އިންސާނީ ވަގުފާރީގެ މައްސަލާގައި ޕާކިސްތާނުން 10 މީހަކު ހައްޔަރަށް

އިންސާނީ ވަގުފާރީގެ މައްސަލާގައި ޕާކިސްތާނުން 10 މީހަކު ހައްޔަރަށް
ލިޔުން:
އިންސާނީ ވަގުފާރީގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ 10 މީހަކު ޕާކިސްތާނުން ހައްޔަރުކޮށްފިއެވެ.
އެ މީހުން ހައްޔަރުކޮށްފައިވަނީ މި މަހުގެ 14 ވަނަ ދުވަހު ގްރީސްގެ އައްސޭރިފަށުން ހިތާމަވެރި ގޮތަކަށް ގެނބިގެން މަރުވި ހިޖުރަވެރިންނާއި ރެފިއުޖީންގެ ތެރެއިން ގިނަ މީހުންނަކީ ޕާކިސްތާނަށް ނިސްބަތްވާ މީހުންކަން އެނގުމާ ގުޅިގެންނެވެ.
ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވަނީ މީހުން ޓްރެފިކް ކުރުމުގައި ހަރަކާތްތެރިވާ އެޖެންޓުންނާ ދެކޮޅަށް ވަގުތުން ފިޔަވަޅު އެޅުމަށް އަންގަވާފައިވެއެވެ. އޭނާ ވިދާޅުވީ ކުށްސާބިތުވާ މީހުންނަށް ހަރުކަށި އަދަބު ދެއްވާނެ ކަމަށެވެ.
ޝެހްބާޒް ޝަރީފްގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިންސާނީ ވަގުފާރީގެ ނުރައްކާތެރި ޖަރީމާތަކުގައި ބައިވެރިވާ ފަރާތްތަކާ ދެކޮޅަށްކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ބޮޑުވަޒީރު އިރުޝާދެއް ދެއްވާފައިވާ ކަމަށެވެ.
އެގައުމުގެ ޓީވީ ޖިއޯ ނިއުސް އިން ބުނި ގޮތުގައި ފެޑެރަލް އިންވެސްޓިގޭޝަން އޭޖެންސީން ވަނީ އާޒާދު ޖައްމޫ އެންޑް ކަޝްމީރު (ކަޝްމީރުގެ އިސްލާމްއާބާދު ކޮންޓްރޯލް އޮންނަ ސަރަހައްދު) ގެ އެކި ސަރަހައްދުތަކުން އިންސާނީ ވަގުފާރި ކުރާ ކަމަށް ޝައްކު ކުރެވޭ މީހުން ހައްޔަރުކޮށްފައެވެ. ގައުމުން ބޭރަށް ފިލަން އުޅެނިކޮށް ކަރާޗީ އެއާޕޯޓުން އެކަކު ވަނީ ހިފަހައްޓާފައެވެ.
ޕާކިސްތާނުގެ ބާރުގެ ދަށުގައި އޮންނަ ކަޝްމީރުގެ ލޯކަލް އޮފިޝަލެއް ކަމަށްވާ ޗައުދަރީ ޝައުކަތު ވިދާޅުވީ، މީހުން ފުރުވުމަށް މަގުފަހިކޮށްދިނުމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ 10 މީހުންގެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ކޮންމެ އަހަރަކުވެސް ޕާކިސްތާނުގެ ގިނަ ޒުވާނުންތަކެއް ރަނގަޅު ދިރިއުޅުމެއް ހޯދުމުގެ ނިޔަތުގައި ވަގަށް ޔޫރަޕަށް އެތެރެވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
