މާލެ: 31°C

އިންޑޮނޭޝިއާގައި، އިމާމުގެ މޫނަށް ކުޅު ޖެހި މީހަކަށް ދައުވާކޮށްފި

April 30, 2023
2 ފަހަރު ބަލާފައި
އިންޑޮނޭޝިއާގައި، އިމާމުގެ މޫނަށް ކުޅު ޖެހި މީހަކަށް ދައުވާކޮށްފި
އިންޑޮނޭޝިއާގައި، އިމާމުގެ މޫނަށް ކުޅު ޖެހި މީހަކަށް ދައުވާކޮށްފި
މުސްލިމުންގެ އާބާދީ އެންމެ ބޮޑު އިންޑޮނޭޝިއާގެ، ބަންޑުންގްގެ މިސްކިތެއްގައި އިމާމެއްގެ މޫނަށް ކުޅު ޖެހި ކަމުގެ ތުހުމަތުގައި އޮސްޓްރޭލިއާ މީހަަކަށް ދައުވާކޮށްފިއެވެ. އެ މައްސަލާގައި ދައުވާކޮށްފައިވަނީ ބްރެންޓަން ކްރެއިގް އައްބާސް އަބްދުﷲ މެކްއާތުރު ނަމަކަށް ކިޔާ އޮސްޓްރޭލިއާ ގެ ފިރިހެނެވެ. މިސްކިތުގެ ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި ބޭސްބޯލް ކެޕް އަޅައިގެން ހުރި މީހަކު މިސްކިތަށް ވަދެ އިމާމާ ވާހަކަ ދައްކައެވެ. އިރުކޮޅެއް ފަހުން އެ މީހާ އިމާމުގެ މޫނަށް ކުޅު ޖަހައެވެ. އެއަށް ފަހު އޭނާ މިސްކިތުން ނިކުމެގެންދެއެވެ. އިންޑޮނޭޝިއާގެ ފުލުހުން ބުނީ މެކްއާތުރު ދިރިއުޅެމުން ދިޔައީ މިސްކިތް ކައިރީގައި ހުރި ހޮޓަލެއްގައި ކަމަށެވެ. އޮސްޓްރޭލިއާއަށް ފުރަން އުޅުނިކޮށް ސޯކަރްނޯ-ހައްޓާ އެއާޕޯޓުން ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފައެވެ. އިންޑޮނޭޝިއާގެ ނޫހެއް ކަމަށްވާ ކުމްޕަރަން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މެކްއާތަރްގެ މައްޗަށް އުފުލާފައިވަނީ ނުރުހުމުގެ އަމަލުތަކުގެ މާއްދާގެ ދަށުންނެވެ. އޭނާގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ 14 މަސް ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ. ސޯޝަލް މީޑިއާގައި މެކްއާތަރް ކުރި ޕޯސްޓެއްގައި ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ. އަދި އޭނާ އަކީ މުސްލިމެއް ކަމަށާއި، ނަސްލީގޮތުން އޭނާއާ ޖައްސާލައިގެން އުޅެނީ ކަމަށް ބުނެފައެވެ. އިމާމު ބަސްރީ އަންވަރު އިންޑޮނޭޝިއާގެ އެހެން ނޫސް ސައިޓަކަށް ދިން އިންޓަވިއުއެއްގައި ބުނީ ލައުޑް ސްޕީކަރަކުން ގުރުއާން ކިޔެވުމުން މެކްއާތަރަށް ކަންބޮޑުވީ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ