އިންތިހާބުގެ ތަހުގީގަށް ޕެންސްގެ ހެކިބަސް ނެގުން ހުއްޓުވަން ޓްރަމްޕް މަސައްކަތްކުރަނީ

އިންތިހާބުގެ ތަހުގީގަށް ޕެންސްގެ ހެކިބަސް ނެގުން ހުއްޓުވަން ޓްރަމްޕް މަސައްކަތްކުރަނީ
ލިޔުން:
2020 ވަނަ އަހަރު އެމެރިކާގެ އިންތިހާބުގެ ނަތީޖާ ބަދަލުކުރުމަށް ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަމަލުކުރެއްވި ގޮތް ބަލަމުންދާ އިންވެސްޓިގޭޓަރުންނާއި ކުރީގެ ނައިބް ރައީސް މައިކް ޕެންސް ހެކިބަސް ދިނުން ހުއްޓުވަން ޓްރަމްޕްގެ ވަކީލުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
އެނގިވަޑައިގަންނަވާ ކަންކަމުގެ މައުލޫމާތު ދެއްވުމަށް ގާޒީން ވަނީ މިދިޔަ ހަފުތާގައި ޕެންސްއަށް އަމުރުކޮށްފައެވެ. އެކަން ހުއްޓުވަން ޓްރަމްޕްގެ ވަކީލުން މަސައްކަތްކުރެއްވި ކަމަށް ވިޔަސް ޕެންސް ވަނީ ފަނޑިޔާރުގެ އަމުރާ ދެކޮޅަށް މަސައްކަތް ނުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
ޕެންސްގެ ހެކިބަސް ނެގުން ހުއްޓުވުމަށް ޓްރަމްޕްގެ ވަކީލުން އެހެން ކޯޓަކަށް އަންގާފައިވީ ނަމަވެސް މިފަހަރު މިއީ އާންމުންނަށް ނުފެންނަ ސިއްރު ކޯޓެއްގެ ފައިލިންއެކެވެ.
ވަކީލުން އަދިވެސް މަސައްކަތް ކުރަމުން ދަނީ ޕެންސް، އިންވެސްޓިގޭޓަރުންނާ ވާހަކަ ދެއްކުން ހުއްޓުވޭނެ ގޮތެއް ހޯދަމުންނެވެ.
ތަހުގީގީ ފަރާތްތަކާ ވާހަކަ ދައްކަން ޕެންސް ތައްޔާރުވަމުން އަންނައިރު 2024 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އޭނާ ވާދަކުރައްވާނެ ކަމަށް ބެލެވެއެވެ.
ޓްރަމްޕްގެ ޓީމުން އެ ތަހުގީގާ މެދު ނުތަނަވަސްވެފައިވާ އިރު، ޑިޕާޓްމަންޓް އޮފް ޖަސްޓިސް އިން މަސައްކަތް ކުރަނީ ގާނޫނީ ގޮތުން މުހިންމު ހިމާޔަތްތަކެއް ނަގަން ކަމަށް ބުނެ ވަކީލުންގެ ޓީމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
