މާލެ: 31°C

އިންޑޮނޭޝިއާ އަށް އައި ބިންހެލުމެއްގައި ހަތަރު މީހަކު މަރުވެއްޖެ

February 9, 2023
2 ފަހަރު ބަލާފައި
އިންޑޮނޭޝިއާ އަށް އައި ބިންހެލުމެއްގައި ހަތަރު މީހަކު މަރުވެއްޖެ
އިންޑޮނޭޝިއާ އަށް އައި ބިންހެލުމެއްގައި ހަތަރު މީހަކު މަރުވެއްޖެ
އިންޑޮނީޝިއާގެ ޕަޕުއާގެ އުތުރު އައްސޭރިފަށަށް އައި 5.4 މެގްނިޓިއުޑްގެ ބިންހެލުމުގައި ހަތަރު މީހުން މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އޮފިޝަލުން ބުނެފިއެވެ. އިންޑޮނޭޝިއާގެ މީޓިއޮރޮލޮޖީ، ކްލައިމެޓޯލޮޖީ އެންޑް ޖިއޮފިޒިކަލް އެޖެންސީ (ބީއެމްކޭޖީ) އިން ބުނީ މި ބިންހެލުން އައިސްފައިވަނީ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު އެ ގައުމުގެ ގަޑިން 1:28 ހާއިރު ޖަޔަޕޫރާ ސިޓީގެ ހުޅަނގު ދެކުނުން 10 ކިލޯމީޓަރު އަޑިން ކަމަށެވެ. "ކެފޭއެއް ވެއްޓި އެތަނުގައި ހަތަރު މީހުން މަރުވި. ކެފޭ ވެއްޓުނީ މޫދަށް" ޖަޔަޕޫރާ ޑިޒާސްޓާ މިޓިގޭޝަން އެޖެންސީގެ ވެރިޔާ އަސެޕް ހާލިދު ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވިއެވެ. ޖަޔަޕޫރާގެ ރައްޔިތުން ބުނި ގޮތުގައި ބިންހެލުމާ އެކު ގެތަކާއި ފިހާރަތަކުގައި ތިބި މީހުން ރައްކާތެރި ސަރަހައްދުތަކަށް މިސްރާބު ޖެހިކަމަށެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން  ފޮޓޯއަކުން ފެންނަނީ ބިންހެލުމުގެ ގެއްލުން ލިބުނު އިމާރާތެއް މޫދު އަޑިއަށް ގޮސްފައިވާ މަންޒަރެވެ. މޫސުމާ ބެހޭ އިދާރާއިން ވަނީ ބިންހެލުމުގެ އާފްޓާ ޝޮކްތައް އަންނާނެ ކަމުގެ އިންޒާރު ދީފައެވެ. ޔޫރަޕިއަން-މެޑިޓެރޭނިއަން ސިސްމޮލޮޖިކަލް ސެންޓަރު (އީއެމްއެސްސީ) އިން މި ބިންހެލުން ރެކޯޑް ކޮށްފައިވަނީ 5.5 މެގްނިޓިއުޑްގެ ބާރުމިނުގައެވެ. ޓެކްޓޯނިކް ޕްލޭޓްތައް ޖެހި ޕެސިފިކް ރިންގް އޮފް ފަޔާގައި އިންޑޮނޭޝިއާ އޮތުމުގެ ސަބަބުން އިންޑޮނޭޝިއާއަށް ގިނައިން ސިސްމިކް އަދި އަލިފާން ފަރުބަދަތަކުގެ ހަރަކާތްތައް ކުރިމަތިވެއެވެ. "ޖެނުއަރީ 2، 2023 އިން ފެށިގެން ޖަޔަޕޫރާގެ ވަށައިގެން 1،079 ބިންހެލުމެއް އައިސްފައިވާއިރު، އެ ބިންހެލުމުގައި ދިރިއުޅޭ މީހުންނަށް ގާތްގަނޑަކަށް 132 ބިންހެލުމެއް އިހުސާސް ކުރެވިފައިވޭ،" ބީއެމްކޭޖީގެ ޗީފް ދުވިކޯރިތާ ކަރްނަވަތީ ވިދާޅުވިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ