އިންތިހާބުގައި ޓްރަންސްޕޭރެންސީ ނެތް ކަމަށް ބުނުމުން ތުރުކީން ހިތްހަމަނުޖެހިއްޖެ

އިންތިހާބުގައި ޓްރަންސްޕޭރެންސީ ނެތް ކަމަށް ބުނުމުން ތުރުކީން ހިތްހަމަނުޖެހިއްޖެ
ލިޔުން:
ތުރުކީގައި އާދީއްތަ ދުވަހު ބޭއްވި އިންތިހާބުގައި ދެފުށް ފެންނަ ގޮތެއް ނެތް ކަމަށް ބުނެ އިންޓަނޭޝަނަލް އޮބްޒާވަރު މިޝަންއިން ދެއްކި ވާހަކަތަކަށް އެ ގައުމުގެ ހާރިޖީ ވުޒާރާއިން ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.
އެެހެން ބުނެފައިވަނީ ޖޮއިންޓް އޮބްޒަވޭޝަން މިޝަންގައި ހިމެނޭ އޯއެސްސީއީ އޮފީސް ފޯ ޑިމޮކްރެޓިކް އިންސްޓިޓިއުޝަންސް އެންޑް ހިއުމަން ރައިޓްސް (އޯޑީއައިއެޗްއާރް) އާއި އޯއެސްސީއީ ޕާލަމެންޓްރީ އެސެމްބްލީ (އޯއެސްސީއީ ޕީއޭ) އަދި ކައުންސިލް އޮފް ޔޫރަޕް (ޕޭސް) ގެ ޕާލަމެންޓްރީ އެސެމްބްލީގެ މަންދޫބުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައެވެ.
އޯޑިއައިއެޗްއާރު އިލެކްޝަން އޮބްޒަވޭޝަން މިޝަންގެ ވެރިޔާ ސަފީރު ޔާން ޕީޓާސަން ވިދާޅުވީ، އިންތިހާބާ ބެހޭ އިދާރީ މަސައްކަތްތަކުގައި ދެފުށް ފެންނަ ގޮތެއް ނެތުމާއި، އިންތިހާބާ ދިމާކޮށް ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅިފައިވާތީ ހިތާމަކުރާ ކަމަށެވެ.
ބުދަ ދުވަހު ތުރުކީގެ ހާރިޖީ ވުޒާރާއިން ވަނީ އެ ވާހަކަތަކަކީ ސިޔާސީ ގޮތުން ދައްކާފައިވާ ކަމަށް ބުނެފައެވެ.
ހާރިޖީ ވުޒާރާއިން ބުނެފައިވަނީ އެ ރިޕޯޓުގައިވާ ވާހަކަތަކަކީ އިންތިހާބީ މަރުހަލާގެ އިމުގެ ބޭރުން ދައްކާ ވާހަކަތަކެއް ކަމަށާއި އެއީ މިނިވަން އަދި އިންސާފުވެރި އޮބްޒަވޭޝަންގެ އުސޫލުތަކާ އެއްގޮތް ވާހަކަތަކެއް ނޫން ކަމަށެވެ. އަދި ސިޔާސީ އެނަލިސިސް އާއި ބަޔަސްޑް ކޮމެންޓްތަކުގެ ސަބަބުން އޯއެސްސީއީ ގެ އިންތިހާބީ އޮބްޒަވޭޝަން މިޝަންތަކުގެ އިތުބާރު ގެއްލޭނެ ކަމަށް ހާރިޖީ ވުޒާރާއިން ފާހަގަކުރިއެވެ.
އިންތިހާބުގެ މޮނިޓަރުން ބުނީ ކެމްޕޭނު ކުރުމުގައި އިދިކޮޅު ޕާޓީތަކަށް ވުރެ ރައީސް ރަޖަބް ތައްޔިބު އުރުދުއާންގެ ސިޔާސީ ޕާޓީ އަށް އެޑްވާންޓޭޖެތަކެއް އޮތް ކަމަށެވެ. ނަމަވެސް ބައެއް ހާދިސާތަކާ އެކުވެސް އާންމު އިންތިހާބަކީ ވަރަށް ބޮޑަށް ސުލްހަވެރި އިންތިހާބެއް ކަމަށާއި ހައި އިލެކްޝަން ބޯޑު (ވައިއެސްކޭ) ގެ ހަރުދަނާ މަސައްކަތަށް ތައުރީފު ކުރައްވާ ކަމަށް އެ ބޭފުޅުން ވިދާޅުވިއެވެ.
ތުރުކީގެ އިންތިހާބުގެ ދެވަނަ ބުރު އޮންނާނީ މި މަހުގެ 28 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
