އިންޑޮނޭޝިޔާއިން އީރާނުގެ ތެޔޮ ޓޭންކަރެއް ހިފަހައްޓައިފި

އިންޑޮނޭޝިޔާއިން އީރާނުގެ ތެޔޮ ޓޭންކަރެއް ހިފަހައްޓައިފި
ލިޔުން:
އިންޑޮނޭޝިޔާގެ ކަނޑުގެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ހަރަކާތްތެރިވަމުން ދިޔަ އީރާނުގެ އުޅަނދެއް އަތުލައިގަނެފިއެވެ.
ރިޕޯޓްތައް ބުނާ ގޮތުން އީރާނުގެ ދިދަ ޖަހާފައިވާ "ސުޕަޓޭންކަރު- އެމްޓީ 114" ތެޔޮ ބޯޓު ހުއްޓުވާފައިވަނީ ކެމަރޫންގެ ދިދަ ޖަހާފައިވާ އެމްޓީ އެސް ޓީނޯސްއާ އެކު ތެޔޮ ޓްރާންސްޝިޕްމަންޓް އޮޕަރޭޝަނެއްގައި އުތުރު ނަޓޫނާ ކަނޑު ކައިރިން އިންޑޮނޭޝިއާގެ ކޯސްޓްގާޑުގެ ޕެޓްރޯލް ދޯންޏެއް ކަމަށްވާ ކޭއެން ޕުލާއު މަރޯރޭއެވެ.
އެކަމެއް ހިނގާފައިވަނީ އިންޑޮނޭޝިއާގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯންގެ ތެރޭގައެވެ. އެ އުޅަނދުގައި ތެޔޮ ޓްރާންސްފާ ކުރުމަށް ބޭނުންވާ ހުއްދަވެސް ނެތެވެ. އިންސްޕެކްޝަނުން ސަލާމަތްވާން ވެގެން ދެ އުޅަނދު ވެސް ވަނީ މެލޭޝިއާގެ އެކްސްކްލޫސިވް ޒޯނާ ދިމާލަށް ފިލަން މަސައްކަތްކޮށްފައެވެ. ނަމަވެސް މެލޭޝިއާގެ މެރިޓައިމް އެންފޯސްމަންޓް އެޖެންސީގެ އެހީތެރިކަމާއެކު ކޯސްޓުގާޑުން ވަނީ ދެ ބޯޓުވެސް ހުއްޓުވާފައިވެއެވެ.
އިންޑޮނޭޝިއާގެ އޮފިސަރުންނަށް އެނގުނު ގޮތުގައި އެ އުޅަނދުގެ އޮޓޮމެޓިކް ޓްރެކިން ސިސްޓަމް އޮޅުވާލައި، އޮޓޮމެޓިކް އިންފޮމޭޝަން ސިސްޓަމް (އޭއައިއެސް) ނިއްވާލައި، ރަތް ކަނޑުގައި އޮތްކަން އަންގައިދިނުމަށް އޭއައިއެސްގެ ޑޭޓާ ސްޕޫފް ކޮށްފައިވާ ކަމަށެވެ.
އެމްޓީ އަރްމާން 114 ބޯޓުން މިސްރުގެ ކެޕްޓަނާއި އީރާނާއި ސީރިއާގެ ފަޅުވެރިންނާ އެކު ބޯޓުގައި ތިބި 29 މީހަކު ހައްޔަރުކޮށްފައިވެއެވެ. ސުޕަޓޭންކަރުގައި 272،569 ޓަނުތެޔޮ ހުރި އިރު، އެއީ ގާތްގަނޑަކަށް 2.3 މިލިއަން ފީފާއާ އެއްވަރުގެ ތެލެވެ. އޭގެ އެއީ 303 މިލިއަން ޑޮލަރުގެ އަގުހުރި ތެލެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
