މާލެ: 31°C

އިނގިރޭސި ވިލާތުގައި ކުރިއަށްދާ މުޒާހިރާތައް ވަރުގަދަވެ މިހާތަނަށް 770 މީހުން ހައްޔަރުކޮށްފި

August 11, 2024
2 ފަހަރު ބަލާފައި
އިނގިރޭސި ވިލާތުގައި ކުރިއަށްދާ މުޒާހިރާތައް ވަރުގަދަވެ މިހާތަނަށް 770 މީހުން ހައްޔަރުކޮށްފި
އިނގިރޭސި ވިލާތުގައި ކުރިއަށްދާ މުޒާހިރާތައް ވަރުގަދަވެ މިހާތަނަށް 770 މީހުން ހައްޔަރުކޮށްފި
ނަސްލީ ތަފާތުކުރުމާ ދެކޮޅަށް އިންގިރޭސި ވިލާތުގެ ރައްޔިތުން ނިކުމެ ކުރަމުންގެންދާ މުޒާހަރާތައް ވަރުގަދަވެ މިހާތަނަށް އެތަށް ސަތޭކަ ބަޔަކު ހައްޔަރު ކޮށްފިއެވެ. ވިލާތުގެ ނޫސްތަކުން މައުލޫމާތު ގެނެސްދީފައިވާ ގޮތުގައި އިއްޔެއަކީ މުޒާހިރާ އެއްމެ ވަރުގަދަވި ދުވަހެވެ. އިއްޔެ މުޒާހިރާގައި ފުލުންނާ ދިމާލަށް މުޒާހިރާގެ ބައިވެރިން ޕެޓްރޯލް ބޮން ވެސް އުކާފައިވާކަމަށާއި އިއްޔެގެ މުޒާހިރާއާ ދެކޮޅަށް ފުލުހުންވަނީ ބާރުގެ ބޭނުވެސް ކޮށްފައެވެ. އިނގިރޭސި ވިލާތުގެ ފުލުހުން ހާމަކހާމަކޮށްފައިވާގޮތުގައި މިހާތަނަށް އެ މުޒާހިރާތަކުގައި 770 މީހުން ހައްޔަރުކޮސް 349 މީހުންގެ މައްޗަށް ދައުވާކުރުމަށްވަނީ ފޮނުވާފައެވެ. އިނގިރޭސި ވިލާތުގެ އައު ބޮޑުވަޒީރު މިހަފްތާ ގައި ނަންގަވަން ހަމަޖެހިފައިވާ ޗުއްޓީވެސް މިހާރުވަނީ ކެންސަލް ކުރައްވާފައިކަމަށް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. މުޒާހިރާތަށް ވަރުގަދަވެ އިނގިރޭސިވިލާތުގެ ހުރިހާ ސިޓީތަކަށް މުޒާހިރާތައް ފެތުރިފައިވާތީ މުޅި އިނގިރޭސިވިލާތުގެ މަގުތަކަށް މިހާރު ފުލުހުންވަނީ ނެރެފައެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ