މާލެ: 31°C

އިންޑިގޯ ފަސެންޖަރަކު، ފްލައިޓް ޑިލޭވުމުން އައި ރުޅިގަނޑުގައި ޕައިލެޓް މޫނުމަތީ ޖަހައިފި

January 15, 2024
3 ފަހަރު ބަލާފައި
އިންޑިގޯ ފަސެންޖަރަކު، ފްލައިޓް ޑިލޭވުމުން އައި ރުޅިގަނޑުގައި ޕައިލެޓް މޫނުމަތީ ޖަހައިފި
އިންޑިގޯ ފަސެންޖަރަކު، ފްލައިޓް ޑިލޭވުމުން އައި ރުޅިގަނޑުގައި ޕައިލެޓް މޫނުމަތީ ޖަހައިފި
އިންޑިއާގެ އެންމެބޮޑު ބަޖެޓް އެއާލައިނެއްކަމަށްވާ އިންޑިގޯގެ ފަސެންޖަރަކު ފްލައިޓް ޑިލޭވުމުން އައި ރުޅިގަނޑުގައި ޕައިލެޓްގެ މޫނުމަތީ ޖަހައިފިއެވެ. މިކަމެއް ހިނގާފައިވަނީ އިންޑިއާގެ ނިއުދިއްލީން ގޯއާއަށް ދާން އުޅުނު ފްލައިޓް ދުންފިންޏާހުރެ ފްލައިޓް ޑިލޭވިކަމުގެ މައުލޫމާތު ޕައިލެޓް، ފަސެންޖަރުންނަށް ހިއްސާ ކުރަނިކޮށެވެ. އެކްސްގައި ދައުރުވަމުން އަންނަ މި ވީޑިއޯގައި ފެންނަ ގޮތުގައި ޕައިލެޓް ފްލައިޓް ޑިލޭވިކަމުގެ އެނައުސްމަންޓް ގޮވަމުންދަނިކޮށް، ރީނދޫކުލައިގެ ހޫޑީއެއް ލައިގެންހުރި ފަސެންޖަރަކު ކުއްލިއަކަށް އައިސް ޕައިލެޓްގެ މޫނުމަތީގައި ޖަހައެވެ. މި މައްސަލާގައި ޕައިލެޓް މޫނުމަތީ ޖެހި ފަސެންޖަރުގެ މައްސަލަ ކަމާއި ބެހޭ އިދާރާތަކަށް ހުށަހަޅާފައިވާއިރު، އޭނާއަށް ދިން އަދަބު އަދި ސާފެއް ނުވެއެވެ. https://twitter.com/Capt_Ck/status/1746611192846807189 މަތިންދާބޯޓުގައި މީހަކަށް އަނިޔާވާފަދަ އަމަލެއް ހިންގުމަކީ ވައިގެ ދަތުރުފަތުރުގައި ވަރަށް ސީރިއަސްކޮށް ނަގާ މައްސަލައެކެވެ. މީގެ ކުރިން ހިނގާފައިވާ މިފަދަ މައްސަލަތަކުގައި ބައެއް މީހުންނަށް އަދަބެއްގެ ގޮތުން އެ އެއާލައިނުން ދަތުރު ނުކުރެވޭގޮތަށްވެސް ކަނޑައަޅާފައި އެބަހުއްޓެވެ. އިންޑިގޯ އެއާލައިނުގައި ހިނގި މި ހާދިސާގެ ވީޑިއޯ އެކްސްގައި ދައުރުވަމުންދާއިރު، ގިނަ ބަޔަކު ވަނީ ވީޑިއޯއާ ގުޅޭގޮތުން ވާހަކަދައްކާފައެވެ. ވީޑިއޯއަށް ހިޔާލުފާޅުކުރި ބައެއް މީހުން ބުނީ، ފްލައިޓް ޑިލޭވުމަކީ ޕައިލެޓާ ކްރޫއިން ކުރާނެކަމެއް ނޫންކަމަށާއި، ފްލައިޓް ކިތަންމެ ފުރުން ލަސްވިނަމަވެސް ޕައިލެޓް ގައިގަ ޖެހުމުގެ ހައްގެއް ނޯންނާނެ ކަމަށެވެ. އިންޑިގޯ ފްލައިޓްގައި ހިނގި މި ހާދިސާ އިންޑިއާގެ ނޫސްތަކަށް އަރާފައިވާއިރު، ގިނަ ބަޔަކުވަނީ މިކަމުގައި އިންޑިގޯ އެއާލައިނުން ކަންތައްކުރި ގޮތްވެސް ރަނގަޅުނޫންކަމަށް ބުނެފައެވެ. ބައެއް މީހުން ކުރި ކޮމެންޓްތަކުގައި ބުނެފައިވަނީ އެއާޕޯޓް ތެރޭގައި ނުފުރިފައި 8 ގަޑިއިރު ތިބެން ޖެހުމަކީ ކުޑަކަމެއް ނޫންކަމަށާއި، ފްލައިޓުން ދަތުރުކުރި ގިނަ މީހުންގެ ތެރޭގައި ޅަދަރި މައިންނާއި މުސްކުޅިން ހިމެނޭކަމަށެވެ. އަދި ފްލައިޓުން އެކަމަޑޭޝަން ހަމަޖައްސައިދޭން ދެކޮޅު ހެދިކަންވެސް ބައެއް މީހުން ވަނީ ފާހަގަކޮށްފައެވެ. [caption id="attachment_95767" align="alignnone" width="1200"] ނިއުދިއްލީ އެއާޕޯޓް[/caption] ނިއުދިއްލީއަށް ވަރަށްބޮޑަށް ދުންފިނި ބޯވުމުގެ ސަބަބުން ވައިގެ ދަތުރުފަތުރުތަކަށް ވަނީ ބުރޫއަރާފައެވެ. ދުންފިނީގެ ސަބަބުން އިއްޔެވެސް ދިއްލީ އެއާޕޯޓުން ވަނީ 600 ފްލައިޓް ކެންސަލްކޮށްފައެވެ. އަދި 76 ފްލައިޓް ވަނީ ކެންސަލްކޮށްފައެވެ. މިއީ 2019 ގެ ފަހުން ދުންފިނީގެ އަސަރު އެންމެބޮޑަށް ކުރި ފަހަރެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ