މާލެ: 31°C

އިންތިހަބާ ދިމާކޮށް ފައިސާ ބަހަން އުޅުނު ނައިޖީރިއާގެ އެމްޕީއަކު ހައްޔަރުކޮށްފި

February 25, 2023
2 ފަހަރު ބަލާފައި
އިންތިހަބާ ދިމާކޮށް ފައިސާ ބަހަން އުޅުނު ނައިޖީރިއާގެ އެމްޕީއަކު ހައްޔަރުކޮށްފި
އިންތިހަބާ ދިމާކޮށް ފައިސާ ބަހަން އުޅުނު ނައިޖީރިއާގެ އެމްޕީއަކު ހައްޔަރުކޮށްފި
ނައިޖީރިއާގެ އާންމު އިންތިހާބުގެ އެއް ދުވަސް ކުރިން 498،100 ޑޮލަރުގެ ފައިސާގެ ގޮތުގައި އަތުލައިގަނެ، މަނީ ލޯންޑަރިންގެ ތުހުމަތުގައި ނައިޖީރިއާގެ ސިޔާސީ ބޭފުޅަކު ހައްޔަރުކޮށްފިއެވެ. މި މައްސަލާގައި ހައްޔަރުކުރީ ގާނޫނު ހަދަ މަޖިލީހުގެ މެމްބަރެއް ކަމަށްވާ ޗިންޔެރޭ އިގްވޭއެވެ. ފުލުހުން ބުނީ ފައިސާ ފެނިފައިވަނީ އިގްވޭގެ ކާރު ތެރެއިން ކަމަށެވެ.  ފައިސާ ދޭނެ މީހުންގެ ލިސްޓެއްވެސް އޭނާ ގެންގުޅުނު ކަމަށް ފުލުހުން ބުންޏެވެ. މީގެ ކުރިން ބޭއްވި އިންތިހާބުތަކުގައި ވެސް ސިޔާސީ ފަރާތްތަކުން ވޯޓު ގަނެގެން އިންތިހާބު އޮޅުވާލާފައިވާ ކަމުގެ ތުހުމަތުތަކެއް ވަނީ ކުރެވިފައެވެ. ނައިޖީރިއާގައި، ދާދި ފަހުން ވަނީ ފައިސާގެ އާ ނޫޓުތަކެއް ނެރެފައެވެ. ނަމަވެސް އަލަށް ނެރޭ ނޫޓުތަކުގެ ތެރެއިން އެކަށީގެންވާ މިންވަރަށް ނޫޓު ދައުރުނުވުމުގެ ސަބަބުން ގިނަ ބަޔަކު ރުޅިގަދަވެ މާޔޫސްކަން ވަނީ އުފެދިފައެވެ. ނައިޖީރިއާގެ 40 އިންސައްތަ މީހުންގެ ބޭންކް އެކައުންޓެއް ނެތުމުން ކާބޯތަކެތި ގަތުމަށާއި އެހެނިހެން އާންމު ބޭނުންތަކަށް ބަރޯސާވަނީ ނަގުދު ފައިސާއަށެވެ. އިގްވޭ ހައްޔަރުކުރުމަށް ފަހު "ރިވާސް" ސްޓޭޓްގެ ފުލުހުން ކުރި ޓުވީޓެއްގައި ވަނީ އިންތިހާބީ ގާނޫނާއި ކަމާ ގުޅޭ އެހެނިހެން ގާނޫނުތަކުގައި ވާ ގޮތުގެ މަތިން ހުރިހާ ބައިވެރިންނާއި ސިޔާސީ ޕާޓީތަކަށް ހަރުކަށި ކޮށް އަމަލުކުރުމަށް އިލްތިމާސްކޮށްފަ އެވެ. ދެކުނުގެ ސިޓީއެއް ކަމަށްވާ ޕޯޓް ހާކައުޓްގެ ބައެއް ތަމްސީލު ކުރައްވާ އިގްވޭ އަދި މިކަމާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. މި އިންތިހާބަކީ 1999 ވަނަ އަހަރު އަސްކަރީ ވެރިކަން ނިމުމަކަށް ގެނައުމަށްފަހު ބާއްވާ އެންމެ ވާދަވެރި އިންތިހާބު ކަމަށް ބެލެވޭއިރު، ތިން ކެނޑިޑޭޓުން ކަމަށްވާ ޕީޑީޕީގެ އާތިކޫ އަބޫބަކުރު، ލޭބާ ޕާޓީގެ ޕީޓާ އޮބީ އަދި ވެރިކަން ކުރާ އޭޕީސީގެ ބޯލާ ތިނުބޫ އަކީ ވެސް ކާމިޔާބު ހޯދުމުގެ ފުރުސަތު އޮތް ކެންޑިޑޭޓުންގެ ގޮތުގައި ބެލެވެ އެވެ. އެގައުމުގެ އިލެކްޓޯރަލް ކޮމިޝަންގެ ވެރިޔާ އިނެކް ބީބީސީގެ ޕީޓާ އޮކްވޯޗޭއަށް ވިދާޅުވީ ހޮނިހިރު ދުވަހު ބާއްވާ ވޯޓަށް ކަމާބެހޭ ފަރާތްތަކުން ތިބީ ތައްޔާރަށް ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ