ޔޫއޭއީގެ ފެޑެރަލް އެންޓި ނާކޮޓިކްސް ޖެނެރަލް ޑައިރެކްޓްރޭޓްގެ ޑިރެކްޓާ ޖެނެރަލް ބްރިގޭޑިއާ ސައީދު އަލް ސުވައިދީ ބުރާސްފަތި ދުވަހު ވިދާޅުވީ ކިޑާންގެ ޝަރީއަތް ކުރިއަށް ގެންދާނީ އެ ގައުމުގައި ކަމަށެވެ.
"ޔޫއޭއީ ޕަބްލިކް ޕްރޮސެކިއުޝަނުން މިވަގުތު އޭނާގެ ފައިލް ރިވިއު ކުރަމުން ދަނީ،" ބްރިގޭޑިއާ އަލް ސުވައިދީ ވިދާޅުވިއެވެ. "އޭނާގެ ޝަރީއަތް އެންމެ ފުރަތަމަ ކުރިއަށް ދާނީ ޔޫއޭއީގައި، އޭނާއަށް ހުކުމް ކުރުމުން އިތިއޯޕިއާ ނުވަތަ ނެދަލޭންޑްސް އަށް ފޮނުވާލުމާ މެދު ކޯޓުން ފަހުން ގޮތެއް ނިންމާނެ" އަލް ސުވައިދީ ވިދާޅުވިއެވެ.އިންސާނީ ވަގުފާރީގެ ލީޑަރަކު ސޫދާނުން ހައްޔަރުކޮށްފި

އިންސާނީ ވަގުފާރީގެ ލީޑަރަކު ސޫދާނުން ހައްޔަރުކޮށްފި
ލިޔުން:
އެފްރިކާގެ ގައުމުތަކުން ޔޫރަޕަށް މީހުން ޓްރެފިކްކުރުމުގެ ތުުހުމަތު ކުރެވޭ "މޯސްޓް ވޯންޓެޑް ޕީޕަލް ސްމަގްލާ" ހައްޔަރުކޮށްފިއެވެ.
އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައިވާ ކިޑާން ޒެކަރިއަސް ހަބްޓެމަރިއަމް ހައްޔަރުކޮށްފައިވަނީ ޔޫއޭއީއާ ސޫދާނާ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ. ސޫދާނުން ހައްޔަރުކުރުމަށް ފަހު އޭނާ މިހާރު ވަނީ ޔޫއޭއީއަށް ގެންގޮސްފައެވެ.
އެރިޓްރީއާ އަށް ނިސްބަތްވާ ކިޑާންގެ މައްޗަށް ތުހުމަތު ކުރެވެނީ އެފްރިކާގެ ގައުމުތަކުން ޔޫރަޕަށް ވަގަށް މީހުން އެތެރެކުރުމާއި، އިންސާނީ ވަގުފާރި އާއި އެއާ ގުޅުން ހުރި އެހެނިހެން ކުށްތަކުގަ އެވެ. އޭނާ އަކީ 2019 ވަނަ އަހަރުން ފެށިގެން އިންޓަޕޯލްގެ ރާޑަރަށް އަރާފައި ހުރި މީހެކެވެ. މިދިޔަ އޮކްޓޫބަރު މަހު ނެދަލޭންޑްސްގެ ޕްރޮސެކިއުޓަރުން ވަނީ ކިޑާން، އެމީހުންގެ މޯސްޓް ވޯންޓެޑް ލިސްޓުގައި ހިމަނައިފައެވެ.
ޔޫއޭއީގެ ބޮޑުވަޒީރުގެ ނައިބު އަދި ދާހިލީ ވަޒީރު ޝެއިހް ސައިފް ބިން ޒައިދު އަލް ނަހްޔާން ވިދާޅުވީ ޔޫއޭއީއިން އިސްނަގައިގެން އަދި އިންޓަޕޯލްއާ ގުޅިގެން ނުވަ މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ގްލޯބަލް ޕޮލިސް އޮޕަރޭޝަންގެ ކާމިޔާބީގެ ނަތީޖާއަކަށްވީ ބައިނަލްއަގްވާމީ ގޮތުންނާއި ޔޫއޭއީއިން ބޭނުންވާ މީހުން ހައްޔަރުކުރެވުން ކަމަށެވެ.
"އޭގެ ތެރޭގައި ޖަލުން ފިލައިގެން އުޅޭ އަދި އިންސާނީ ވަގުފާރީގެ ލީޑަރު ކިޑާން ޒެކަރިއަސް އާއި މަނީ ލޯންޑަރިންގެ ކުށުގައި ހޯދަން ބޭނުންވާ އޭނާގެ ކޮއްކޮ ހެނޮކް ޒަކަރިއްޔާ ހިމެނޭ" ސައިފް ބިން ޒަިއދު ވިދާޅުވިއެވެ.
އިތިއޯޕިއާގެ ވެރިރަށް އެޑިސްއަބާބާ އިން 2020 ވަނަ އަހަރު ކިޑާން ހައްޔަރުކުރިއެވެ. ނަމަވެސް 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އޭނާ ޖަލުން ފިލިއެވެ. އޭގެ ހަތަރު މަސް ފަހުން ޢައިރު ހާޒިރުގައި އޭނާގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވިއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
