަރުންގެ އަދަދު މިއަށްވުރެ ވެސް މައްޗަށް ވަނީ ގޮސްފައެވެ.
މިނިސްޓްރީން ބުނީ ހައްޔަރުކުރި މީހުންގެ ތެރޭގައި ދެކޮޅުވެރި ކަންތައްތަކެއް ހާސިލްކުރަން ބޭނުންވާ މީހުންނާއި ދަރިވަރުންގެ މެދުގައި ބިރުވެރިކަން އުފެއްދުމުގެ މަސައްކަތްކުރާ ބަޔަކު ހިމެނޭ ކަމަށެވެ. އަލްބޭނިއާގައި ހަރަކާތްތެރިވާ އީރާނުގެ އިދިކޮޅު ޖަމާއަތެއް ކަމަށްވާ މުޖާހިދީން އީ ހަލްކް އޯގަނައިޒޭޝަން (އެމްއީކޭ) އާ ގުޅުން އޮތް ބަޔަކުވެސް ހިމެނޭ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިދިޔަ ހަފުތާއިން ފެށިގެން ވިހަވުމުގެ މައްސަލަތައް ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށާއި ތައުލީމީ ހަރަކާތްތައް އާންމު ހާލަތަށް އައިސްފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
