މާލެ: 31°C

އިންޑޮނޭޝިއާއަށް ދަތުރުކުރުމުގެ ކުރިން ހެލްތު ޑިކްލަރޭޝަން ހުށަހަޅަންޖެހޭ ގޮތައް ހަމަޖައްސައިފި

September 2, 2024
21 ފަހަރު ބަލާފައި
އިންޑޮނޭޝިއާއަށް ދަތުރުކުރުމުގެ ކުރިން ހެލްތު ޑިކްލަރޭޝަން ހުށަހަޅަންޖެހޭ ގޮތައް ހަމަޖައްސައިފި
އިންޑޮނޭޝިއާއަށް ދަތުރުކުރުމުގެ ކުރިން ހެލްތު ޑިކްލަރޭޝަން ހުށަހަޅަންޖެހޭ ގޮތައް ހަމަޖައްސައިފި
އިންޑޮނޭޝިއާއަށް ޒިޔާރަތްކުރާ ފަރާތްތަކުން އެގައުމަށް ދަތުރުކުރުމުގެ ކުރިން އިލެކްޓްރޯނިކް ހެލްތް ޑެކްލަރޭޝަން ހުށަހަޅަން ޖެހޭ ގޮތައް ހަމަޖައްސައިފިއެވެ. އިންޑޮނޭޝިޔާއިން ވަނީ އެމްޕޮކްސް ފެތުރުން ހުއްޓުވުމަށް މިހާރު އަޅަމުންދާ ފިޔަވަޅުތަކުގެ ދަށުން އެގައުމަށް ޒިޔާރަތްކުރާ ހުރިހާ ފަރާތްތަކުން އިލެކްޓްރޯނިކް ހެލްތު ޑެކްލަރޭޝަނެއް ހުށަހަޅަން ޖެހޭ ގޮތަށް ހަމަޖައްސާފައެވެ. އެގައުމުން ހާމަކޮށްފައިވާ ގޮތުގައި ސިއްހަތު ރައްކާތެރިކުރުމަށް އަޅާފައިވާ ފިޔަވަޅެއްގެ ގޮތުން އޮގަސްޓް މަހުގެ 29 ވަނަ ދުވަހު ން ފެށިގެން އެ ގައުމަށް ޒިޔާރަތްކުރާ ބައިނަލްއަގުވާމީ ހުރިހާ ފަރާތްތަކުން ވެސް އެ މީހުން އައުމުގެ ކުރިން SatuSehat އެޕް މެދުވެރިކޮށް އިލެކްޓްރޯނިކް ހެލްތު ޑިކްލަރޭޝަން ހުށަހަޅަން ޖެހޭނެއެވެ. SatuSehat އެޕްލިކޭޝަން އަކީ ހިލޭ ބޭނުންކުރެވޭ އެޕްލިކޭޝަނެއްކަމަށްވެސް އެގައުމުން ވަނީ ބުނެފައެވެ. އެހެންކަމުން އިމިގްރޭޝަން ކްލިއަރެންސްގައި ލަސްވިޔަ ނުދިނުމަށްޓަކައި ދަތުރުކުރާ ފަރާތްތަކުން އިންޑޮނޭޝިއާއަށް ފުރުމުގެ ކުރިން އެޕް ޑައުންލޯޑްކޮށް ފޯމް ފުރުމަށްފަހު ސަބްމިޓް ކުރުމަށް އެގައުމުން ވަނީ އިލްތިމާސްކޮށްފައެވެ. އިންޑޮނޭޝިއާގެ ހެލްތު މިނިސްޓްރީން ދާދި ފަހުން ވަނީ އެމްޕޮކްސް އަށް ޝައްކުކުރެވޭ ފަސް މީހަކު އިންޑޮނޭޝިއާގެ ފެނިފައިވާކަމަށް ބުނެފައެވެ. އެގައުމުން 2023 ވަނަ އަހަރުން ފެށިގެން މިހާތަނަށް އެމްޕޮކްސް އަށް 88 މީހަކު ޕޮޒިޓިވް ވެފައިވެއެވެ. އެމްޕޮކްސް މައިގަނޑު ގޮތެއްގައި ފެތުރެނީ ހަންގަނޑާއި ހަންގަނޑަށް ބަލި ޖެހިފައިވާ މީހުންނާ ގާތް ގުޅުމެއް ބާއްވައިގެން ނުވަތަ ފޭރާމާއި އެނދު ފަދަ ތަޣައްޔަރުވެފައިވާ ތަކެތީގެ ޒަރިއްޔާއިން ނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ