މާލެ: 31°C

ބަޑީގެ ހަމަލާތަކާއެކު އީރާން - އަފްގާން ބޯޑަރުގެ މަޝްރަހު ގޯސްވެއްޖެ

May 28, 2023
2 ފަހަރު ބަލާފައި
ބަޑީގެ ހަމަލާތަކާއެކު އީރާން - އަފްގާން ބޯޑަރުގެ މަޝްރަހު ގޯސްވެއްޖެ
ބަޑީގެ ހަމަލާތަކާއެކު އީރާން - އަފްގާން ބޯޑަރުގެ މަޝްރަހު ގޯސްވެއްޖެ
އީރާނާއި އަފްގާނިސްތާނުގެ ބޯޑަރު ޕޯސްޓެއް ކައިރީގައި ހިނގި ބަޑީގެ ހަމަލާތަކެއްގައި އީރާނުގެ ދެ ގާޑަކާއި ތާލިބާނުންގެ ހަނގުރާމަވެރިއަކު މަރުވެއްޖެއެވެ. ބޯޑަރު ޕޯސްޓު ކައިރީގައި ހިނގި އެ ހާދިސާގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަން ވަނީ އިތުރުވެފައެވެ. ގުޅުން ގޯސްވެފައިވަނީ ފެނުގެ ހައްގުތަކާ މެދު އުފެދިފައިވާ ހިޔާލު ތަފާތުވުންތަކުގެ ސަބަބުންނެވެ. އަފްގާނިސްތާނުގެ ދާހިލީ ވުޒާރާގެ ތަރުޖަމާނު އަބްދުލް ނާފީ ތަކޯރު ވިދާޅުވީ އެންމެ ފުރަތަމަ ބަޑިޖަހަން ފެށީ އީރާނުގެ ބޯޑަރު ސިފައިން ކަމަށެވެ. އެކަމަށް ރައްދު ދިނުމުގެ ގޮތުން އަފްގާނިސްތާނު ސިފައިން ބަޑިޖެހި ކަމަށް އޭނާ ވިދާޅުވިއެވެ. ތަރުޖަމާނު ވިދާޅުވީ މިހާރު ހާލަތު ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ. އަފްގާނިސްތާނުން އަވަށްޓެރި ގައުމުތަކާ އެކު ހަމަނުޖެހުން ހިންގަން ބޭނުން ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް މި ހާދިސާގައި މަރުވި މީހުންގެ ތަފްސީލެއް ނުދެއްވައެވެ. އީރާނުގެ ރަސްމީ ނޫސް އެޖެންސީ، އިރްނާއިން ބުނީ އީރާނުގެ ބޯޑަރު ގާޑުންގެ ދެ މީހަކު މަރުވެ، އީރާނުގެ އާންމުންގެ ދެ މީހަކު ޒަހަމްވެފައިވާ ކަމަށެވެ. ތެހެރާން ޓައިމްސް އިން ބުނީ އެ ހަމަލާގައި އީރާނުގެ ބޯޑަރު ބަލަހައްޓާ ތިން މީހަކު މަރުވެފައިވާ ކަމަށެވެ. ދާދި ފަހުން ހިނގި ހަމަނުޖެހުންތަކަކީ އީރާނުގެ ރައީސް އިބްރާހިމް ރައީސީ މި މަހުގެ ކުރީކޮޅު ތާލިބާނުންނަށް އިންޒާރު ދެއްވުމާ ގުޅިގެން ހިނގި ހަމަނުޖެހުންތަކެކެވެ. ރައީސީ ވަނީ ހެލްމަންޑް ކޯރުން އީރާނުގެ އިރުމަތީ ސަރަޙައްދުތަކަށް މެދުކެނޑުމެއްނެތި ފެން ފޯރުކޮށްދިނުމަށް 1973 ވަނަ އަހަރު އެކުލަވާލި މުއާހަދާއާ ހިލާފުނުވުމަށް ތާލިބާނުންނަށް އިންޒާރު ދެއްވާފައެވެ. ނަމަވެސް އަފްގާނިސްތާނުގެ ތާލިބާނުންގެ ވެރިކަންކުރާ ފަރާތްތަކުން ވަނީ އެކަމާ ހިލާފުވެފައިވާ ކަމަށް ކުރާ ތުހުމަތުތައް ދޮގުކޮށްފައެވެ. މި ހަމަނުޖެހުންތަކާ ގުޅިގެން އީރާނުގެ ކަމާބެހޭ ފަރާތްތަކުން ނިންމީ މިލަކް-ޒަރަންޖް ބޯޑަރު ޕޯސްޓު ބަންދުކުރުމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ