އިންޑިއާގެ ފްލައިޓެއްގެ ކޮކްޕިޓްގައި ކެއި މައްސަލައެއް ފެންމަތިވެއްޖެ

އިންޑިއާގެ ފްލައިޓެއްގެ ކޮކްޕިޓްގައި ކެއި މައްސަލައެއް ފެންމަތިވެއްޖެ
ލިޔުން:
އިންޑިއާގެ ޕްރައިވެޓް އެއާލައިނަކުން ދަތުރުގެ މެދުތެރެއިން ފްލައިޓެއްގެ ކޮކްޕިޓްގެ ތެރޭގައި ކެއި ކަމުގެ ތުހުމަތުގައި ދެ ޕައިލެޓަކަށް ފިޔަވަޅު އަޅައިފިއެވެ.
ސްޕައިސްޖެޓްގެ މަތިންދާ ބޯޓެއްގެ ކޮކްޕިޓްގައި ކޮފީ ތައްޓެއް ބަހައްޓާފައި ހުރި ފޮޓޯއެއް މި ހަފުތާގެ ކުރީކޮޅު އާންމިއެވެ.
ރިޕޯޓްތައް ބުނާ ގޮތުން ފޮޓޯ ނެގިއިރު ފްލައިޓް އޮތީ 37،000 ފޫޓު މަތީގައެވެ.
އެ ފޮޓޯއާ ގުޅިގެން އިންޑިއާގެ އޭވިއޭޝަން ރެގިއުލޭޓަރުން ވަނީ އެ އެއާލައިނަށް އިންޒާރު ދީފައެވެ.
ސްޕައިސްޖެޓުން ބުދަ ދުވަހު ބުނީ އެ މައްސަލަ ބަލަމުން އަންނަ ކަމަށާއި ފޮޓޯ ނެގި ކަމަށް ތުހުމަތު ކުރެވޭ ދެ ޕައިލެޓުން ޑިއުޓީއަށް ނުނިކުމެވޭ ގޮތަށް ހަދާފައިވާ ކަމަށެވެ.
"ތަހުގީގު ނިމުމުން އެ މީހުންނާ މެދު އެކަށީގެންވާ ސުލޫކީ ފިޔަވަޅު އަޅާނެ،" ޓައިމްސް އޮފް އިންޑިއާ ނޫހަށް ދިން އިންޓަވިއުއެއްގައި އެއާލައިންގެ ތަރުޖަމާނު ވިދާޅުވިއެވެ.
އިންޑިއާގެ ވައިގެ ދަތުރުފަތުރުގެ ގަވައިދުތަކުގެ ދަށުން ޕައިލެޓުންނާއި ކްރޫންނަށް ކޮކްޕިޓްގެ ތެރޭގައި ކާބޯތަކެއްޗާއި ބުއިންތައް ގެންގުޅެވޭނީ ހަރުކަށި ގައިޑްލައިންތަކެއްގެ ދަށުންނެވެ.
ރިޕޯޓްތައް ބުނާގޮތުން ހާދިސާ ހިނގާފައިވަނީ ދިއްލީއިން އުތުރުއިރުމަތީގެ ސިޓީއެއް ކަމަށްވާ ގުވަހާޓީއަށް ދަތުރުކުރި ފްލައިޓެއްގައެވެ.
މި ޕޯސްޓު ވައިރަލްވެ ސޯޝަލް މީޑިއާގައި ރުޅިވެރިކަން އުފެދި، ޕައިލެޓުންގެ ފަރުވާކުޑަ އަމަލުތަކަށް ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.
"އިލެކްޓްރޯނިކްސް އަށް ކުޑަވެސް ޓްރަބިއުލެންސާއި ކޮފީ އޮއްސާލުމުން ވެސް ސިސްޓަމްތަކަށް ފައުލް ވާނެ. މިއީ ޖިނާއީ ކުށެއް،" އެ ފޮޓޯ އެންމެ ފުރަތަމަ ޓްވިޓާގައި ހިއްސާކުރި އޭވިއޭޝަން އެކްސްޕާޓް މޯހަން ރަންގަނަތަން ވިދާޅުވިއެވެ.
ސްޕައިސްޖެޓްގެ ތަރުޖަމާނަކު "ދަ ހިންދޫ" ނޫހަށް މައުލޫމާތު ދެމުން ބުނީ ހާދިސާ ހިނގި ސީދާ ޓައިމްލައިން ދެނެގަތުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނަ ކަމަށެވެ.
"އެ ފޮޓޯ ނެގީ ކޮން އިރަކު ކަމެއް، އެއީ ފަހުގެ ފޮޓޯއެއް ކަމެއް ނުވަތަ ކުރީގެ ފޮޓޯއެއް ކަމެއް، އޮޕަރޭޓް ކުރަމުން އަންނަ ދާއިރާތޯ ނުވަތަ ކްރޫއިން ކަމެއް ނުވަތަ ސުވާލު އުފެދޭ މަތިންދާ ބޯޓެއް ކަމެއް ވެސް ޕޯސްޓުން ސާފެއް ނުވޭ. އެ ތަފްސީލުތައް ހޯދުމުގެ މަސައްކަތް ކުރަމުން މިދަނީ،" އެ އެއާލައިނުން ބުންޏެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
